އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ އިއްޔެ ސީރިއާ ސަރަހައްދަށް ވަދެ އަސްކަރީ ބައްދަލުވުމެއް ބޭއްވި. -- ފޮޓޯ: އޭއެފްޕީ
18 ޑިސެމްބަރ 2024 - 06:35
ސީރިއާގެ ވެރިކަން ބައްޝާރުލް އަސަދަށް ގެއްލުމާ އެކު، އިޒްރޭލާއި ސީރިއާގެ ބޯޑަރުގެ ބަފަ ޒޯން އިޒްރޭލުން ހިފާފައި ވާއިރު އެ ސަރަހައްދުގެ ސްޓެރެޓީޖިކް ފަރުބަދައެއްގެ މަތީގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސެކިއުރިޓީ ބައްދަލުވުމެއް އިއްޔެ ބާއްވައިފި އެވެ.
ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިޒްރާއީލް ކާޓްޒްގެ އިތުރުން ސިފައިންނާއި ޑޮމެސްޓިކް ސެކިއުރިޓީ އެޖެންސީގެ އިސްވެރިން ވަނީ "އަސްކަރިއްޔާއިން އެ ސަރަހައްދު ހިފުމަށް ފަހު މައުންޓް ހާމަން [ޖަބަލުއް ޝައިޚް] ގެ އައުޓްޕޯސްޓްތަކަށް ވަނީ ފުރަތަމަ ފަހަރަށް ޒިޔާރަތްކޮށްފައި" ކަމަށް ކާޓްޒްގެ އޮފީހުން ބުންޏެވެ.
"މައުންޓް ހާމަންގެ ސަމިޓަކީ ކައިރި އަދި ދުރު މުސްތަގުބަލްގެ ނުރައްކާތައް ދެނެގަތުމަށް މަސައްކަތްކުރާ އިޒްރޭލުގެ ލޮލެއް،" ޑިފެންސް މިނިސްޓަރު ބުންޏެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ "ހާމަން ރިޖް" ގައި ކަމަށާއި ބޮޑުވަޒީރު "އެ ސަރަހައްދުގައި [އަސްކަރިއްޔާ] ގާއިމުވެ ތިބުމުގެ ކަންކަން ބަލައި އިރުޝާދު ދިން" ކަމަށެވެ.
އިޒްރޭލު ސިފައިން ސީރިއާގެ ބަފަ ޒޯން ހިފީ ސީރިއާގެ ޒަމާންވީ ރައީސް ބައްޝާރުގެ ވެރިކަން ވެއްޓުމާ އެކުގަ އެވެ. އެ ބަފަ ޒޯނަކީ އިޒްރޭލާއި ސީރިއާ ވަކިކޮށް، އަސްކަރީ އެއްވެސް ކަމެއް އެއްވެސް ބަަޔަކު ނުކުރަން އެއްބަސްވެ އދ. ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ.
އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރޭޒް ވަނީ އިޒްރޭލުގެ މި އަމަލަކީ 1974 ވަނަ އަހަރު ގޯލާން ހައިޓްސްގައި އިޒްރޭލާއި ސީރިއާ ސިފައިން ވަކިކުރުމަށް ވި އެއްބަސްވުމާ ހިލާފްވުން ކަމަށް ވިދާޅުވެ އެކަން ކުށްވެރި ވެސް ކުރައްވައިފަ އެވެ. އިޒްރޭލުން ބުނެފައިވަނީ މިއީ ވަގުތީ ފިޔަވަޅެއް ކަމަށާއި އެއްބަސްވުން ތަންފީޒުކުރެވޭ ވަރަށް ސީރިއާގެ ކަންކަން ހަމަޔަކަށް އެޅުމުން އެތަނުން ފައިބާނެ ކަމަށެވެ.
ސީރިއާ ސަރަހައްދުގެ ބަފަ ޒޯނުން ބޭރުގެ ސަރަޙައްދުތަކުގައި ވެސް އިޒްރޭލު ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބްގަތު
18 December 2024
އައްސާދު ފޭބިފަހުން ސީރިޔާ ކިޔާ ގައުމެއް އޮވޭތަ؟
އިސްމާލި
18 December 2024
ފަލަސްތީނަށް ވާގިވެރިވި މަދު ގައުމުތަކުން ގައުމެއް ޔަހޫދީން ނާއި އެމެރިކާ ވެގެން ހިފާ ވެރިވެގަތީ. އަދި އެމީހުން ގެ ތާއީދާ އެކު އައިސިސް، (މިހާރު ރީބްރޭންޑް ކޮށްފައި) ސީރިޔާގެ ބިންތައް ޔަހޫދީންނަށް ދޫކޮއްލަނީ. އިސްލާމީ ބިންތައް ކާފަރުންނަށް ދޫކުރުމަކީ ކިހާ ނުބައި ކަމެއް ބާ؟ ދެރަ ކަމަކީ މި ޓެރަރިސްޓު އަސިސިސް ޖަމާއަތައް ތާއީދުކުރާ، މުސްލުމުންގެ ނަމުގައި ގިނަ ދިވެހިންތަކެއް ތިބިކަން.
ގުރާ
18 December 2024
މަބުނީ މިއުޅެނީ ނުކައިނުބޮއި ޓީޗަރަކު ދޭންބުނި ގިފްޓެއްނުލިބިގެން މާރްޓީ ގުރާނަ ދައްތަ ވަރަށް ރުޅިއަންނާނެ، މިކަމާ ވެސް ފަރުބަދަމަތީ ތިބެގެން މަޝްވަރާކޮއްލަބަލަ ތިކުރާ މަޝްވަރާއަށް ވުރެ މިކަންވެސް މާ ރަނގަޅުވާނެ