23 ޑިސެމްބަރ 2024 - 14:22
ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރަކަށް ސިފައިންގޭގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ނަޖާހު ޕީސީބީން މިއަދު އައްޔަން ކޮށްފި އެވެ.
ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ.
ނަޖާހު ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.
ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހް މި އައްޔަން ކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 28 އިން ފެށިގެން އެ މަގާމު ފުރުއްވި މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ ފިޔަވަޅު އެޅުއްވީ ފެނަކައިގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެ އެވެ.
އޭނާގެ އިސްތިއުފާ ސިޓީގައިވާ ގޮތުން ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑު ކުރުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތަށް ވެއްޓިފައިވާ ކަމަށެވެ.
ރަށްރަށުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޮވެމްބަރު 28، 2023 ގައި އައްޔަން ކުރެއްވި މުއާޒް ވަނީ ފެނަކަ އިނދަޖެހި، އެ ކުންފުންޏާއިގެ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމުގެ އިންޒާރު މި މަހުގެ ކުރީކޮޅު ވެސް ދެއްވައިފަ އެވެ.
އިސްތިއުފާގެ ސިޓީގައި މުއާޒު ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި މަސައްކަތް ކުރެއްވީ ގިނަ ގޮންޖެހުންތަކާ އެކު ކަމަށެވެ. އެކަމަކު، ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެއްވި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލް ނުކުރެވޭ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނަކަ
24 December 2024
ފެނަކަ އަށް ދޭންވީ ހަމަ އެކަނި ކުދި ރަށްތަކުގެ ކަރަންޓު އަދި ފެނަކައިން އިންވެސްޓްކުރަންވީ ސޯލާރ ނުވަތަ މިނޫންވެސް ރިނިއެބުލް އިނަރޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފައްދަން. ބޮޑެތި ރަށްތަކުގައި އެރަށެއްގެ ޔުޓިލިޓީ ކުންފުންޏަކުން ކަރަންޓާއި ފެނާއި ނަރުދަމާގެ ކަންކަން ހަމަޖައްސަން ފެނޭ
ޒައިދާންް
24 December 2024
ދިސް އިސް އަ ޕާފެކްޓް ޗޮއިސް. މުއާ ނޫން ކޮންމެ ގޮތެއްވެސް އޯކޭ ވާނެ ފެނަކަ އަށް
މިޔަކިޔާލޯ
24 December 2024
ފެނަކަ ސައީދު ބަގުރޫޓު ކޮށްފަ ދިޔަ ތަނެއް އިސްލަހު ކުރަން ރައީސް މި ކުރައްވާ މަސައްކަތަށް ފަށް ފަށުން ޝުކުރު ވެރި ވާން ޖެހޭނެ، މުއާޒް ވަކި ކުރުން އިނގެނީ ރައީސް ކޮރަޕްޝަންއަށް ފުރުސަތު ނުދޭނެ ކަން
އަމްސޫދާ
24 December 2024
މިހެން ވާންޖެހޭނެ. ގައުމަށް ހިދުމަތް ކޮށްފައިވާ މިކަހަލަ ނަޒާހާތްތެރިން ލާން ވާނީ. އޭރަށް ހަމަ ގައިމުވެސް މައްސަލަ ނުޖެހި ހިގާނެ މިކަން.
ދިހާމް އިސްމާއިލް
24 December 2024
މަރުހަބާ ނަޖާހްސޯ. ތީ ހަމަ އެއްވަނަ.
ނާއްކޮ
24 December 2024
އަންނަ ގޮތަށް އައިއްސަ މުޅި ތަން ހިންގާލަން ވީ. ނަޖާހް މީ މަ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް. ކޮލިޓީ މީހެއް ނަޖާހް އަކީ
އަލިބެ...
24 December 2024
ދަޢުލަތުން ރިޓަޔަރމެންޓުގެ ގޮތުގައި އެތައްމިލިއަން ރުފިޔާއާއި އެކު މަހުންމަހަށް ބޮޑެތި ޢަދަދުތަކުން ލިބޭފަރާތްތައް މަޤާމްތަކަށް ޢައްޔަނުކުރުމަކީ، މަސައްކަތްކުރާ އާބާދީގެ %80 މުވައްޒަފުންނަށް ދިހަހާސް ރުފިޔާ ނުލިބޭ ޤައުމެއްގައި ކުރަން ހެޔޮވާވަރު ކަމެއްތޯއެވެ؟
ބަގު
24 December 2024
ކިހިނެއް ރަނގަޅުވާނީ އަތޮޅު ތެރޭގައި މަސައްކަތް ކުރާ ކުދިންގެ ކުރިއެރުމަށް އެއްވެސް ފުރުސަތެއް ނުދީ ސަރުކާރުގެ ހަރަދުގައި އަބަދު ރާއްޖޭން ބޭރުގައި ކިޔަވައިގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރާމީހުން ތީ
ޕަކަޅޯ
24 December 2024
ޑަބަލް ހަރަދުގަ މީހުން ނަގަން މި ޖެހެނީ. އެއް އަތުން ސިފައިންގެއިން ރިޓަޔަމަންޓޭ ކިޔާ އިނާޔަތް ނަގަމުން. އުމުރުން ހީނުވޭ 45 ވީހެނެއްވެސް. އަނެއްކާ އަނެއް ބޮޑު މުސާރަ ލިބޭ މަގާމަށް. މިއީ ކޮން ސަކަރާތެއްތަ!؟ ކިހާ ބޮޑު ބޭ އިންސާފެއް މިއީ! ކޮންމެވެސް އެކައްޗެއް ދޫކޮށްލަންޖެހޭގޮތަށް އެބަޖެހޭ ޤާނޫނެއް ހަދަން. ކެރިގެން ކަންކަން އިސްލާހުކުރެވޭނީ!
ދޮންބެއްޔާގެދަރި
24 December 2024
މިވެރިކަމަށް އަހަރެއްވީ އެކަމަކު މައުމޫންގެ 30 އަހަރުގަވެސް މިވަރަށް މީހުން ވަކިކޮށް އައްޔަނުކޮށްފައިނުވޭ. މިއީ ދުނިޔޭގެ ރިކޯޑު މުގުރާ ސަރުކާރެއް
އަފްނާންް
24 December 2024
ބަލަ އުންމީދު ކޮށްފަ މީހުން ތަންތަނަށް އައްޔަން ކުރަނީ. ރައްޔިތުންނަށް ހިދުމަތް ކުރުމުގަ ގޯސް އުޅެންޏާ ވަކި ކޮޮށްފަ ރަނގަޅު މީހާ އައްޔަން ކުރަން ޖެހޭނީ. ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް މީ