ފުވައްމުލަކުގެ ގެއެއްގެ ފެން މީޓަރު މިއަދު ހެނދުނު ބަންދުކޮށްފައި.
13 ނޮވެމްބަރ 2025 - 11:16
ފުވައްމުލަކުގެ ގޭގެ އަށް ރެއިން ފެށިގެން ފެނުގެ ހިދުމަތް ލިބޭނެ ކަމަށާއި މައްސަލަ ހައްލު ކޮށްފައިވާނެ ކަމަށް ފެނަކައިން މިއަދު ހެނދުނު ބުނި ނަމަވެސް ގިނަ ގޭގޭގެ މީޓަރުތައް ހުރީ ބަންދުކޮށްފައި ކަމަށް އެ ރަށުން ބުނެފި އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހުއާ "މިހާރު" އިން މިއަދު ހެނދުނު ސުވާލު ކުރުމުން ވިދާޅުވީ، މައްސަލަ ހައްލުކޮށް ރެއިން ފެށިގެން ސަޕްލައި ފެން ދޫކުރަމުން އަންނަ ކަމަށެވެ.
އެކަމަކު، އަދިވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ބޮޑު ކަމަށް ދެންނެވުމުން އޭނާ ވިދާޅުވި ގޮތުގައި އެއީ "ކްރޮސް ކަނެކްޝަން" ނުވަތަ ސަޕްލައި ފެނާއި ވަޅުފެން އެއް ހޮޅިއަކަށް ގުޅައިގެން ބޭނުންކުރާ ގެތަކެވެ.
އެ ގޮތަށް ކްރޮސް ކަނެކްޝަން ހަދާފައިވާ ގެތަކުން ވެސް އެކަން ރަނގަޅު ކުރުމުން ފެނުގެ ހިދުމަތް ދަތިކަމެއް ނެތި ލިބޭނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.
"ކްރޮސް ކަނެކްޝަން ހަދާފައި ހުރި ގެތަކަށް ފެން އަދިވެސް ނުލިބޭނެ. އެހެން ހަދާފައި ހުރި ގެތަކަށް އަންގަމުން އަޅުގަނޑުމެން މި އަންގަނީ އެކަން ރަނގަޅު ކުރަމުން. އެއީ އަމިއްލަ އަށް ވެސް ހައްލު ކުރެވޭނެ އާދައިގެ ކަމެއް. އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދިއްޖިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.
އެކަމަކު ފުވައްމުލަކުން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ފެނުގެ ނިޒާމުގައި، ހޮޅިތަކުގެ ތެރޭގައި ހުރި ތަޣައްޔަރު ފެން ހުސްކުރަން ކަމަށް ބުނެ އިއްޔެ ފެނަކަ އިން ގެތަކުގެ އިސްކުރު ދޫކޮށްގެން ވަރަށް ގިނަ ފެން ބޭރުކުރި އެވެ. އޭގެ ފަހުން، ފެން މީޓަރުގައި ކޭބަލް ކްލިޕް އަޅުވައި، ފެން ބޭނުން ނުކުރެވޭނެހެން މިއަދު ހެނދުނު ވެސް ހުރީ ބަންދު ކޮށްފައި ކަމަށް އެ މީހާ ބުންޏެވެ.
"ފެން ދޫކުރިޔަސް ކިހިނެއްހޭ ބޭނުންކުރާނީ؟ މީޓަރުގައި މިހިރީ ސީލް ޖަހައި ބަންދުކޮށްފައި. އެ ސީލް ކަނޑާލެވޭނީ ފެނަކަ އަށް،" ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ސިޓީން ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އޭނާ ދިރިއުޅޭ ގޭގައި ސަޕްލައި ފެން ގުޅާފައި ވަނީ "ކްރޮސް ކަނެކްޝަން" ނަހަދާ ކަމަށާއި އެކަމަކު ފެން އަދިވެސް ނުލިބޭ ކަމަށެވެ.
"ޔަގީނުން ވެސް މިގޭގެ މީޓަރު ހުންނާނީ ރަނގަޅަށް. ފެން ގުޅުމުގައި އިޝޫއެއް ނޫޅޭނެ. ފެން މިއަދު ލިބޭނެއޭ އެބަ ކިޔާ. އެކަމަކު އަދި ނުލިބޭ،" އޭނާ ބުންޏެވެ.
ފުވައްމުލަކުގެ ގޭގެއަށް މިހާރު ފެން ލިބޭނެ ކަމަށް ފެނަކައިން ބުނި ޚަބަރު ޖެހުމުން ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ގިނަ މީހުން ވެސް ބުނީ ގޭގެ އަށް ފެން ނުލިބޭ ކަމަށެވެ. ފެން ލިބެނީ ކޮންކޮން ގެތަކަކަށްތޯ ބައެއް މީހުން ސުވާލުކުރި އިރު އަނެއް ބަޔަކު ސުވާލުކުރީ ފެނަކައިން މީޓަރުތަކުގައި އެޅުވި ސީލް ކަނޑާލައިގެން ފެން ބޭނުންކުރަން ފަށަންވީތޯ އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ، ބައެއް ގޭގޭގެ މީޓަރުގެ ވޭލް އަދިވެސް ހުރީ ބަންދު ކޮށްފައި ކަމަށާއި އެހެންވެ ފެން ލިބުނަސް ނޭނގޭނެ ކަމަށެވެ.
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އެ ސިޓީ އަށް ސަޕްލައި ފެން ފޯރުކޮށްދިނުން އޮތީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެޓްވުމަން
15 November 2025
ކޮމެންޓް ތަކުން އެބައިނގޭ ނޮންރިޓާންވޭލް ލާން ދޫކޮށްލާފާ އޮންނަނީކަން. އެއީ މަޖްބޫރުކަމަކަށް ނުހެދީތި މިކަމުގައި ތިރަށުގެ ފެނަކައިގެ އިސްފަރާތްތައް އިސްތިއުފާދޭންޖެހޭނެ.
އަލަމާރި
14 November 2025
ތީޔަޜަށު މީހުން ތިބެނީ ހޭކުޑާވެފާތަ، ކުރޮސްކަނެކްޝަން ހެދީމަ ވާގޮތްވެސް ނޭގިފަ. އެންމެން ޖޫރިމަނާ ކޮއްފައި ޖަލައްލާ، ކަނޑައެޅިގެން މަނާ އިރުވެސް މިކަންކުރަނީ، "އަލުގަނޑުގެ ގޭގައި ނުހުންނާނެ ކްރޮސް ކަނެކްޝަނެއް" ބުންޏަސް ފެން ދެނީ ކޮންމެގެއަކަ ވަކިން ނުންކަންވެސް ނޭގޭވަރުގަ، ޖާހިލުކަން ހަމަބޮޑީ
ކަބަޑް
15 November 2025
ފެނަކައަށް ނޭނގި ކްރޮސް ކަނެކްޝަން ހަދާނެގޮތެއް ނުވިސްނޭ. ފެންހޮޅިގޭތެރެއަށް ވައްދާ ފޫޓެއްހާ އުސްމިނުގައި މީޓަރުބަހައްޓާ އޭގެފޫޓެއްގެ މަތިން ނޮންރިޓާންވޭލްވެއް ލާފަ ހުންނަނީ. އެއީ ތަޢައްޔަރުފެން ފެނަކައިގެ ނިޒާމަށް ނުވަދެވޭގޮތް ހެދުމަށް. ދެންކޮން ކްރޮސްކަނެކްޝަނެއްގެ ވާހަކައެއް މިއަންނަނީ؟ މީޓަރުގެ ކުރިން ފެންހޮޅައިއާ ކުޅެން ބުރިކޮށްފިނަމަ ފަޅާއަރާނެ. އެއީ ބުރިކުރީމާ ބޭރުވާފެން ބަންދެންނުކުރެވޭނެ ފެނެކަޔަށްނޫނީ.
ކޯރނީ
13 November 2025
ކްރޮސް ކަނެކްޝަން ހަދައިފިނަމަ ހަމަ ޖަލަށް ފޮނުވާ، ރަށުން ބޭރުކޮށް ގެވެސް އަތުލާ. ކުޑަލާރިކޮޅެއް ސަލާމަތްކުރަން ހަދާ މަކަރުގައި މުޅި ރައްޔިތުން ބޮޑު ސިއްހީ ނުރައްކަލަކަށް ނުލެވޭނެ.
ޒިންމާ
13 November 2025
މިކަހަލަ ބޮޑު ކަމެއް ދިމާވެގެން ޚަބަރުތައް ބަލާލާ ރަނގަޅަށް ސާފުކޮށްލާއިރު، މުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަކަމުގެ ބޭރުން، ރައްޔިތުންވެސް މި އޮންނަނީ އަނެކާއަށް އެއްވެސް ބެލުމެއް ނެތި އެތައް ގޯހެއް ހަދާފަ. ކަނޑައެޅިގެން މަނާ އިރުވެސް މިހާރުވެސް ބައެއް ރަށްރަށުގަ އެބަ ހުރޭ ދިޔަދޮވީ ފެންވެސް ނަރުދަމާ ނިޒާމާ ގުޅާފަ. ދަރީންނޭ ތަހުޒީބުކޮށް އުޅެން ދަސްކުރަމާ ބަހީ.
ފެންކުމާރު
13 November 2025
ފެންމީޓަރ ބަންދުކުރިޔަކަސް ފެންއަންނާނޭ، ހޮޅި ބުރިކޮށްލީމަ..
ވެނަކަ
13 November 2025
ފެނަކަ އުވާލާފަ ކޮންމެ ރަށެއްގެ ކަރަންޓު، ފެން އަދި ނަރުދަމާ އެރަށެއްގެ ކައުންސިލުން ހިންގާ ގޮތަށް ހަދަންވީ!
އެކޮއި
13 November 2025
ރައްޔިތުން ނުކައި ނުބޮއި ތިއްބަސް އޯކޭތާ ބޮޑުން އެތިބެނީ ފުދިއިތުރުވެފައި. މާދަމާރޭ ފެނިގެންދާނެ ދައުލަތުގެ ބަޖެޓު ހަފުސް އަރުވާލިވަރު ހއ ން ފެށިގެން އައްޑުއަތޮޅާހަމައަށް އަތްފުނާއަޅައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް މީހުންތައް މާލެގެނައީ ހީވަނީ ބަޣާވާތެއްކުރަން އުޅޭހެން. ހުރިހާ މުވައްޒަފުންނަށް ބިރުދައްކައިގެން މިމީހުން މިތެޅޭ ވައްތަރަކުން ހަމަ ހިނިއާދޭ. މިވަރުގެ ބައެއް އަދިނުދެކެން.
އޮނަރަބްލް އަފީފު ދީދީ
13 November 2025
ކ.މާލޭގައި އެމީހުންގެ އެއްވެސް ވިޔަފާރިއެއް އެމީހުނަށް އާމްދަނީލިބޭނެ އެއްވެސް މަސައްކަތެއް އެމީހުން ކަރަންޓްވިއްކާ އެއްވެސް ތަނެއް އަދި އެމީހުންގެބިމެއް އަމިއްލަ އޮފީސް އިމާރާތެއް ނެތްކަމަށްވިޔަސް "މާލޭސަރުކާރު ހިންގާންތިބޭ ބަޔަކު ބޭނުންވާ އެމީހުންގެ ގާތްތިމާގެމީހުނަށާއި، ޕާޓީކުދިންނާއި ރަށްޓެހިންނަށް ބޮޑުމުސާރަ ލިބޭ (މަސައްކަތެއް ކުރާންނުޖެހޭ) ވަޒީފާ ދިނުމަށް" ހަދާފައިހުންނަ ހެޑް އޮފީހަށް އެކަނިވެސް މަހަކު އެތައް މިލިޔަން ރުފިޔާ ޙަރަދު ކުރޭ.
އޮނަރަބްލް އަފީފު ދީދީ
13 November 2025
މިކަމަށް (އައްޑޫސިޓީ ކަރަންޓާއި، ފުވައްމުލަކުސިޓީ ފެނުގެ މައްސަލަފަދަ ކަންކަމަށް) ހައްލު ހޯދުމަށްޓަކާ މަޖިލީހުގައި ތިއްބެވި ބާރުގަދަ މެންބަރުން (ވެރިކަންކުރާ ޕާޓީ މީހުން) ސަރުކާރަށް 2 ގޮތަކަށް ހުށަހެޅުން ހުށަހަޅަން ޖެހޭ. ފުރަތަމަ ގޮތަކީ ފެނަކަ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތެއްނުކޮށް ބޮޑުމުސާރަދީފައި ތިބިމީހުން ކ.މާލޭ އެހެން ކުންފުންޏެއްގެ މަޤާމްތަކަށް ބަދަލުކޮށް FENAKA Head Office ތިނަދޫ، ފުވައްމުލައް ނޫންނަމަ އައްޑޫސިޓީއަށް ބަދަލު ކުރުން.
އޮނަރަބްލް އަފީފު ދީދީ
13 November 2025
މިކަމަށް (އައްޑޫސިޓީ ކަރަންޓާއި، ފުވައްމުލަކުސިޓީ ފެނުގެ މައްސަލަފަދަ ކަންކަމަށް) ހައްލު ހޯދުމަށްޓަކާ މަޖިލީހުގައި ތިއްބެވި ބާރުގަދަ މެންބަރުން (ވެރިކަންކުރާ ޕާޓީ މީހުން) ސަރުކާރަށް 2 ގޮތަކަށް ހުށަހެޅުން ހުށަހަޅަން ޖެހޭ. ފުރަތަމަ ގޮތަކީ ފެނަކަ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތެއްނުކޮށް ބޮޑުމުސާރަދީފައި ތިބިމީހުން ކ.މާލޭ އެހެން ކުންފުންޏެއްގެ މަޤާމްތަކަށް ބަދަލުކޮށް FENAKA Head Office ތިނަދޫ، ފުވައްމުލައް ނޫންނަމަ އައްޑޫސިޓީއަށް ބަދަލު ކުރުން.
ދޮގުވާހަކަ
13 November 2025
ކަނޑައެޅިގެން ދޮގުވާހަކައެއް އޮފިޝަލް ބުނެފަ އެއޮތީ. އަލުގަނޑުގެ ގޭގައި ނުހުންނާނެ ކްރޮސް ކަނެކްޝަނެއް. ޖެހިގެން ހުރިގޭގައިވެސް ނުހުންނާނެ. އެކަމަކު އަދިވެސް ފެން ނުލިބޭ
ބޭޗާރާ
15 November 2025
ދޮގުހެދުމަކީ މިބައިމީހުންގެ ކަށީގައިހިފައިފާވާ ކަމެއް. އެމީހުން ޓީވީތަކަށް އަރާދޮގުހެދީމާ އެކަން ގަބޫލުކުރާމީހުންވެސް ތިބޭނެ. އެފަދަމީހުންގެ ކޮމެންޓްތަށް އެހެރީ ފެންނާން.
އައްބެ
13 November 2025
ކޮރޮސް ކަނެކްޝަން ހެދިގޭގެ ޖޫރިމަނާކުރޭ.
މަޖާސި
15 November 2025
ތިބުނާކަމެއް ނުކުރެވޭނެ އެކަކަށްވެސް. ގޭގައި ހުންނަ ފެނަކައިގެ ނިޒާމްގައި އިންނާނެ ނޮންރިޓާންވޭލްވެއް. ފެނަކައިގެ ފެނުތެރެޔަކަށް އެހެންފެނެއް ނުވަންނާނެ. ނޭގޭވާހަކަ ނުދައްކާ. މައްސަލައަކަށްވަނީ ދުވަހުންދުވަހަށް ނުވަތަ ވަގުތުން ފެނުގެ ކޮލިޓީ ނުބެލޭތީ. އަދިއެއް ފެނަކައިން ނުބުނެވޭ ކީއްވެގެން މިކަންމިހެންވީ؟ އަރަތެއްނު؟