ވާރޭ ވެހި މާލޭގެ މަގެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
28 ޑިސެމްބަރ 2024 - 14:59
މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން އެކި ދުވަސްތަކުގެ މަތިން އެ މަގުގެ ސަރަހައްދުތައް ބަންދު ކުރަން މާލެ ސިޓީ ކައުންސިލް އިން ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މަޖީދީ މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރަން މިއަދުން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ޗާންދަނީ މަގާއި ރަށްދެބައި މަގާއި ހަމައަށް ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މަޖީދީ މަގުގައި ބަންދުވާ ސަރަހައްދާއި ޓްރެފިކް ކޮންޓްރޯލް ކުރެވޭ ސަރަހައްދު ދައްކުވައިދޭ ޗާޓެއް--
އެގޮތުން ދަނބުރުމަގުން ނިކަގަސްމަގާ ހަމައަށް މަގު ބަންދު ވާނެ ކަމަށް ކައުންސިލުން ބުންޏެވެ. އެއީ މާލެ ގްރޭންޑް ފްލެޓް ހުންނަ ސަރަހައްދެވެ.
މާލޭގައި ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މަޖީދީ މަގުގައި އެންމެ ބޮޑަށް ފެންބޮޑުވާނީ އެ ސަރަހައްދުގަ އެވެ.
ފެންބޮޑުވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައި ވަނީ މިދިޔަ ހަފްތާ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބާން ރައްޒާގް
29 December 2024
ބަލަގަ އާޒިމު މޮޔަފުޅުވީތޯ؟ ތިކަން ސިޓީ ކައުންސިލުން ނުކުރިޔަސް މި ސަރުކާރުން ދަނީ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދަން މަސއްކަތް ކުރަމުން. އެމްޑީޕީ ވެރިކަމުގަ ތި ބޭފުުޅުންނަށް ކޮން ކަމެއްްވީ؟
ނައްބަތު
29 December 2024
ރ. މުއިއްޒު ނޫނީ މާލޭގެ ފެންބޮޑުވުމަށް ހައްލު ހޯދަން މަސައްކަތް ކުރި ވެރިއެއް ނެތް
ނާހިލް ނައީމް
29 December 2024
ތި މަގުތައް އާޒިމް މެންނަކަށް ރަނގަޅެއް ނުވިއެއްނު އަމިއްލަ ވެރިކަމުގަވެސް. ދެންވެސް ނުވާނެ. ކުރަމުން ދަނީ ރ.މުއިއްޒު
ރާހިލް މުހައްމަދު
29 December 2024
އާޒިމޫ ތީ ޑިފެންސް މިނިސްޓްރީ އިން މަސައްކަތް ފައްޓާފަ އިން ކަމެކޭ. ކޮން ކްރެޑިޓެއް ނަގަން ތިއުޅެނީ؟
ގޮއްޔެ
28 December 2024
އަނެއްކާ އަނެއްކާ އަނެއް ޑްރާމާ ތިޔަ ކުޅެލަނީ. ތިޔަބުނާ ފެންހިނދޭނެނަމަ 250 މިލިޔަން ޚަރަދުކޮށްގެން ދިމްޔާތު ހިމެނޭ ސަރަޙައްދަށްކުރި ޚަރަދުގެ ނަތީޖާ ފެނުނީސް. މީގެ ހަފްތާހެއްހާ ދުވަސްކުރިން މާލޭގައި ފެންބޮޑުވިއިރު އެންމެ ބޮޑަށް ފެންބޮޑުވީ އައި.ޖީ.އެމް.އެޗް މަގުގައި. އެބުނާ 250 މިލިޔަނުން ކުރީ ކޮންކަމެއްކަމެއް ރައްޔިތުންނަކަށް ނޭނގުނު. 250 މިލިޔަން ޚަރަދުކޮށއ 250ރުފިޔާގެ ކުޅޭކުޅޭ ޕަމްޕެއް ބެހެއްޓީއޭވެސް ކިޔާތީ އިވޭ.
ފަތަހަސުންބުލި
28 December 2024
ޅޮހީގެ ކުރިމަތީ ވެސް ރަނގަޅު ކޮށްލައްޗޭ މިބުރުގަ. އެ ވެސް ކިރިޔާ ވެހިލިޔަސް ފެން ބޮޑު ވެފަ އޮންނަ ހިސާބެއް
ގައުމެއްނެތް
28 December 2024
މިހާވަރަށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާއިރު ރަގަޅު ޕަނޕްގަޑެއް އަތުގައި ނޯވޭ، އެއްފަހަރު އުޅުނު ކުޑަ ސިރިންޖެއްވާވަރު އެއްޗެއް ހިފައިގެން އޭގެއިން ކޮން ފެނެއް ހިއްކޭނީ!! އެންމެފަހުން ބޯކޮށް ވާރޭވެހި ފެންބޮޑުވިއިރު ޚަބަރެއްވެސްނުވި. ބާލިދީގަނޑެއްހިފައިގެންވެސް ނިކުންނަމަ. ބަޔަކު ހަދިޔާއަށް ދިން ޕަންޕްވެސް ބޭނުމެއްނުކުރޭ. މީ މާލޭ ސިޓީގެ ހާލަތު.
މަހުވެއި
28 December 2024
ކީއްވެތަ މިގައުމުގައި ދެމެހެެއްޓެނިގޮތަކަށް ކަންކަން ނުކުރެވެނީ؟ ރެގިއުލާކޮށް ކީއްވެ ކާނު ސާފުނުކުރެވެނީ؟ އެއްވެސްކަމެއް ވަށައި ނުޖެހޭ. މަގެއް ހަލާކުވެ އަޑިގުޑަންވެ ދުއްވާމީހާ ގިނަވަގުތު ޖައްވުގައި އުޅޭވަގުތުވެސް އެބައާދޭ. ހިތައްއަރާ މަގުހެދުމާއި ބޭރޭ ވެރިން އޮފީހަށް ދަނީ ކަނުބަނދެގެން އުދުހިފައިބާއޭ!!
ސަކަރާތް
28 December 2024
ނުގުޅޭވާހަކައެއް. ރޭގަޑު މަޖީދީމަގު ބިޒީވާވަގުތު ކޮންމެ ޒިބްރާ ކްރޮސިންގައި ފުލުހަކު ބަހައްޓައިގެން މީހުން މަގުހުރަސްކުރަން މީދެން ޕްރެކްޓިކަލް ކަމެއްތައް. ތާއަބަދު ފުލުހުން އެހެން ބެހެއްޓޭތަ؟ ޓްރެފިކްފްލޯ ރެގިއުލޭޓްކުރުމަށް ގަވާއިދެއް ނެރެ އިންޕްލިމެންޓް ކުރަންވީނުން. ޓްރެފިކް ލައިޓް ހަރުކުރަންޖެހޭ ތަންތަނުގައި ހަރުކޮށް، ޒަމާނީ ޓެކްނޮލޮޖީޢަށް ފުލުހުންވެސް އަހުލުވެރިކުރުވާ މަގުމަތި ތަންކޮޅެއް ފަސޭހަވާނެ ގޮތެއް ހޯދަންވީނުން.
ރަންނަ
28 December 2024
ތީ 500 މީޓަރު އަޑީގަ ޓަނަލްއަޅަން ބުނި ރައީސްގެ ބިޔަ ޕްރޮޖެކްޓެއް ހައުސިންގަ ހުރިއިރު