އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ): ފުލުހުން ބުނަނީ ބޭރުގައި ދިރިއުޅެވޭނެ ތަނަވަސްކަން މޫކޭގައި އެބަހުރި ކަމަށް - ފޮޓޯ: މިހާރު
29 ޑިސެމްބަރ 2024 - 15:59
ދިގު މުއްދަތަކަށް ރާއްޖޭން ބޭރުގައި ދިރިއުޅެވޭނެ ވަރުގެ ތަނަވަސްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ގެ ކިބައިގައި އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.
މޫކޭގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އޭނާއަކީ ދިގު މުއްދަތަކަށް ރާއްޖޭން ބޭރުގައި ދިރިއުޅުމުގެ މާލީ ތަނަވަސްކަން ހުރި މީހެއް ކަމަށާއި އެހެންވެ އޭނާ ފުރައިގެން ގޮސްފިނަމަ، ތަހުގީގަށް ހެކި ހޯދަން ހުރަސް އެޅޭނެ ކަމަށް ފުލުހުން ބުނާ ކަމަށެވެ.
މި މައްސަލާގައި ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓެއް އެކަންޏެވެ.
މޫކޭގެ އިތުރުން އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ކޯޓު އަމުރުތަކެއް ހިފައިގެން ގޮސް މޫކޭގެ އެޕާޓްމަންޓަކާއި އޭނާގެ އަންހެނުންގެ އެޕާޓްމަންޓެއްގެ އިތުރުން ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ދެން އަމާޒުވާ ޔާސިރު ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށްފަ އެވެ. އަދި އެތަނުން ބައެއް އިލެކްޓްރޯނިކް އައިޓަމްތަކެއް ގެންގޮސްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ޔާސިރުގެ އެކައުންޓަށް، ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ވަންނަމުން ގޮސް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ ބުނާ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހަޅާފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައި ވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ފުލުހުން ވަނީ އާރުޑީސީއަށް ވަދެ ލިޔުންތަކެއް ގެންގޮސްފައިވެ އެވެ.
މި ކަންކަމާ ގުޅުވައި މި ހިޔާނާތުގައި މޫކޭ ބައިވެރިވާ ކަމަށް ތުހުމަތުކޮށް ފެތުރޭ ވާހަކަތަކާއި ޔާސިރަށް ކުރާ ތުހުމަތު ވެސް އެ މީހުން ދޮގުކޮށްފައިވެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް އާރުޑީސީގެ 14 މިލިއަން ރުފިޔާ ދައުރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، ކޮންމެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން މީޑިއާގައި ބުނެފައި ވެ އެވެ.
އެ މައްސަލާގައި ހިމެނޭ ފައިސާ ދައުރު ކޮށްފައިވަނީ ފުލުހުން ބުނެފައިވާ ގޮތުގައި 2018 އިން ފެށިގެން ސެޕްޓެމްބަރު 2022 އާ ހަމައަށެވެ. އަމިއްލަ ބޭނުންތަކަށް އެ ފައިސާ ދައުރު ކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އާރުޑީސީގެ ފައިސާއާ ގުޅޭ މައްސަލައެއްގެ ތުހުމަތަށް މި އަހަރުގެ މާޗު މަހު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.
ފައްޔާޒު އޭރު ވިދާޅުވެފައި ވަނީ ފުލުހުން ސުވާލުކުރީ އާރުޑީސީއާ އެކު ވިޔަފާރިކުރާ ކުންފުންޏަކުން އޭނާގެ އެކައުންޓަށް ފައިސާތަކެއް ފޮނުވާފައިވާތީ ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވި ގޮތުގައި އެއީ އެ ކުންފުނިން އޭނާ ނެންގެވި ލޯނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްކައްކާ
30 December 2024
މަޖިލިސް ހުރިހާ މެމްބަރުންގެވެސް
އައިފަން
30 December 2024
ދެން ކީއްވެ މައްލާ ނާސިރުގެ ޕާސްޕޯޓް ނުހިފަހައްޓަނީ؟ ގައިމު ރާއްޖޭން ބޭރުގަ އުޅެވޭ ފެންވަަރުގެ މީހެއް އެވެސް
އަސްލީ
30 December 2024
ރާއްޖެއިން ބޭރުގައި އުޅޭ ފަދަ ތަނަވަސްކަ ން ހުރި ބައިވަރު މީހުން މި ގައުމުގައި އުޅޭ. ތިޔަ އުޒުރަކީ މީސްމީހިންގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ހުއްޖަތެއް ނޫން. މި ގަމުމުގެ ޕޮލިހުން ޕްރަފެޝަނަލް ވާނީ ފުލުހުންގެ އިސްވެރިން ސިޔާސީ ކަންކަމުން ދުރުވެ އިންސާފަށް މަސައިކަތް ކޮށްގެން.
ޒާޔާ
30 December 2024
ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެވޭނެހާ މުސާރަ ހޯދީ ކިހިނެއް؟ ވިޔަފާރި ކުރާނަމަ، މުސާރައާ އެއްވަރެއްގެ ޖީއެސްޓީ، ނުވަތަ އިންކަމް ޓެކްސް ދެއްކިބާ؟ ޓެކްސް އަށް މަކަރުހެދުމަކީ ކުށެއްނޫންބާ؟ ނުހައްގު މުއްސަނދިކަމަކީ ކުށެއް ނޫންބާ؟ ފައިސާ ހުރިއްޔާ އެފައިސާ ލިބުނު ގޮތެއްވެސް ބުނެދެވެން ޖެހޭ. ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްފަ، ޕާސްޕޯޓް ނުހިފެހެއްޓެންވީ ސަބަބެއް ނެތް.
ބައްޓޭބަޝީރު
31 December 2024
ތިޔަ ބުނާ އާރުޑީސީ އެއްގެ އެމްޑީކަން ލިބުމުގެ ކުރިންވެސް މޫކޭ މެން މާލޭއިން ދިގު މުއްދަތަށް ބިން ނަގާ 10 ބުރީގެ އިމާރާތް ހަދާފަ އެބަހުރި.. އެތަންތަނުން ބޮޑު އިންކަމެއް ލިބޭ.. މީރާއަށްް ޓެކްސް ނުދައްކާ ލިސްޓަކު އެ ކުންފުންޏެއް ނެތް.. ތިޔަ ބުނާ ފަދަ ކަމެއް އޮތްނަމަ އަހަރު ވީއިރު ދަޢުވާ ނުކޮށް އޮތީ ކީއްވެ؟ ހެކި ނެތިގެން ހެކި ހޯދަން އަދިވެސް އުޅެންވީ ސަބަބެއް ނެތް..
ހުސަ
30 December 2024
މިއީ މައްސަލައަކީ! މިރާއްޖޭގެ ރައްޔިތުންގެ ފައިދސާއަށް ޚިޔާނަތްތެރިވެ ވައްކަންކޮށްގެންވެސް މިތިބެނީ ހީލަހިލާ! މިފަދަ އެތައް ފަރާތެއް މިރާއްޖޭގައި އެބަތިބި! ފާއިތުވެދިޔަ ސަރުކާރުތަކުގައިވެސް ވައްކަން ކުރި! ހަމަ އެއްކަމެއްވެސް ނުވޭ އެއިން މީހަކަށް! ފިޔަވަޅު ނޭޅޭތީ ދެން ފަހުން އަންނަ ފަރާތްތަކުންވެސް ކުރަނީ ވައްކަން! ޖަލަށް ޙުކުމްކުރިއަޔަސް ވާކަމެއް ހަރާމް! ހަމަ ދޫކޮށްލަނީ ތަޅުވަތަޅުވާފަ! ދިގުމުއްދަތަށް ޖަލުގައި ބައިތިއްބަންޖެހޭ މިފަދަ މީހުން!
ފިޒާން،
30 December 2024
ދެރައީ މޫކޭމެންވެސް ޕޯޑިއަމްތަކަށް އަރާ ވާހަކަ ދައްކާތީ. ހުތުރު ދޯ މިވަރު ވެގެންދިޔާމަ
ކިނާރަން
30 December 2024
މާލެ އަށްވުރެ ކުއްޔާ ކެއުންބުއިމުގެ ޚަރަދު ޖެހިގެން މިއޮތް ލަންކާ އަދި އިންޑިޔާގަވެސް ކުޑަވާނެ. އެހެންވީމަ މާލޭގަ ކުލީގަ އުޅެވެންޏާ ބޭރުގަވެސް އެހެން އުޅުން އެއީ މާބޮޑުކަމެއް ނޫން
ހޯބޯ.
30 December 2024
ވައްކަން އެއްސަރުކާރެއްވުރެ އަނެއް ސަރުކާުރުން މިދަނީ ކުރަމުން!
ރާއްޖެ
30 December 2024
ބަލަ އާރްޑީސީ ތިޖޫރީ މިނާގެ އެމްޑީ ކަމުގެ ދަށުން 3 ފަހަރު ފެޅިއޭ.
މިއަދުގެ
30 December 2024
ދޮގު. ނުފަޅާ. ފިތުނަ އުފައްދަންވެސް ދޮގު ނަހަދާ
ޒައިކް23
31 December 2024
އެކަމު ތިޔަ ބުނާ ތިޖޫރީއެއް ފެޅި ތުހުމަތެއް ހާ ހިސާބުވެސް ޕޮލިހުން ނުކުރޭ.. އިންޓެލް ރި ޕޯޓެއްގަ ވެސް ނެތް ތިޔައިން ވާހަކައެއް.. އަނެއްކާ ސަރުކާރު އެއްވެސް ކުންފުންޏެއްގެ ލާރި ތިޖޫރީގަ ނުވެސް ގެންގުޅޭނެ ދޯ މިޒަމާނުގަަ..
ފައްޔާޒުގެ އިބުރާބެ
30 December 2024
ބޭންކަކުން ނޫނަސް ލޯނެއް ހަމަ ދީފާނެތާ ދޯ. މި ބުނީ ފައްޔަ އަށް އާރު.ޑީ.ސީ އާއެކު ވިޔަފާރި ކުރާ ކުންފުންޏަކުން ލޯނު ނެގިވާހަކަ އޮތީމަ
އިބުރާ
30 December 2024
ލޯނެއް ނަމަ އަނބުރާ ދެއްކިކަންވެސް އެނގެންޖެހޭނެ. ބޮޑަށް ލަފާކުރެވެނީ މަނީ ލޯންޑަރިންކަމަށް.
ފޭކްނެސް
29 December 2024
ކޮބާތަ އިސްލާމިކު މިނިސްޓަރީ؟ ކަރަޕްސަންއާ ދެކޮޅަށް ޚުތުބާއެއް ލިޔެބަލަ ނިކަން ވަރުގަދަ. ޔޫއެންޑީޕީން އަވަހަށް ހުއްދަ ހޯދަބަލަ މިކަން ލަސް ނުކޮށް. އިސްލާމިކް މިނިސްޓަރީ ތެރޭގައިވެސް ހައްޖުގެ ކަންކަމުގަ ކަރަޕްސަން ހިންގާކަމަށް ތުހުމަތު ކުރެވޭ. ހައްޖު ކިޔުފެޅުން މީ އެއްކަން. ދެން އެންޓި ކޮރަޕްސަން ކަމިސަނުން ނުބަލާނެ މިއިން ކަމެއް ބޮޑު ސްކޭންޑަލްއެއް ނުހިނގަނީސް.