ފައިސަލް: އޭނާއަށް ތުހުމަތުކުރާ މައްސަލަތަކެއް އޭސީސީން ދަނީ ބަލަމުން --- ފޮޓޯ/މިހާރު
23 ނޮވެމްބަރ 2025 - 19:46
ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލަށް ތުހުމަތުވާ މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ ތުހުމަތުގައި ފައިސަލްގެ މައްސަލައެއް އޭސީސީން ބަލަން ފެށީ ފުލުހުންގެ ފަރާތުން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުން ކަމަށް އެނގިފައިވެ އެވެ. އަދި ފައިސަލްއާ ގުޅޭ މައްސަލައެއް ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރަކަށް ތުހުމަތުވާ މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލާގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ފަނޑިޔާރުކަމުގެ މަގާމުން ފައިސަލް މިއަދު އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދަނީ ބަލަމުންނެވެ. އަދި އޭނާގެ އިތުރުން ހައި ކޯޓުގެ އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ފަނޑިޔާރު ކަމުން ފައިސަލް އިސްތިއުފާ ދެއްވިއިރު، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރަން މިދިޔަ އޭޕްރީލް މަހު ޖޭއެސްސީން ފާސްކުރި އެވެ. ނަމަވެސް، އެ ނިންމުމަށް އެެތައް މަހެއްވީއިރު ވެސް ރަސްމީކޮށް އޭނާއާ މަގާމު ހަވާލެއް ނުކުރެ އެވެ.
އެކަމަކު، ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވުމަށްފަހު އެ މަގާމުން ވެސް މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާގެ އިސްތިއުފާއާ އެކު ހައި ކޯޓު ހިންގުން ވަގުތީ ހަވާލުކުރީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރެއްވީ ޖުލައި، 2018 ގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ކަމުގެ މަގާމުގަ އެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އއަސަދަދ
25 November 2025
މިއީ ރައީސް ޔާމިންގެ ހުކުމަށް ތައްޔާރުވަނީ. ދެން ކޮންކަމެއް
ހަމަދު ސަލީމް
24 November 2025
މި ފެންނަނީ މިހާރު މިގައުމުގެ ހާލަތު. ކޯޓްތަކުގަވެސް ތިބޭ ފަނޑިޔާރުންގެ ހާލަތު ހުރިގޮތް ގައުމެއް ހަލާކުވެދާނީ މިހާވަރަށް. މިކަމުގަ ޒިންމާވާންޖެހެނީ ގައުމުގެ ވެރިން އިސްކުރާ ރައްޔިތުން. ގައުމުގެ ހާލަތު މިހާ ދަށުދަރަޖަކަށް ވައްޓާލުމުގެ ޒިންމާ ދަ މޮކްރެޓްސް ނަގަން ނުޖެހޭބާ!!
ކަތްދައްތަ
24 November 2025
ފައިސަލް ގޯސްވީ ރައީސް ޔާމިންއާ ކަނެކްޝަން އޮންނަ ކަމަށް މިހާރު ހުރި ރައީސަށް އެގޭތީ. އެކަން އެންމެ ރަގަޅަށް އެގޭނީވެސް މިހާރު ހުރި ރައީސާއި އަދުރޭއާއި މިމީސްމީހުންނަށް…
ކަރޮޕްޝަން
24 November 2025
ޤައުމުގެ ކަރޮޕްޝަން ނައްތާލަން ބޭނުންކަމަށް ވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ މިއުޅޭސިއާސީ ބައިގަޱު ކޮންޓްރޯލްކުރުން ހަމަ ބުއްދިން ވިސްނާމީހަކު ހުރިއްޔާ ގޮސްބަލާބަލަ ކާނިވާ ސަރަހައްދުގަ ހިންގާތަންތަނުގެ އަސްލު ލީސް ހޯލްޱަރުން ދެން ދޭބަލަ ދެކުނު ހާބަރައް ގޮސްބަލާބަލަ އެތަނުގަ ހިންގާ ފުޱްކޯޓް ތައް ކޮންބައެއްތޯ ހިންގަނީ އަސްލު ލީސްހޯލްޱަރުން ވީތަނެއް ހޯދަބަލަ މިހެގޮސް ލިއާނެކަމެއްނެތް ވީދިފައޮތީ ހުރިހާދިމާލަކުންވެސް
އާޒިފު ގަފޫރު
24 November 2025
ކޮބާތޯ ސިވިލްކޯޓޫގައި އިންނެވި ފަނޑިޔާރު ފައިސަލްގެ އަންބިކަމަނާ، އޭނާ އިސްތިއުފާ ނުދޭތޯ
ޚިޔާލީފޮލާ
24 November 2025
ދެމަފިރިން ދުވާލު ދެކޯޓްގަ ބަތްކައްކާ ކުޅެގެން ކައިމަޖާކޮށްފަ ރޭކުރަނީ ދެކޯޓް އެއްދާނެއްގަ. މިބީދައިން އާއިލީކުންފުންޏަކަށް ޖުޑިޝަރީހެދީމަ، ދުވަހަކު ވެސް އިސްލާހެއް ނުވާނެ. އަންހެނުން ފަނޑިޔާރުންނަށް ލައި ޖަމީލު މެން މާފޮނިކޮށް ކެއްކި ބޮޑިބަތުގެރަހަ ޝަރުޢީ ދާއިރާއިން ދުވަހަކީވެސް ނުކެރޭނެ.
ދުންކަރާސް
24 November 2025
ފައިސަލަކީ ރައީސް އޮފީހުގައި އުޅޭ، އިކުރާމު އަބުދުއްލަތީފާއި ރައީސް ޔާމީނުގެ އަރިއަހުން ޢިލްމު ހޯއްދެވި ސިޔާސީ މުފައްކިރެއް، ކަންކަން ކުރަންވާ ޙިކްމަތްތެރި ގޮތް އެނގިވަޑައިގަންނަވާނެ
ފޭތާންބަރު
24 November 2025
ފަނޑިޔާރުން ވަކިވާތީ ނޫނީ ވަކިކުރާތީ އެއީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް އެބަތުހުމަތުކުރޭ، ބަލަ ކިހިނެތްތަ މިމީހުން ހޮވަނީ، ފައިސަލް ކުއްލިއަަކަށް ހައިކޯޓު ފަނޑިޔާރަކަށް ވީ ކިހިނެތް؟ އޭގެ ކުރިން ވަކާލާތު ކުރީ ކިތައް މައްސަލާގައި، މަސައްކަތް ކުރި ކޯޓެއް އިދާރާއެއް އެބަހުރިތަ؟ ރައީސް ޔާމީނުގެ އަރިސްމީހަކަށް ހުރެފަ ދެން ފެނުނީ އިންސާފުގާއިމުކުރާ ގޮޑިން ނޫންތަ
ޖަގޭ
24 November 2025
ބޭނުންގޮތެއް ނުހެދުނު ހަމަ ކޮންމެ މީހެއްގެ ބޮލުގައި ޢިލްޒާމް އަޅުވައި އެމީހެއްގެ ދުވަސް ދުއްވައިލަނީ ..
ކަނބުލޮލ
24 November 2025
ބަލަ ޖަގޭ... ގޮތެއް ނުހެދުނީމައޭ ބުނާއިރު މިދިޔަ ސަރުކާރުގަވެސް މިކަލޭގެ އެތައް މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވޭ.. ޖޭއެސްސީއަށް އެއްވެސް މީހެއްގެ މައްސަލައެއް ހުށައެއް ނޭޅޭނެ ކަމެއް ނެތިއްޔާ. ބެލީމަ އެނގޭނީ... މީނައަށް އެނގުނީ ކުރީގެ ގޮތަށް އަބަދު ދޫކޮށްފައެއް ނުހުރެވޭނެކަން. އެހެންވެ އިސްތިއުފާދިނީ...
ފައިސަލާކުރި ފައިސަލް
23 November 2025
މިއީ ޖުޑީޝަރީގައި އެންމެ ފުއްޕި އެކަކު. މާތްކަލާނގެ ދައްކަވާ މަންޒަރުގެ އުޖާލާކަމާ. ،،، . ކަރަޕްޝަން އެބަ ބަލާތަ؟