ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލް. -- ފޮޓޯ: ހައި ކޯޓް
23 ނޮވެމްބަރ 2025 - 15:46
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ހައި ކޯޓުން ދެންމެ ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް، ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ. އަދި މިދިޔަ ދެ ދުވަހު ސޯޝަލް މީޑިއާގައި ވެސް ފައިސަލަށް އެކި ތުހުމަތުތައް ކޮށްފައިވެ އެވެ.
އޭނާގެ ނަން ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ގެންނަން ޖޭއެސްސީން ފާސްކުރި އެވެ. ނަމަވެސް، އެ ނިންމުމަށް އެެތައް މަހެއްވީއިރު ވެސް ރަސްމީކޮށް މަގާމު ހަވާލެއް ވެސް ނުކުރެ އެވެ.
އެކަމަކު، ހައި ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވުމަށް ފަހު އެ މަގާމުން ވެސް މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާއާ އެކު ހައި ކޯޓު ހިންގުން ވަގުތީ ހަވާލުކުރީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގަ އެވެ. ފައިސަލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އެބަދެ އެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވީ، އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.
އޭގެއިތުރުން ހައި ކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތައް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ ތިން ފަނޑިޔާރުންނަކީ ވެސް މިދިޔަ ސަރުކާރުގެ ތެރޭގައި ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިތުނޭބާރު ތުމްކޯބޯލާ
24 November 2025
މާނިއުއާ ފައިސަލްއާ މިމީސްމީހުންނަކީ ކަނޑައެޅިގެން ސިޔާސީ ގޮތުން ތިޔަ ތަންތަނަށް އައިމީހުން ކަން އެމީހުން އައްޔަންކުރި ގޮތް ބެލީމާ ސާފުވާނެ، އެނޫނަސް އޭރެއްގައި އޮންނަ ވެރިކަން ތަމްސީލުކުރާ ޖުމުލަކޮށް ސިޔާސީ މީހުން ޖޭއެސްސީ ތިބެގެން އެމީހުން ވޯޓުލައިގެން އިންތިޚާބު ކުރާ ފަނޑިޔާރުގެއެއް މިއޮންނަނީ ، ދެން ވަކިކުރާނީވެސް ހަމަ އެގޮތަށް ދޯ، ވަޓް ގޯސް ރައުންޑު ކަމްސް
އާދިލް ސަލީމް
23 November 2025
މީނަ ހިންގާފައިވާ ކޮރަޕްޝަން ބަލަން ޖެހޭ.
ކިހާމަޖާ
23 November 2025
ކުރާނެކަމެއް ކޮށްފަ މައްސަލަތައް ބަލަން ފެށީމަ ބަޗައިގެން ދަނީ
އަންދަލޫސިޔާ
23 November 2025
ބޮޑެތި ކޮރަޕްޝަން ހިންގާފަ އިސްތިއުފާ ދިނަސް، މައްސަލަ ބަލަންޖެހޭ!
ސަންޑޭ
23 November 2025
ދެން އަވަހަށް ސިޔާސީ މަގާމެއް ދީ.
ޢެޑްމުންޑޯ
23 November 2025
އިސްތިއުފާ ދިނަސް މައްސަލައެއް އުޅެންޏާ ބަލަންވާނެ ، ޚާއްސަކޮށް ނުހައްގު މުއްސަދިކަން ހޯދާފައިވާނަމަ ޝަރުއީ ދާއިރާގެ ކަރާމަތާއި އަބުރު ހިފެހެއްޓުމަށް ، އެހޯދި ނުހައްގު މުއްސިދަކަން ދައުލަތަށް ނަގާ ޝަރީއަތުން ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭންޖެހޭނެ
ވައކދުް
23 November 2025
ބޮންތިއަށް އެނގޭ ދެންވާނެ ގޮތެއް ވެސް، އެއްކޮށް ގޭމް ކުޅެން އުޅުނު މީހުން ހުރިހާ ދިމާލެއްގައި ވެސް ތިބީ.
ޚަރަދާ
23 November 2025
(ނަމަވެސް، އެނގިފައިވާ ގޮތުގައި ފައިސަލް އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ނުހައްގު މުއްސަނދިކަން ހޯއްދެވިކަމުގެ ތުހުމަތު ކުރާ ކަން ވެސް އެނގިފައިވެއެވެ.) އެހެން ނޫހެއްގަ އޮތް ތަންކޮޅެއްމީ. މިކަހަލަ މީހުން ކިތަައްކިތަައް ފައިދާ ނަގާނެތޯ މަގާމު ބޭނުންކޮށްގެން.
ކިންލް
23 November 2025
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޯޓުތަކަށް އަތްބާނާ މީހުން އެބަޖެހޭ އިސްތިއުފާ ދިނުމުގެ ކުރިން ވަކިކުރަން.