ޚަބަރު / ހައި ކޯޓް

ޝަމްއާނަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން ކޯޓަށް ދިއުމުން ސުވާލު އުފައްދައިފި

ޝައްމާން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: އޭނާ ބަންދު ކުރަން ނެރުނު އަމުރު ބާތިލްކޮށްދޭން ވަނީ އެދިފައި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުގައި އެދުނުއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިނުވާތީ މިއަދުގެ ޝަރީއަތުގައި ސުވާލު އުފައްދައިފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށާއި އަދި އޭގެ ކުރިން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެ އަމުރުތައް ބާތިލްކޮށް ދޭން ޝައްމާންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝައްމާންގެ ފަރާތުން އަމުރު ބާތިލް ކުރަން އެދޭ މައިގަނޑު ސަބަބަކީ އޭނާއާ ދެކޮޅަށް ގާނޫނާ ހިލާފަށް ތަހުގީގު ހިންގައި، ބަންދުކުރަން ފުލުހުން އެދިފައިވާތީ އެވެ. ޝައްމާންގެ ވަކީލް ނޫރުއްސަލާމް މިއަދުގެ ޝަރީއަތުގައި ފާހަގަ ކުރެއްވި ގޮތުގައި ޝައްމާން 15 ދުވަހަށް ބަންދު ކުރަން އެދުނުއިރު، އޭނާގެ މައްޗަށް ކޮށްފައި އޮތީ ކޮރަޕްޝަންގެ ތުހުމަތެވެ.

ކޮރަޕްޝަންގެ ކުށްތައް ބެލުމުގެ އިހްތިސާސް އޮންނަނީ އޭސީސީއަށެވެ. މިފަދަ ތުހުމަތެއް މައްސަލައެއްގައި އޮތް ނަމަ އެ މައްސަލައެއްގެ އެ ބައި ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. ކޮރަޕްޝަންގެ ތުހުމަތެއް އެކަނި އޮތް ނަމަ އެ މައްސަލައެއް ބެލޭނީ ހަމައެކަނި އޭސީސީއަށެވެ.

ނަމަވެސް، ނޫރުއްސަލާމް ވިދާޅުވި ގޮތުގައި މި މައްސަލާގައި އަމަލުކޮށްފައި ވަނީ އެގޮތަކަށް ނޫނެވެ. ޝަމްއާން ބަންދުކުރަން ފުލުހުން ކޯޓަށް ދިޔައިރު ތަހުގީގުގައި އޭސީސީން ބައިވެރިއެއް ނުވެ އެވެ.

ޝައްމާންގެ އާއިލާ މެންބަރުން ހައި ކޯޓު ކައިރީގައި އަޑު އުފުލަނީ: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ވަކީލް ވިދާޅުވީ މި މައްސަލައިގައި އޮތް ތުހުމަތުގައި ޝަމްއާންގެ މައްޗަށް ކޮށް އޭނާ ބަންދު ކުރަން ފުލުހުންނަށް އެކަނި ކޯޓަށް ނުދެވޭނެ ކަމަށެވެ. މިފަދަ އިޖުރާއަތްތަކަކީ އެ އަށް އަމަލު ކުރަން ޖެހޭނެ ކަންކަން ކަމަށާއި ކުދިކުދި ކަންކަން ކަމުގައި ދެކިގެން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮރަޕްޝަންގެ ތުހުމަތުގައި ދުވަހަކު އަމަލުކުރި ގޮތެއް ނޫން،" ވަކީލް ވިދާޅުވި އެވެ.

ޝަމްއާންގެ މައްޗަށް ބަންދުގެ އަމުރު ފުރަތަމަ ނެރުނުއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައި އޮތް ނަމަވެސް އޭގެ ފަހުން އެހެން މީހެއްގެ މުދަލަކަށް ނަހަމަ ގޮތުގައި ބާރު ހިންގުމުގެ ތުހުމަތާއި މަނީ ލޯންޑްރިންގެ ތުހުމަތު ކޮށްފައިވެ އެވެ. މިހާރު ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އެ ތުހުމަތުތަކާ ގުޅިގެންނެވެ.

މައްސަލައިގައި ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މަނީ ލޯންޑްރިންގެ ތުހުމަތާއި ކޮރަޕްޝަންގެ ތުހުމަތު ކުރާއިރު، ހަމައެކަނި މަނީ ލޯންޑްރިންގެ ކުށުގެ ތަހުގީގު ފުލުހުންނަށް ހިންގިދާނެ ކަމަށް މަތީ ކޯޓުތަކުން ކަނޑައަޅާފައިވާ ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

އޭނާ ވިދާޅުވީ ހައްޔަރުކުރާއިރު ކުރެވޭ ތުހުމަތުތައް ބަޔާން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި ނަމަވެސް އޭގެ މާނައަކީ ހައްޔަރުކުރަން އެދޭ އިރު ބަޔާންކުރާ ތުހުމަތަށް ދައުވާ ކުރަން ފުލުހުން ފޮނުވުން ނޫން ކަމަށެވެ. ކޮރަޕްޝަންގެ ތުހުމަތެއް އުޅޭ ނަމަ އެކަމެއް ފުލުހުން އޭސީސީ އަށް އަންގާނެ ކަމަށާއި މައްސަލާގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުވަތަ ވަކި ތަހުގީގެއް ހިންގަން ބޭނުން ނަމަ އެކަމެއް ނިންމާނީ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ، ޝަމްއާންގެ ބަންދު ކުރަން ފުލުހުން އެދުނީ ކޮރަޕްޝަންގެ ކުށް ތަހުގީގު ކުރުމަށް ނޫން ކަމަށާއި ނަމަވެސް އެ ތުހުމަތު ވެސް ކުރެވޭ ކަން ބަޔާންކޮށް ބަންދުކޮށްދޭން އެދުނީ މަނީ ލޯންޑްރިންގެ ކުށް ބަޔާންކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"ބަންދު ކުރަން ގެންދިޔައިރު ބަޔާންކޮށްފައި މި އޮތީ މަނީ ލޯންޑްރިންގެ ތުހުމަތު ވެސް ކޮރަޕްޝަންގެ ތުހުމަތު ވެސް އެބަ ކުރެވޭ ކަމަށް. ނަމަވެސް ތަހުގީގު މި ކުރަނީ މަނީ ލޯންޑްރިންގެ ތުހުމަތޭ، އެހެން ނަމަވެސް އެ ހިނދަށް ވެސް ކޮރަޕްޝަންގެ ތުހުމަތު އޮތް ނަމަ ބަންދު ކުރާއިރު، އެ ތުހުމަތު އޮތް ކަން ބަޔާންކޮށްފައޭ ހައްޔަރު ކުރަން ނޫނީ ބަންދު ކުރަން މި އެދެނީ،" ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ކުށް ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ނެތަސް މަނީ ލޯންޑްރިންގެ ތުހުމަތު ތަހުގީގު ކުރާއިރު އެއާ ގުޅިފައިވާ ކުށެއްގެ ގޮތުގައި ކޮރަޕްޝަންގެ ކުށުގެ އަމަލު ވެސް ބެލުމުގެ ފުރުސަތު ފުލުހުންނަށް ލިބިދެ އެވެ.

ޝައްމާންގެ އާއިލާ މެންބަރުން ހައި ކޯޓު ކައިރީގައި އަޑު އުފުލަނީ: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ދައުލަތުން ވަނީ ޝަމްއާން ބަންދު ކުރަން ނެރެފައިވާ އަމުރަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައިދޭން ކޯޓުގައި މިއަދު އެދިފަ އެވެ.

ޝަމްއާންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މިދިޔަ މާޗު 20 ގައި އޭނާ މަގާމުން ވަކިކޮށް، އޭނާ ފަހުން ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށް ފަހު، ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓް ހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. ފައިސާ ހޯދާފައިވަނީ އެ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކޮށް ކަމަށާއި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެ އޮޕަރޭޝަން ހިންގީ ވެސް ވެސް ބިދޭސީންނާއި އެ މީހުންނާ ގުޅޭ ތަންތަން ފާސްކުރުމަށް އިމިގްރޭޝަންގައި ކަނޑައަޅާފައިވާ ޓާސްކްފޯސް މީހުން ނޫން ކަމަށް ފުލުހުން ބުންޏެވެ.

14 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދުލު އިންސާފު

22 April 2025

ކީއްވެ ފަޒުލު ހައްޔަރު ނުކުރީ.. ދައުލަތުގެ ކުންފުންޏެއްގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި، ދައުލަތުގެ މަގާމެއްގައި އަމިއްލަ ކުންފުންޏެއްގެ ފަރާތުން ފައިސާ ހޯދުމަކީ ކުށެއް. ދެމީހުންވެސް ތިބީ ދައުލަތުން ރައީސުލް ޖުުމްހުރިއްޔާ އައްޔަން ކުރާ މަގާމުތަކުގައި.. ޝައްމާނާއި މެދު ތަފާތު ގޮތަކަށް އަމަލު ކުރާކަން ވަރަށް ސާފުކޮށް ދިވެހި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރޭ..

The name is already taken The name is available. Register?

23456

22 April 2025

ކޮރަޕްޝަންގެ މައްސަލަވީމަ އޭސީސީއަށް ބެލިދާނެ. އެކަމަކު އޭސީސީން ނުބެލުމަކީ، ފުލުހުންނަށް އެމައްސަލަ ތަހުގީގު ނުކުރެވޭނެ ސަބަބެއްނޫން. ކިތަންމެ މޮޅު ބަޔަކަށްވިޔަސް ގޯހެއް ހެދިދާނެ. ތިއޮތީ ކޯޓަށް ގޯހެއް ހެދިފަ. ފުލުހުންގެ ގާނޫނުން ޖިނާއީ ހުރިހާ ކުށެއްގެ ތަހުގީގު ކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންވޭ.

The name is already taken The name is available. Register?

މހއމ

22 April 2025

އެހެންތަ؟

The name is already taken The name is available. Register?

މެއިޑް ލަކްޝަމީ

22 April 2025

ޝައްމާނު ބަންދު ކޮށްގެން އުޅެނީ ދޫކޮށްލައިފިނަމަ އެނގި ހާމަވާނެ ގިނަކަންކަން އަޑުއެހުމުގެ ގާބިލުކަން ނެތީމަ.

The name is already taken The name is available. Register?

ފުރޭތަ1

22 April 2025

ބޮޑެތި ވައްކަން ކުރީމަ އިދިކޮޅުގަ ތިބޭ މީހުންނަށް ދެންވަނީ ބަތަލަކަށް. އާވާހަކައެއް ނޫން ތީ. މަޚްލޫފު އަލީ ވަހީދު ވެސް މާ ބޮޑު އެއްޗެއް ހާމަކުރާނަމޭ ކިޔައިން އުޅުނު ވީކަމެއް ނެތް

The name is already taken The name is available. Register?

ޢުދަރެސް ޗާޕޭ

21 April 2025

ކަލޯ ހުރިހާ ކަމެއް ދަނީ ތިޔަ ހެން؟؟ ދޮން ކަލޯގެ ފޮޓޯ އެއް ނަަގާ ފިތަ؟ ! މަންދި މެންގެ ފޮޓޯ ސްޓޯރީ ވާހަކަ މިހާރު ވަނީ ނިކުމެފައި! ކެމެރާމަނަކު ނެތިގެން އަދި ފޮޓޯ އެއް ނުނަގާ

The name is already taken The name is available. Register?

ވަޕް

22 April 2025

ފޮޓޯ ނަގާ ނިމިއްޖެމާ ކުރިން. ކަލޭ ތިއުޅެނީ މާ ފަހަތުގަ

The name is already taken The name is available. Register?

މުރާސިލް

21 April 2025

ފޮޓޯއިން ފެންނަ ގިނަ މީހުންނަކީ ޝަމްޢާނަގެ އާއިލާގެ މީހުންނެއް ނޫނެވެ. ޑުރާމާ ކުޅެން ނޫޅޭށެވެ.

The name is already taken The name is available. Register?

ސޮސީ

21 April 2025

ވައްކަން ކުރީމާ ވެސް މުޒާހަރާ... ހައްގުއަދަބު ދީ އަދި ސާބިތުވެއްޖެ ނަމަ މިކަހަލަ މަގާމަކަށް އައުން 10 އަހަރަށް ސަސްޕެންޑް ކުރޭ....

The name is already taken The name is available. Register?

ޟމމމމ

22 April 2025

10 އަހަރަކަށް ނޫން މުޅި އުމުރަށް.

The name is already taken The name is available. Register?

މހއމ

22 April 2025

އޭ ކީކއްކުރަން 10 އަހަރު؟ އަނެއްކާ 10 އަހަރު ފަހުން ވައްކަން ކުރަން ފުރުސަތު ދޭންވީ؟

The name is already taken The name is available. Register?

ޔަތީނުބެ

21 April 2025

އެބިދޭސީމީ ހާއައް 500،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނު ގޮއް ނުހޯދަންތައް. ބަންގުލަދޭޝް މީހުން މިހާރުތިބީ އުފަލުން. ބަންގުލަދޭޝް މީހުންދިވެހިންނައް ސަރުކާރު ވަޒީފާ އެބަހޯދަދޭ. ބަންގުލަދޭޝް މީހުން އިމިގުރޭޝަން ކޮންޓުރޯލް ކުރޭ.

The name is already taken The name is available. Register?

ސީނުބެ

22 April 2025

ތިއީތެދެއް. އަޅުގަޑު ތެދެއްތޯ ބެލުމައް ރާއްޖޭން ބޭރު ވިސާ ނެއްދެމީހުން ވިސާ ހޯދަން ބަންގުލަދޭޝް މީހެއްކާރި އެހީ އައް އެދުނިން. ބަރާބަރު ދެގަޑިއިރު ވިސާލިބުން. ދުއްވާ ލައި ސަންވެސް ލިބޭނެ ޔޯބުނީ.

The name is already taken The name is available. Register?

މެންގްރޫވް

21 April 2025

މީގެކުރިންވެސް ތިސޮރު ވަޒީފާއިން ވަކިކުރީވެސް ކޮންމެސް ސަކަރާތެއް ޖަހައިގެންތާ؟ ބައި އެޅުމުގެ މައްސަލައެއް ވިޔަސް އެހެން ކަމެއްވިޔަސް މިފަހަރުވެސް އޮންނާނީ ކޮންމެސް ގަނޑެއް ގަނެފަހެން ހީވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454