މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު: އެމްފޯމްޕީސީއަށް އޭނާ ވަނީ އައްޔަން ކޮށްފައި
30 ޑިސެމްބަރ 2024 - 13:36
މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ މިފްކޯގެ ޗެއާޕާސަން ކަމުން ޝަރީފް ވަކިކޮށް، އޭނާ އައްޔަން ކުރައްވާފައި ވަނީ އެމްފޯމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ މިފްކޯ އިން ޝަރީފް ވަކިކޮށް، އޭނާ އައްޔަން ކުރެއްވި ކުންފުންޏަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ބާނާ މަސް، ބޭރުގެ ބާޒާރަށް ނެރުމަށް މާކެޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެެކެވެ.
ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އެކުލެވޭ އެ ކުންފުނި އުފައްދާފައިވަނީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރުމުގެ ބޭނުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
01 January 2025
ވަކިކުރީއޭ މިލިޔަނީ ބަޔަކަށް އޮޅުވާލަންތަ؟. އެއްތަނުން ކައިނިމުނީމަ އަނެއްތަނަކަށް އަޕްގްރޭޑްދޯތިކުރަނީ!!!.
ބަބޫ
30 December 2024
ކާނެ ވަރަށް ކައި ނިމިނީމަ ދެވަނަ މީހަކަށް ފުރުސަތު ދިނީ. ތީ މިދިޔަ ސަރުކާރުންވެސް ޖެއްސި އެތި
ޝުހުދާ އަލީ
30 December 2024
މަސްވެރިކަމުގެ ސިނާއަތް ޕްރޮމޯޓް ކޮށް ކުރި އަރުވަން ސަރުކާރުން ކުރާ މަސައްކަތް ވަރަށް ބަރާބަރު. ގައުމާގެން ކުރިޔަށް
މިމްރާހް
30 December 2024
ބަރާބަރު. އޭނަ އުޅުމީވެސް މާކެޓިންގަ ގިނަ ދުވަހު. ދެން ރަނގަޅުވާނެ
ސުއާދު ސައޫދު
30 December 2024
މަރުހަބާ ޝަރީފް. ރައީސް މުއިއްޒް ގޯސްކޮށް ކަމެއް ނުކުރާ ހިދަކު ދެރަ ގޮތެއް ނަހަދާނެ
ސިއްބަތް އަޡި
30 December 2024
ޝަރީ ވަރަށް މޮޅުވާނެ މާރކެޓް ކުރަން. ގުޑް ޑިޒިޝަން
ތޫބާ ނާޒިމް
30 December 2024
ރަނގަޅު. އެމީހަކަށް އެކަށޭނެ ތަނަކަށް ލީމަ ހުންނާނީ ރަނގަޅަށް
ބަރީޒަ
30 December 2024
ސަރުކާރުން ކީެއކުރަން ގެންގުޅެހާ ކުންފުނިތަކެއްތަ އަޅެ މިއީ!؟ ދުނިޔޭގަ ކޮން ގައުމެއްތަ އޮތީ މިނޫނީ ސަރުކާރުންކުންފުނި ހަދައިގެން ގައުމު ހިންގާ؟ ހަމަ އެންމެ ބޭނުމެއް އޮތީ އެއީ އެންމެން ކިޔާ ކަންކަން ކުރުން! ދޮގެއްތޯ؟
މާއެނގޭދޫ
30 December 2024
ކޮންމެ ކަމެއް މާރކެޓް ކޮށް ޕްރޮމޯޓް ކުރުމަށް ކުންފުންޏެއް ނުއުފައްދާ ވާކަށް ހަމަ ނެތީތޯ ރައީސް މުއިއްޒޫ؟؟؟!!؟؟؟ އެދާއިރާއެއްގެ މިނިސްޓްރީ ތެރެއިން މިކަމަށް ޙާއްސަ ސެކްޝަނެއް ހެދިއްޔާ ކިހިނެއް ވާނީ؟؟؟
ފޯކުބޭބެ
30 December 2024
ޝަރީފުހުރީ ބޯޑުގެ ޗަެއަރމަން އަކަށް . މިފްކޯގެ މުވައްޒަފަކަށްނޫން. އައްޔަންކުރާ މަގާމުތައް ރއީސް ބޭނުންގޮތަކަށް ބަދަލުކުރެވޭނ. އޮޅިގެންނޫޅޭ. އެހެން ނޫނަސް ޝަރީފްއަކީ ރަނގަޅު މީހެއް. މިދާއިރާ އިނގޭނެ.