ހަންގޭރީ: އެ ގައުމުން ދޭ ސްކޮލާޝިޕްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި.
31 ޑިސެމްބަރ 2024 - 13:51
ހަންގޭރީން ދޭ 25 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ހުޅުވާލާފައި ވަނީ 8 ބެޗްލާސް ޑިގްރީގެ ފުރުސަތާއި މާސްޓާސް އަށް ކިޔަވަން 14 ފުރުސަތުގެ އިތުރުން ޕީއެޗްޑީގެ ތިން ފުރުސަތެވެ.
ބެޗްލާސް ޑިގްރީގެ ޝަރުތުގެ ގޮތުގައި ހިމެނެނީ ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިހާނުގެ 5 މާއްދާ އިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި ވުން ނުވަތަ ޖީސީއީ އޭ ލެވެލް ތިން މާއްދާ އިން އީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ނަމަ އެވެ. ފާސްވި މާއްދާތަކުގެ ތެރޭގައި އިނގިރޭސި ނުހިމެނޭ ނަމަ، އައިއެލްޓްސް ފަދަ ފާހެއް އޮންނަން ޖެހޭ ކަމަށް ޝަރުތުގައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޑިގްރީ ކޯހުގެ އެންޓްރީ ރިކްއާމެންޓްތައް މިނިސްޓްރީގެ ރިކްއާމެންޓާ ތަފާތު ނަމަ، ޔުނިވާސިޓީގެ އެންޓްރީ ރިކްއާމެންޓަށް ބަލާނެ އެވެ. އަދި މާސްޓާސް އާއި ޕީއެޗްޑީއަށް ކިޔަވަން ސްކޮލާޝިޕަށް އެދޭ ނަމަ، ކޯހާ ގުޅޭ ދާއިރާއަކުން ކިޔަވާފައިވާ ނަމަ އެކަމަށް އެދެވޭނެ ކަމަށް ވެސް ވެ އެވެ.
މިނިސްޓްރީން ބުނީ މި ސްކޮލާޝިޕަށް ކުރިމަތިލާ މީހުންނަކީ ކުރިން ހަޔާ އެޑިއުކޭޝަން މެދުވެރިވެގެން ކިޔަވަން ލޯނެއް ނަގާފައިވާ ނަމަ، ޑީފޯލްޓެއް ނެތި އެ ލޯނު ގަވާއިދުން ދައްކަމުން އަންނަ މީހުންނަށް ވާންޖެހޭ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކިޔަވަން އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހެ އެވެ. އަދި އެ އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުން އަންނަ ދަރިވަރު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މިހާރު ވެސް ކިޔަވަމުން އަންނަ ހަންގޭރީން އަލަށް ހުޅުވާލި ސްކޮލާޝިޕަށް އެދެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 އެވެ.
ހަންގޭރީން ދިވެހިންނަށް ކޮންމެ އަހަރަކަށް ދެމުން އަންނަ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކުރީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ 2022 ގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
31 December 2024
ކަނާއަތު ފިއާގެ ސަރުކާރުތައް އޮންނަ ޔޫރަފުގެ ފަގީރު ގައުތަކައް ނޫނީ ދިވެހިން ކިއަވަން ނުފޮނުވޭނީތޯ؟
މާޢި
01 January 2025
ސަލީމް އިދުރީސް ކިހިނެއް ހިސާބު ޖަހައިގެން ތި ހާމަ ކޮށްލީ ހަންގޭރީ އެއީ ފަޤީރު ޤައުމެއް ކަމަށް. އަދި އެއްފަހަރު ތި ހިސާބު ޗެކްކޮށްލަން ފެނޭ.
ޝީރީން
31 December 2024
ތިތަނަށް ދާ ހުރިހާ ދިވެހިން ވަރަށް ހާލުގަ އުޅެނީ. ހަޔަރ އެޑިއުކޭޝަނަކުންވެސް ހަންގޭރީ ސަރުކާރަކުންވެސް އަޅައެއްނުލާ. ތީ އަސްލު ސަރުކާރުން ޕްރޮމޯޓުކޮށްގެން މީހުން ފޮނުވާވަރުގެ ތަނެއްނޫން. ވިސާ ހޯދަން އެހާ ހާލެއްޖައްސާ، ސްކޮލާޝިޕޭއޮތަސް އަތުން 50% ނުލައި ކޯސް ނުނިމޭ، އެކޮޅުގައ އުޅެން އެހާ ދަތި، އަންހެނުންނާއި ޅަދަރިމައިންވެސް ލާން އިންނަނީ އެއިން މީހަކުދާންބަލާއިރު އާއިލަ ނުރޫޅި އެކަމެއްނުވޭ. ވާނުވާ އެނގިގެން ދަންޏާ ދާންވީ.
ބެނޫން
01 January 2025
ތީ މުޅީން ތެދު ވާހަކައެއް ނޫން. ސްކޯލަރޝިޕް އާއި ބެހޭ ލިޔުން ރަނގަޅަށް ކިޔާލި ނަމަ އެނގުނީސް އޭގަ އިނދޭ ތިމަންނަމެން ދޭނީ މިހާ ވަރަށޭ ދަރިވަރު އަމިއްލައަށް ސްޓިޕެންޑަށް އެމައުންޓެއް ލާންޖެހޭނެ އޭ. އެއަށް އޯކޭ ނޫނީއްޔާ އެ މީހުންގެ ސްކޯލަރޝިޕަށްނުދިޔާމަ ވީ. އޭޝިޔާގެ ޤައުމަތަކުގަ ހެން މުޅިއާއިލާ ގޮވައިގެން ގޮސް ހުރިހާ ތާކު ނޫޅެވޭނެ. ވިޒިޓް ކޮށްލަން ބޭނުމިއްޔާ ޝެންގަން ވިސާ ނަގައިގެން ދާންވީ.
އަބްޑޫޅް +
31 December 2024
މަޖާރިސްތާން ގެ ބަސް ނޭގެންޏާ ތިޔަ ރަށުން ކިޔަވާނީ ކިހިނެއް؟
ސްމޯލީ
31 December 2024
ލިންކެެއް ވައްޓާލިނަމަ އިތުރު މައުލޫމާތު ހޯދާލަން ހާދަ ފަސޭހަވާނެއޭ ދޯ؟
މޯލްޑީވީ
31 December 2024
ބަލާލަބަލަ ހަޔަރ އެޑިޔުކޭޝަން މިނިސްޓުރީގެ ވެބުސައިޓު. ގޫގަލު ގޫގަލު