"ޕުޝްޕާ 2"ގައި މަންޒަރެއްގައި ސަން ސިޔާމް އޮޅުވެލި ރިސޯޓު.
31 ޑިސެމްބަރ 2024 - 14:59
"ޕުޝްޕާ 2"ގެ މަންޒަރެއްގައި ދައްކަނީ މާލެ އަތޮޅުގައި އޮންނަ ސަން ސިޔާމް އޮޅުވެލި ރިސޯޓުކަން އެނގިއްޖެ އެވެ.
ޕުޝްޕާ ރާއްޖެ އައީ އެ ފިލްމުގައި ހަމީދު ކިޔާ މީހަކާ ބައްދަލުކުރާށެވެ. ހަމީދުގެ ރޯލު އެ ފިލްމުގައި ކުޅެނީ ސޯރަބް ސަޗްދޭވާ އެވެ. ޕުޝްޕާގެ ރޯލު ކުޅެނީ ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން އެވެ.
އޮޅުވެލި ރިސޯޓުގެ އެކައުންޓް ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން ރާކޭޝް ގުޕްތާ މީގެ ދެ ހަފުތާ ކުރިން ލިންކްޑިންގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ "ޕުޝްޕާ 2"ގެ މުހިންމު މަންޒަރެއް ނަަގަން ލޮކޭޝަނެއްގެ ގޮތުގައި އެ ރިސޯޓު ހަމަޖައްސާފައި ވާތީ އުފާކުރާ ކަމަށެވެ.
"ޕުޝްޕާ 2"ގެ މަންޒަރެއްގައި ސަން ސިޔާމް އޮޅުވެލި ރިސޯޓު.
"ޕުޝްޕާ"އަކީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑީގެ ބާވަތެއް ވަގަށް ވިއްކުމުގެ ވިޔަފާރިކުރާ ގޮތް ދައްކައިދޭ ދެކުނު އިންޑިއާގެ މަސާލާ ސްޓައިލުގެ އެކްޝަން ފިލްމެކެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޕުޝްޕާ 2"ގައި ހިމެނޭ މަންޒަރެއްގައި ދައްކަނީ އެ ލަކުޑި ގަންނަން ބޭނުންވާ އެ ގައުމުން ބޭރުގެ މުއްސަނދި މީހަކަށް މި ވިއްކުމަށް ސިއްރު ޑީލެއް ހެދުމަށް ޕުޝްޕާ ރާއްޖެ އައިސް އުޅޭ ތަނެވެ. ހަމީދު ކިޔާ އެ މީހާ ހެލިކޮޕްޓަރެއްގައި އައިސް އެ ރިސޯޓުގެ ގޮނޑުދޮށަށް ފައިބާތަން އެ މަންޒަރުގައި ދައްކަ އެވެ. މި ބާވަތުގެ ލަކުޑި ވިއްކަން 5،000 ކްރޯޑް ރުޕީސްގެ ޑީލެއް އެމީހުން ހަދަ އެވެ.
"ޕުޝްޕާ 2"ގައި މަންޒަރެއްގައި ސަން ސިޔާމް އޮޅުވެލި ރިސޯޓު.
އެ ހެލިކޮޕްޓަރު ދަތުރުކުރާ އިރު، އެ ރިސޯޓުގެ މަތިން ނަގާފައިވާ ޑްރޯން މަންޒަރުތައް ވެސް ދައްކަ އެވެ.
ބައެއް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ މަންޒަރުތައް މެލޭޝިއާ އާއި ޖަޕާނާއި ތައިލެންޑާ އަދިވެސް އެހެން ބައެއް ގައުމުތަކުގައި ނަގަން ޕްލޭންކުރި އެވެ. އެކަމަކު ބަޖެޓު ތަން ނުދިނުމުގެ ސަބަބުން އެ މަންޒަރުތައް ނެގީ ހެއިދަރުއާބާދުގައި ހުންނަ ރަމޯޖީ ފިލްމު ސިޓީގެ ސްޓޫޑިއޯތަކުގައި ބޮޑެތި ސެޓުތައް ހަދައިގެންނެވެ. ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނެގީ އިންޑިއާގެ އެކި ހިސާބުތަކުގައި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެހެންވެ، ރާއްޖޭގެ މި މަންޒަރު ވެސް ނެގީ އަސްލު ލޮކޭޝަނެއް ބޭނުންކޮށްގެން ސެޓެއްގައި ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.
"ޕުޝްޕާ 2"ގައި ދައްކާ ރާއްޖޭގެ މަންޒަރު.
"ޕުޝްޕާ 2"ގެ އުފެއްދުންތެރިން ކުރިން ބުނެފައިވާ ގޮތުގައި، އެ ފިލްމުގެ ނިމުން އެކި ގޮތްގޮތަށް އެކި ތަންތަނުގައި ޝޫޓްކޮށްފައިވެ އެވެ. އެކަމަކު، ފިލްމުގައި ހިމެނީ އުފެއްދުންތެރިން ބޭނުންވި ނިމުމެވެ. އެއީ ފިލްމުގެ ނިމުން ސްޕޮއިލްވުމާއި ލީކުވުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކުރި ކަމެކެވެ.
ގާތްގަނޑަކަށް 500 ކްރޯޑް ރުޕީސް (58.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި މި ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާތަނަށް ވަނީ 1720 ކްރޯޑް ރުޕީސް (201 މިލިއަން ޑޮލަރު)ގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލްމު ހުސައިން
01 January 2025
ފިލްމު އުފައްދާމީހުން ރާއްޖެ ނުސީދާކޮށް މިދެއްކީ މީ ޓްރަރިސްޓުންގެ ޤައުމެއްކަމާއި،ސިއްރު ޑީލްތަހުގެ ހުވަފެނީ މަންޒިލަކީ ރާއްޖެކަމެވެ.މިއީ ވަރަށް ހިތާމަ ހުރި އަދި ކަންބޮޑުވާންޖެހޭ ކަމެކެވެ.މިފަދަ މަންޒަރުތައް މިގޮތަށް ދައްކަން ނަގައިގެންނުވާނެއެވެ.
އަސްލީމާ
01 January 2025
މަ ހީކުރީ ލޯބީގެ ވާހަކަޔެއް ކަމަށް، ސުރުހީ ކިޔާލާފަ
އުއްތަމަ އުސްތާޛް
01 January 2025
ހިންދޫންގެ ކަލާންގެ އެއްކަމަށްވާ ލިންގަމްގެ ބުދު ގޮނޑުދޮށުގައި ހަދައިގެން އެމީހުންގެ އަޅުކަމުގެ މަންޒަރެއް ރާއްޖޭގެ ރިސޯޓެއްގައި ކުޅެ ދެއްކުމުގެ ހުއްދަ ދިން ބަޔަކު ވެސް ތިބޭނެ މިއީ ދިވެހި ރާއްޖޭގެ ދީނީ އެއްވައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ޤާނޫނާއި ކަނޑައެޅިގެން ޚިލާފު ކަމެއް.
ތިރިތާޒު
01 January 2025
އުސްތާޒުގެ ލިންގަމް!
ލޯބި ކޮއި
01 January 2025
ސާބަހޭ ކޮއިފުޅާ އެއީ އިންޑިޔާގެ ސެޓުގެ ބަޔެކޭ. ރާއްޖޭގަ ކޮން ހިސާބެއްގަތަ ގޮނޑުދޮށް ހުންނަނީ ސިޑިއަކުން އަރަން އުސްކޮށްފަ؟ ޓެކުނޮލޮޖީ އާ އެއްވަރަށް ނޫނީ އެޔަށްވުރެ ކުރިޔަށް އެބަޖެހޭ ހިއްސުތައްވެސް ގެންނަން
ޓެކްސީ ޑުރައިވަރު
01 January 2025
2024 ދިޔައީ އަންބާނީގެ ވާހަކަތަކުން 2025 ގައި ޕުޝްޕާގެ ވާހަކަތައް. އަޅެ ނޫސްވެރިން ރައްޔިތުން މިތިބި ހާލުބަލައި އެވާހަކަތައް ލިޔަންވެއްޖެނުން. ފިލްމުސްޓާރަކު އަރިއަކަށް ކެއްސާލިއަސް ފަލަސުރުހީ ހަދާ. ކޮބައިތޯ ނޫސްވެރިން ގެ ވާޖިބަކީ އަންބާނީއާއި ޕުޝްޕާގެ ވާހަކަތައްތޯ؟
އެއީހަދާފައިން
31 December 2024
ފެންނަނީ ޑްރޯން ފުޓޭޖެއް މޮޑިފައިކޮށްފަ އިންޑިޔާގަ ސެޓެއްގައި ކުޅެފައިން މަންޒަރު.
ޢލްޓިކޯ
31 December 2024
މުޅިރާއްޖޭގެ ގުދުރަތީ ރީތިކަމާ މުއްސަދިކަން ވަކިބަޔެއްގެ އަތްމަތީ ނުވިތާކަށް މުއްސަދި ކޮށްފަ އޮތީ ވެސް ސަރުކާރުތައް ގެރެންޓާ އަކަށް ވެގެން ތަންތަނުން ލޯނުހޯދާގެން
ހަމަ ތެދެއްތަ
31 December 2024
ހެޑް ލައިން ކިޔާލީ މަ ފުރަތަމަ ހީވީ ޕުޟްޕާ ކިޔާ މަންޖެ އެއް އޭނާ ރައްޓެހި ވެގެން އުޅޭ ސޮރާ ސިއްރުން ބައްދަލު ކޮށްލަން ރާއްޖެ އައީ ކަމަށް
ޕުޝްޕޭ
31 December 2024
ޙަގީގަތުގަވެސް މަށަށްވެސް ހީވީ ހަމަ ތިހެން.
ޡބަފުގިސް
31 December 2024
ތިބުނީ ހަމަ ހެޔޮކޮށް...
ސީޒަން ޖެކްޝަން
31 December 2024
ދެން ޝިޔާމުގެ ބޮލާނުކުޅަދާނަވާނެ އިންޑިޔާސޮރުން ތިތަނަށް އަންނަވަރުން. ދެން އެތަނުން ކޮންމެމީހަކު ވާންބޭނުންވާނީ ޕުޝްޕާއަކަށް.
ސަލަފު
31 December 2024
ކޮބާ ސަލަފަށް ފެނޭތަ ފިލުމަކަސް ދިވެހިބިމުގަ އެހުރީ ހިންދޫ ހަރަކާތް ހިންގަން. އަންނި ވެރިކަމުގަ ހުރިނަމަ ތިމީހުން ނުނިދާނެ.
ސައްލޫ
01 January 2025
އެއީ ސެޓެއްގަ ކުޅެފަ އިން މަންޒަރެއް އެކޮއި.