ޝާހިދު ކަޕޫރް މިފަހަރު ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް.
01 ޖެނުއަރީ 2025 - 14:45
ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް އާ އަހަރު ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ޝާހިދު ރާއްޖޭގެ ރިސޯޯޓެއްގެ ޕޫލަކަށް އެރިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކޮށްފައިވެ އެވެ.
"އިޓް އޯލް ސްޓާޓްސް ޓުމޯރޯ... ވެއިޓިން،" އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވެ އެވެ.
ޝާހިދު އާއި އޭނާގެ އާއިލާ އާ އަހަރުގެ ޗުއްޓީއަށް ރާއްޖެ އައީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެ އާއިލާ ތިބީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ.
ޝާހިދާއި އޭނާގެ އަނބިމީހާ މީރާ ރާޖުޕުތު ކަޕޫރްގެ އިތުރުން އެމީހުންގެ ދެ ދަރިން ކަމަށްވާ މީޝާ އާއި ޒައިން ވަނީ 2021 ވަނަ އަހަރު ވެސް ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އެ އާއިލާ ތިބީ ބ. އަތޮޅުގައި އޮންނަ ސޮނެވާ ރިސޯޓުގެ އަގުބޮޑު ވޯޓާ ވިލާއެއްގަ އެވެ.
މީރާ ވެސް ވަނީ މި ދަތުރުގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.
ޝާހިދު ރާއްޖެ އައިރު، އޭނާ އަންނަނީ މި މަހު 30 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ދޭވާ"އަށް ވެސް ތައްޔާރުވަމުންނެވެ. އެކްޝަން ތުރިލާ އެ ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު އޮތީ ނިމިފަ އެވެ. އެހެންވެ، ބެލެވޭ ގޮތުގައި އޭނާ ރާއްޖެ މި އައީ ފިލްމުގެ ޕްރޮމޯޝަން ފެށުމުގެ ކުރިން އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭގޭނެއޭ
01 January 2025
އިންޑިއާ ގައި ތިބި ސެލެބްރިޓީންގެ އަދަދު އަރައޭ 10 މިލިއަނާއި ގާތަށް އެތަނުން 5 މިލިއަން ސެލެބްރިޓީން ރާއްޖެ ގެނެވުނު ނަމަވެސް އެއީ ކުރިއެރުމެކޭ އެކަމަކު އެމެން ވެސް ބަޖެޓަށް ބަލައޭ ރާއްޖޭގެ ރިސޯރޓް ތަކުން މިނަރަލް ވޯޓަރ ފެންފުޅި އެއް ވެސް ވިއްކަނީ 50 ޑޮލަރަށޭ އެއީ ބޮޑުވަރޭ އެބަޖެހޭ މާލެ ސަރަހައްދުގައި ހުރިހާ ކްލާސް ތަކަށް އާދެވޭ ގޮތަށް 15 ބުރީގެ ހޮޓާ ރިސޯރޓް ތަކުގައި ހަދަން ހުއްދަ ދޭން އެއިން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެއޭ މަޓީ އަށް
ކުރާށޭ
01 January 2025
ބޮލީވުޑް ތަރިން ރާއްޖެ އަށް ޗުއްޓީ ހޭދަ ކުރަން އަންނަ ގޮތަށް ހޮލީވުޑް މައިކަލް ޖެކްސަންގެ ދަރިން އަދި ފެމިލީ އަދި ޓޭލަރ ސްވިފްޓް މެން ފަދަ ބިލިއަނަރުން ރާއްޖެ ކޮންމެ އަހަރަކު 12 ފަހަރު މާލެ ސަރަހައްދުގެ ރިސޯރޓް ތަކަށް ގެނެސް އެމެން ޓުއަރ ތަކުގެ ޝޯ ރިހާރސަލް ސެންޓަރަކީ މާލެ ސަރަހައްދުގެ ރިސޯރޓެއްގެ މެގަރ ތިއޭޓަރެއް ކަމަށް ހަދާށޭ އެމްއެމްޕީއާރުސީން ކޫސުނި ކަންކަން ނުކުރާށޭ ރާއްޖެ މާރކެޓް ކުރުމުގައި ޑޮލަރު މާރުކުރުމުގެ ގާނޫނު ފައިދާކުރާނީ އެއިރަށޭ
ޖައްސާށޭ
01 January 2025
ބޮލީވުޑް ގެ ސެލެބްރިޓީން ރާއްޖޭގެ ރިސޯރޓް ތަކުގައި އާއަހަރުގެ ޗުއްޓީ ހޭދަ ކުރުން އެއީ އުފާވެރި ޚަބަރު ތަކޭ ރާއްޖޭގެ ޓޫރިޒަމް މާރކެޓް ކުރަންވީ ހޮލީވުޑް އަށް އެގޮތުން އެމްއެމްޕީއާރުސީން ޔޫ ޓިއުބް ވަރުގަދަ ޗެނަލެއް ހަދާ ރާއްޖޭގެ ހުރިހާ ރިސޯރޓް ތަކުގެ ވީޑިއޯ ތަކާއި ރިސޯރޓްގެ އިންފޮމޭޝަން ހިމެނޭ ޗެނަލެއް ހަދާށޭ ޑޮލަރު މާރުކުރުމުގެ ގާނޫނު އައުމުން މިކަން ލާރޖް ކޮށް ޖައްސައިގެންނޭ ރާއްޖެ އަންނަ ސެލެބްރިޓީންގެ އަދަދު 200 މިލިއަނަށް ހެދޭނީ ޖައްސާ ޖައްސާ
ށަރު
01 January 2025
ބައެއްގެ އަމިއްލަ ވިޔަފާރި ނުޖެހޭ ސަރުކާރުން ޕްރަމޯޓް ކޮށްދޭކަށް، ވަކި ވިޔަފާރިއެއް ޓެކްސް ފައިސާއިން ޕްރަމޯޓް ކުރަންޔާ ހުރިހާ ވިޔަފާރިއެއްވެސް ޖެހޭނެ ކޮށްދޭން