ރައީސް މުއިއްޒު މިއަދު ހަވީރު ގުޅި އަށް ވަޑައިގެން ތުއްތު ކުއްޖަކު އުރާލައްވައިގެން.--- ފޮޓޯ: ރައީސް އޮފީސް
05 ޖެނުއަރީ 2025 - 17:06
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ގުޅިއަށް މިއަދު ވަޑައިގެންފި އެވެ.
ހަވީރެއްހާއިރު އެމަނިކުފާނު ގުޅިއަށް ވަޑައިގަތުމުން ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ދެންނެވި އެވެ.
އެއް ދުވަހަށް ކުރައްވާ މި ދަތުރުފުޅަކީ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިދިޔަ އަހަރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގުޅި ކައުންސިލާ މިހާތަނަށް ބައްދަލުނުކުރެއްވި އޮތުމުން ކުރައްވާ ދަތުރުފުޅެކެވެ.
ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ރައީސް ވަނީ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރެއްވި އެވެ.
މިއީ މިއަހަރުގެ ތެރޭގައި ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފާފް ސައީދު
06 January 2025
ރައްޔިތުންގެ ރައީސް.
އަފްޝީން
06 January 2025
މަރުހަބާ ގުޅީ ރައްޔިތުން. މި ރައީސް ތި ރައްޔިތުން ބޭނުންވާ ހިސާބަށް ގެންދާނެ
ހެވޭނަޔަސް
05 January 2025
ގުޅީ މީހުން ނުކުންނާނެ އަތްޖަހަން.
ސައިފް
05 January 2025
އަނެއްކާ ވައުދުވާން ފެށީ, ކިހާ ދެރަކަމެއް.
ސައިފުބެ
05 January 2025
މުއިޒު ފުލެޓާއި ބެހޭގޮތުން އެކަށްޗޭވެސް ނުބުނޭނޫން މިހާރު, ކުރީން ހީވަނީ ފަޔަށް ހިނި އަރާގެން އުޅޭހެން ނުދެވިގެން.?
ހުނޫން
05 January 2025
ގުޅިއަކަށް ނޫން ދާންވީ. ނޫސްވެރިންނާ ކުރިމަތިލާ ނޫސް ކޮންފެރެންސެއް ދޭންވީ. ރައްޔިތުން ތިބީ ވާނުވާގައި. ކުރީގައި ދެއްކި އިންޑިއާ އައުޓު އަދި ޗާގޮސް ހޯދުމުގެ ކަންތައްތައް އޮޅުންފިލުވައި ނުދީ އަތޮޅުތެރޭ ރައްޔިތުން ކައިރީ އަނެއްކާވެސް ހަގީގަތެއް ނެތް ވާހަކަ ދައްކަންތޯ ތިދިޔައީ؟ .
އަޅި އަލީ
05 January 2025
ދެން ވަކި އެއްޗެއް އަންގަންދެން ތިކޮޅުގަ މަޑުކޮށްލާ!
ފޮނިހުސޭނު
05 January 2025
ސަސްޕެންޑް ކުރީތަ؟
ބައްލަވާ
05 January 2025
ގުޅި ރައްޔިތުން ރަސްމާލެއަށް ބަދަލުކުރަންވީ.