ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަން.
08 ޖެނުއަރީ 2025 - 06:37
ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަންގެ އާ ފިލްމު "ގޭމް ޗޭންޖާ" ޕްރިމިއާކުރުމުގެ ކުރިން ބޭއްވި ޕްރީ-ރިލީޒް އިވެންޓަށް ދިޔަ އޭނާގެ ދެ ފޭނަކު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން މަރުވީ އެ އިވެންޓު ނިންމާފައި ސައިކަލުގައި އެނބުރި ގެޔަށް ދަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އެއީ 23 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.
އެ ދެމީހުން މަރުވީ ވަން-ވޭ ފަޅާލާފައި ދިޔަ ބޮޑު ވޭނެއް އެމީހުން ދުއްވި ސައިކަލުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ކަމަށް ރިޕޯޓުތައް ބުންޏެވެ.
އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ރާޖަމުންދުރީގައި ބޭއްވި އެ އިވެންޓުގައި ރާމް ޗަރަން އާއި އޭނާގެ ބޮޑުބޭބެ، ކުރީގެ އެކްޓަރު އަދި އަންދުރަ ޕްރަދޭޝްގެ މިހާރުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޕަވަން ކަލްޔާން ވެސް ބައިވެރިވި އެވެ.
"ގޭމް ޗޭންޖާ"ގެ ޕްރޮޑިއުސަރު ދިލް ރާޖޫ ވަނީ މަރުވި މީހުންގެ އާއިލާއަށް އެހީގެ ގޮތުގައި 10 ލައްކަ ރުޕީސް ދީފަ އެވެ. އަދި ރާމް ޗަރަން އާއި އޭނާގެ ބޮޑުބޭބެ ވެސް ވަނީ އެ އާއިލާތަކަށް 20 ލައްކަ ރުޕީސް ދީފަ އެވެ.
Producer #DilRaju garu announced ₹10 lakhs and assured support to the families of the two individuals Aarava Manikanta & Thokaada Charan who tragically lost their lives in the accident following the #GameChanger event. Our deepest condolences to their loved ones in this…
— Sri Venkateswara Creations (@SVC_official) January 6, 2025
ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުންގެ ފިލްމު "ޕުޝްޕާ 2" ޕްރިމިއާކުރުމަށް ބޭއްވި އިވެންޓެއްގައި ވެސް ފިތިބާރުވެގެން މިދިޔަ މަހު ވަނީ އަންހެނަކު މަރުވެފަ އެވެ. އެ މައްސަލަ އިންޑިއާގައި ވަރަށް ބޮޑަށް ހޫނުވެ، އަރްޖުން ހައްޔަރު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާނިި
08 January 2025
ރާމް ވަގުތުން ހައްޔަރުކުރޭ.
ހަތޯ
08 January 2025
ދެން ރާމް ޗަރަން ހައްޔަރު މުރަންވީނު! އައްލޫ އަރުޖުންވެސް ހައްޔަރު ކުރީ ވިއްޔަ! ކައްޕަޅި އިންޑިއާ. ހެހެހެހެހެ .
އައްމާޖީ
08 January 2025
ކައްޕަޅި ކަމެއް ނޭނގޭ ބައްޔެއްވާ އިރަށް އެތަނަށް. ބަދިގޭ ސުފުރާ ފުރިހަމަ ނުވޭ ކައްޕަޅި އިންޑިއާގެ އެއްޗެއް ނުލާ. އެންމެ މީރު ކޮށް ރެސްޓޯރެންޓް ތަކުން ކާލާ ބިރިޔާނީ ބަޓަރ ޗިކަން ވެސް އެމީހުންގެ ރަހަތައް.