ފެލިވަރުގައި މަސްދަޅު އުފެއްދުމުގެ މަސައްކަތް ކުރަނީ. މިފްކޯއިން ކޮންމެ ގެއަކަށް ދޫކުރަނީ 48 މަސްދަޅު ހިމެނޭ ކޭހެއް
11 ޖެނުއަރީ 2025 - 11:05
ކުރިއަށް އޮތް ރޯދަމަހު ސަރުކަރުން ދޭ އިނާޔަތެއްގެ ގޮތުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.
މިފްކޯ އިން ބުނީ އެހެންވެ، އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އުފައްދަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ސަރުކަރުގެ މަސް ކުންފުނިން ނިންމާފައި ވަނީ ކޮންމެ ގެއަކަށް 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ދޫކުރާށެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދޫކޮށްފައިވެ އެވެ.
ބާޒާރުގައި މިވަގުތު އެންމެ އާދައިގެ ތެޔޮ މަސްދަޅު ކޭހެއް ލިބެން ހުރީ 560ރ. އަށެވެ. އެއީ މަސްދަޅެއް 16ރ. އަށެވެ. އެހެންވެ، މާކެޓް ރޭޓަށް ބަލައިގެން 82،000 ގޭބީސީއަށް މަސްދަޅު ކޭސް ދޫކުރާ ނަމަ ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ އެވެ.
މިފްކޯއިން ބުނީ، އެ ޕްރޮޑަކްޝަނަކީ އެސްޓީއޯއާ ގުޅިގެން މިފްކޯއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މި ސަރުކާރަށް އެއް އަހަރުވުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައ ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ރޯދަމަހަށް ކާޑުގެ ބަދަލުގައި ގޭގެ އަށް ދޫކުރާނީ މަސްދަޅު ކޭސް ކަމަށެވެ.
މިފްކޯ އިން ބުނީ، އަންނަ މަހުގެ ތެރޭގައި އެ ޕްރޮޑަކްޝަން ނިމި، ގޭބީސީތަކަށް މަސް ކޭސްތައް ދޫކުރާނެ ކަމަށެވެ. މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެކްޓްް
12 January 2025
މީވެސްވާ ވައުދުވިއްޔާ. މަސްދަޅުކޭސް ނުބަހާ ހިފާ ރޯދައިގެ ނިޔަތް ރަނގަޅުނުވަނީތަ. ދަރާފަ އޮތް ކުންފުންޏެކޭމީ. އަނެއްކާ ޕްރޮޑަކްޝަން 50 ޕަސެންޓުން ދަށުގައި ހުރީ. ބޮޓުންތަކަށް ވެދުމާއި ސަލާމް.
އޮނަރަބަލް ކުދު ބެއްޔާ ގެ އަފީފު ދީދީ
12 January 2025
މިއީ ރައްޔިތުންގެ މަސް ކުންފުނީގެ މަސް ފިހާރައިގެ ގުދަނުގައި ހުރި މަސްދަޅު ކޭސްތައް ނެރި ބަހާލުން . މީގެ އަގު ނުސީދާ ޓެކުހުގެ ގޮތުގައި ރައްޔިތުންގެ އަތުން އަތުލެވޭނެ. މި އީ ސަރުކަރުން ދޭ އިނާޔަތެއް ނޫން ، ކިރާ މަސް ކޮޅަށް ފައިސާ ނުދެވޭ ރައްޔިތުންގެ މަސް ކުންފުނީގައި ވިއްކަން ބަހައްޓާފައި ހުރި މަސް ކޭސް ކޮޅު ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ބަހާލުމަކީ ޒިންމާރު ގޮތެއް ނޫން. ފާތިހާ އަށް ކެއްކި ބޮޑިބަތް ތެލި ވަގަށް ބަހާލުން ފަދަ ކަމެއް.
ޓޯލް
12 January 2025
ތިހިލޭ ދޭ އެެއްޗެއްނޫން ދެންއަނަމަހުގެ ކަރަންޓްބިލްއައް ތިލައިގެން ހަމަޖައްސާލާނެ..ވަރައްސަލާމް
ހުދު
12 January 2025
މަސްދަޅު ސަރުކާރުން ގެބިސީތަކަށް ހަދިޔާ ކުރުމުން އެއީ އެވަގުތައް ނުވަތަ އެމަހަށް ޖީބުން ކުރަން އޮތް ޚަރަދަށް ލުޔެއް ލިބުން! ރަގަނޅު! އެކަމަކު ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމަށް ސަރުކާރުން ވިސްނާނެ ކަމަށް އުންމީދުކުރަން! ކަރަންޓް ، ފެން ، މުވާސަލާތީ ޚިދުމަތް ، ވައިގެ ދަތުރުފަތުރު ނުވަތަ ޢާންމު ކާބޯތަކެތިން ދެމެހެއްޓެނިވިގޮތަކަށް މިހާރަށްވުރެން އަގުތައް ތިރިކުރެވޭނެ ގޮތެއް ހެދުން! މިކަމުން ފައިދާކުރާނެ އެންމެނަށް!
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
11 January 2025
ރައްޔިތުންގެ އަޑު މިސަރުކާރުން އަހާނަމަ މިކަހަލަ ކަންކަމަށްވުރެ ދެމެހެއްޓެނިވި ކަންކަން ރައްޔިތުންނަށް ކޮށްދޭނެ. މިސާލަކަށް ފެނާއި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ހޯދާ އެކަން ކުރުން ނުވަތަ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ހޯދާ އެކަން ކުރުން. ތަކެތީގެ އަގުވީ ބޮޑު އަދި ދިރިއުޅުމުގެ ފެންވަރު ދިޔައީ ދަށަށް. އެހެންވީމަ މިކަހަލަ ކަންކަން ހުއްޓާލާ ސަރުކާރުން އިޤްތިޞާދީ ސިޔާސަތު އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް ދެކެން.
ހަސަން ކުރުސީ
11 January 2025
ގޭބިސީއޭ މިކިޔަނީ ކޮންމެ ކަރަންޓު މީޓަރަކަށްތަ؟
މިއޮތީ
11 January 2025
ރައްޔިތުން ހަމައެކަނި ބޭނުންވަނީ މަސްދަޅު ކަން ސަރުކާރަށް އެނގުމަކީ ހާދަ ހެއްވާ ކަމެކޭ. މިހާ މާތް ދުވަސްވަރެއްގައި ސަރުކާރުން މިއަށްވުރެ ގިނަ ކަންކަން ރައްޔިތުންނަށް ފަހިކޮށްދޭންޖެހޭ. އެހެން ނޫންނަމަ އަސްލުވެސް ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދާނެ ޖާގަ އެބައޮތް. ސަރުކާރުން ކޮށްދޭ މިހާ ކުޑަ ކަމަކާ ހެދި ރެއާ ދުވާލު ސަރުކާރަށް ރައްޔިތުން ސަނާ ކިޔަންޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ
އާދަނު33
11 January 2025
ރައްޔިތުން ރުއްސަން މަސްދަޅުބަހަނީ؟ ހާދަފައިސާ އެކޭ؟!
ހަޖާމްބެ
11 January 2025
ތިކަމަށް ޚަރަދުވާ 46 މިލިޔަން މިއަންނަމަހުގެ ކަރަންޓްބިލުން އެކަނިވެސް ހަމަކޮއްލާނެ.
އާނ ތިވިއްޔަ މިއުޅެނީ ނުލިބިގެން!!!!!
11 January 2025
ކޮބައިހޭ ފްލެޓް ތަކާއި ގޯތިތައް؟ އެހެން މީހުންނަށް ކުރަން ނުކެރޭ ކަންތައް ކުރައްވާ ރައީސް މުޢިއްޒު ނިކަން ދޮގު މަޢުލޫމާތު ދީފައި ހުރި މީހުން ޤާނޫނީ އިމުގެ ތެރެއިން ކެންސަލް ކުރައްވައި ޙައްޤުވެރިންނަށް އެތަންތަން ދެއްވަބައްލަވާށެވެ!