ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް.-- ފޮޓޯ: ރައީސް އޮފީސް
14 ޖެނުއަރީ 2025 - 12:59
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް ބެހެއްޓެވި ގާތްކަމާއި އެ ގައުމުން އެ މަނިކުފާނަށް އަދާކުރި މެހުމާންދާރީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެސްޓޯނިއާގެ ރައީސް ކައިސް އާއި އެ ގައުމުގެ ސަރުކާރުން ދެއްވި ދައުވަތަށް ޝަކުރު އަދާކުރައްވައިފަ އެވެ. އެސްޓޯނިއާ އަށް ވަޑައިގަތުމުން އަދާކުރި މެހެމާންދާރީ އާއި ވިދާޅުވި މަރުހަބާ ވެސް ވަރަށް ފުރިހަމަ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ތަނުގައި ހުރުމަކީ ހަގީގަތުގައި ވެސް ޝަރަފެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ވަރަށް އުފެއްދުންތެރި، ރަނގަޅު މަޝްވަރާ ބައްދަލުވުންތަކެއް އިއްޔެ ބޭއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ޑިޖިޓަލް ގަވަނެންސް، ސައިބާ ރެސިލިއަންސް، މޫސުމަށް އަންނަ ބަދަލުތައް އަދި ތައުލީމީ ދާއިރާތަކުގައި އަޅުގަނޑުމެން ހިއްސާކުރާ ތަސައްވުރާއި އިސްކަންދޭ ކަންތައްތަކުން، ކުރިއަށް އޮތް އަހަރުތަކުގައި އެކުގައި ކުރިއަށް ދިއުމަށް އަޅުގަނޑުމެންގެ މަސައްކަތްތަކަށް މަގު ދައްކައިދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެސްޓޯނިއާގެ ރައީސް ވިދާޅުވި ގޮތަށް، ރާއްޖެ އާއި އެސްޓޯނިއާ ކަހަލަ ކުދި ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ، ހަމައެކަނި މި ގައުމުތަކުގެ ސަލާމަތާއި މިނިވަން ކަމަށް އެކަނި އޮންނަ ގުޅުމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ސުލްހަ އާއި ދެމެހެއްޓެނިވި ތަރައްގީއަށް ވެސް ވަރަށް މުހިންމު ގުޅުމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތީ އިއްޔެ އެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި، ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފެއް ކުރައްވާ ވެސް ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދޭސުނޯއުފުލައިގެން
14 January 2025
މުއިއްޒޫ. ތިޔަތަނުން ސުނޯކޮޅެއް ހިފައިން އާދެބަލަ. އައްޑޫ ރައްޔިތުން މިތިބަގެން ގަދަހޫނާއި ކަނުއަނދިރީގައި ދިރިކެކެނީ. ބަލަ މާލެ ނޫންވީމަ މިކަމެއް ބޮޑެއްނުވޭތަ ހަމަ އެކަކު އެކައްޗެކޭވެސް ނުބުނީ ސަރުކާރުން! ހާދަ ހެއްވައޭދޯ! މިގަނަތެޅޭތަން ބަލާލަން އާދެބަލަ އައްޑޫއަށް. އުތުރަށް ގޮސް ހުވަދޫއަށްގޮސް އައްޑޫއަށް ނާންނާން ތިއުޅެނީ ކީއްވެހޭ. ކަރަންޓާ ނުލާ އައްޑޫ ރައްޔިތުން ކުރާ މަޖާ ބަލަން އަންނަހަރޭ!
އަބްޑޫޅް +
14 January 2025
އެތަކެއް އަހަރުވަންދެން އަހުރެންގެ ބޯ ކޮށީ އެސްޓޯނިޔާ ގެ މީހެއް. އޭނަ އަހުރެންނަށް ހިތީ ހަގީގީ ސަރަފުވެރިކަމަކާއި އެކުގައި. އެސްޓޯނިޔާ މީހުންނަކީ އެކަހަލަ ބައެއް. ކަލޭމެންގެ ރައީސު އަށްވެސް އެހިތީ އެމީހުން އެންމެނަށްވެސް ހިތާދޮތަށް. ކަލޭމެން ކޮންކަމަކާތަ ހައިރާންވެގެން ތިޔައުޅެނީ؟ އައު ކުކުޅަކަށް، ގައު ބިހެއް އެޅުނީތަ؟
އުދުހޭ
14 January 2025
ނާށިގަނޑު ހިއްޕަވައިގެން އަރިހުގައި ބައިވަރު މީހުން ގޮވައިގެން ދިޔަޔަސް އަދި ހަމަ އުޅެނީ ހުސްއަތާ. ނިކަން ކެރެންޏާ މާލެ ފެންބޮޑުވާ މައްސަލަ ހައްލުކުރަން 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ހޯދާފަ އެޑްލައިން އަޅާލަބަލަ.
ސޭޓޫ
14 January 2025
ހާދަ ފިންޏޭ
އަނދަގޮޑި އެދުރު
14 January 2025
ސުކުރު އަދާކުރުން ހައްގުތާ ދޯ މިއުޅެނީ ރާއްޖޭންބޭރަށް ދާން ޑޮލަރެއް ނުލިބިގެން ކޮންމެ ރިސޯޓަކަށް ވަކިވަކިން މަޖުބޫރު ކުރީމަވެސް އެމީހުން ވެސް މާރުނުކުރި ލަދުން ބޯހަލާކް
ކަތްދައްތަ
14 January 2025
ތަރައްޤީގެ އަކީ ރީތި ޗާލޫ ފޮޓޯތައް ނަގައިގެން ދިވެހިންނަށް ދެއްކުންތޯ؟
ވަލީނާ
14 January 2025
ރައީސް އެހުންނެވީ ފިނިބޮޑުވެފަ ނޫނީ ހީކަރުވާފަ ދޯ؟
މަގްސަދު
14 January 2025
ޓެކްސްފައިސާއިން އެތައް މިލިއަނެއް ޚަރަދުކޮށްގެން މިކުރި ދަތުރުގެ އަސްލު ބޭނުމެއް ނޭގުނު. ގައުމަށް ހާސިލުކުރެވުނު އެއްޗެއްނޭގުނު. އަމިއްލަ މަގްސަދެއް ހާސިލުކުރަން ކުރި ދަތުރެއްތޯ
ޒޫމަލް
14 January 2025
ވިސްނުންތެރި ވެރިއަކައް.ކުރިއައް ދެވޭނީ ވެސް. ފައިދާ ކުރަނިވި ބައްދަލު ވުމެއް ކަން ޔަގީން
އަހުމަދު555
14 January 2025
ފައިސާދީގެން ކޮމެންޓުކުރާ ބޮޓުން ކިހާވަރަކަށްދޭތީ ރައްޔިތުންގެ ފިކުރާތިކުޅެން އުޅެނީ..
އަލިސް
14 January 2025
ރައީސް އެހުންނެވީ ވަރަށް ބޮޑަށް ފިނިބޮޑުވެފަ ސުނޯ ފައިބާފަ އޮތީމަ
އެހެންނު
14 January 2025
ރައްޔިތުންނަށްޓަކާ މައިނަސް ފަސްޑިގްރީ ސެލްސިއަސްގައި.