ވިޔަފާރި / ދައުލަތުގެ އާމްދަނީ

މާލީ މުއާމަލާތްތަކުގައި ލުއިދެވޭނީ ރައީސްގެ ހުއްދައާ އެކު

ފިނޭންސް މިނިސްޓްރީ. މާލީ މުއާމަލާތްތަކުގައި ލުއިދެވޭނީ ރައީސްގެ ހުއްދައާ އެކު ކަމަށް ކަނޑައަޅައި، ގަވާއިދެއް ވަނީ ހަދާފައި --- ފޮޓޯ/މިހާރު

ދައުލަތުގެ މުއައްސަސާތަކުން މާލީ މުއާމަލާތްތަކުގައި ލުއި ދިނުމާ ބެހޭ އާ އުސޫލުތަކަކާއެކު، ހާއްސަ ގަވާއިދެއް ފިނޭންސް އިން އާންމުކޮށްފި އެވެ.

"ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއިދިނުމާއ، މަންފާ ހޯދައި ދިނުމާއި ފައިސާ މައާފުކޮށް ދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ފިނޭންސް އިން އާންމު ކުރި ގަވާއިދުގައި ބުނީ، ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލުތަކުން ހިންގާ މުއާމަލާތްތަކާ ގުޅިގެން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ދެވޭނީ އެ ގަވާއިދުގެ ދަށުން ކަމަށެވެ.

އެގަވައިދުގައިވާ ގޮތުން ކައުންސިލްތައް ފިޔަވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް މުއާމަލާތަކަށް ލުއިތަކެއް ހޯދާނަމަ އެކަން ކުރަން ޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސްގެ ހުއްދައާއެކު އެވެ.

ލުއި ދިނުމަށް ނުވަތަ މަންފާ ހޯދައިދިނުމަށް ނުވަތަ މައާފު ކޮށްދިނުމަށް ބޭނުންވާ މުއާމަލާތުގެ މައްސަލައިގެ ފުރިހަމަ ތަފުސީލާއި ވަކި ޝަރުތުތަކަކާ އެކު ލުޔެއް ދިނުމަށް އެދި ހުށަހަޅާ ނަމަ އޭގެ ތަފްސީލާއެކު ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ކައުންސިލްތަކުން އެފަދަ ގޮތަކަށް މާލީ ކަމެއްގައި ލުޔެއް ދެވޭނީ މާލީ ގޮތުން ލިބޭ ގެއްލުން ބަލައި، އެސެސް ކުރުމަށްފަހު އެ ކައުންސިލުންނެވެ. އެފަދަ ނިންމުމެއް ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަނަންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެކަމުގެ ރެކޯޑުތައް އެ މިނިސްޓްރީގައި ބަލަހައްޓަން ވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

13 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 9%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާސަހަރޯ

16 January 2025

މިނިސްޓަރު ފިނޭންސްގާ މަސައްކަތް ކުރާހިތްނުވިޔަސް ތީ ތަންކޮޅެއް ބޮޑުވަރު. މިހާރު ތިވީ ގޮތުން މީރާއިންނަގާ ގސޓ އަށް ދޭ ލުޔާ ސްޓެލްކޯ ގެ ކަރަންޓުބިލަށް ވެސް ލުޔެއް ދެވޭނީ ރައިސް ބުނުއްވީމާ؟

The name is already taken The name is available. Register?

އިއްސޭ ށ

16 January 2025

ދެވޭ ލުއިތައް އާންމުކޮށް ހާމަ ކުރުމަށް އުސޫލުގައި ނެތުމަކީ އުނިކަމެއް އަދި ކޮރަޕްޝަނަށް މަގުފަހިވާނޭ ކަމެެއް. މި އުސޫލު ހެދީ ކާކަށް ކޮން މަންފާއެއް ހޯދައިދޭންބާ؟ އެހެން ނޫންނަމަ ސިއްރުކުރަން ނުޖެހޭނެ.

The name is already taken The name is available. Register?

މުލޭ

16 January 2025

ކުރިން އުސޫލު އޮތްގޮތް ބަލާލިންތަ!. ކުރިން އޮތްގޮތުން މާފަސޭހައިން ލުއިދެވޭ. މަަބޮޑަަށް ނާޖާއިޒު ކަންކަން ކުރޭ.

The name is already taken The name is available. Register?

ސިލްސިލާހޭ ޕިޔާރުކާ

15 January 2025

މިއީ ކުރިންވެސް މިކަން ހިނގަމުން އައި ގޮތް. ތަފާތަކީ ހާއްސަ ޤަވާއިދެއް ހެދިކަން. ސަރުކާރުގަ އުޅޭ މީހުނަށާ ލުޔަށް އެދުނު މީހުނަށް ކަން ހިނގަމުން ދިޔަ ގޮތް އެނގޭނެ. އައު ކަމަކަށް ވެގެން ނޭނގި ތިބެ ކޮމެންޓުކުރަނީ ހޭލަ މޭލަޔަށް، ކުރާނެ ކަމެއް ނެތި، ހުރިހާ ކަމަކަށް ބަސްބުނާ ރޯނު އެދުރުން ކަމަށް ލަފާކުރެވެނީ.

The name is already taken The name is available. Register?

ރާވެރިބެ

15 January 2025

ގާނޫނެއްގެ ދަށުން އެއްވެސް ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ ޖުރިމާނާ އެއް ރައީސަކަށް ވެސް މާފު ކޮށްދީ ނުވަތަ ކުޑަ ކޮށްދެވިގެން ނުވާނެ. އެހެން ނޫނީ ރައީސް ބޭނުން ބަޔަކަށް ތިކަހަލަ ލުއި ދެވޭނެ އެއްވެސް ހުރަހަކާ ނުލައި. އޭގެ ބަދަލުގަ މިކަހަލަ މަސްއަލަ ތަކުގަ އަމަލުކުރަން ޖެހޭނެ އުސޫލު ބަޔާން ކޮށްފަ އޮންނަ ގާނޫނެއް ހަދާ އެގާނޫނުގެ ދަށުން ރައީސްގެ ލަފަޔާ އެކު މުޅި ކެބިނެޓުން ފާސް ކޮށްގެން ތިކަހަލަ ކަންކަން ކުރަން ޖެހޭނީ.

The name is already taken The name is available. Register?

އަޅި އަޅީ

15 January 2025

ރަސްކަމެއްގެ ނިސާންތައް! މީގެ ކުރިން ޓްރިޕުލް އޭއާ މަޑުގަލި އާ ދެންވެސް ވަކި ކުލަޔަކަށް ނިސްބަތްވާ ބައެއްގެ ރިސޯތްތަކުން ކުއްޔާއި ޖޫރިމަނާ މާފު ކޮއްދެއްވީ އޭރު ހުންނެވި ރައީސް!

The name is already taken The name is available. Register?

އަސް

15 January 2025

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނު ތަކުގެ ބޭނުމަކީ ކޮބާ؟

The name is already taken The name is available. Register?

އުދުހޭ

15 January 2025

ސިޔާސީ ޕާޓީ ހަދައިގެން މުގުރުން ދޯ؟ ޓްރާންސްފޯމަރު ވަގު ޖެހިޖެހިގެން ވައްކަންކުރާތާ 4 ވަރަކަށް ދުވަސް ވެއްޖެޔޯ. ހިފެހެއްޓީމާ ހަމާލާ ދިނިއްޔޯ. ގާނޫނުއަސާސީ މިފަދަ މީސްމީހުންގެ މައްޗަށް ހިނގާކަމަށް ނުބެލެވޭ.

The name is already taken The name is available. Register?

ކިރުބޯށި

15 January 2025

ދުވަސް ކޮޅަކުން ފޮޑި އެއްވެސް ޖެހޭނީ ރައީސްގެ ހާސްސަ ހުއްދައެއް ލިބިގެން

The name is already taken The name is available. Register?

ފަހަތައް.

15 January 2025

ދެރަވަރު! މާލީ ކަންކަމުގައި ލުއިދީ، މަންފާ ހޯދައިދީ، މާފްދޭކަމުގައިވާނަމަ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، މުވަަސާސަތައް އުވާލަންވީއެއްނުން. މިސަރުކާރު ބަދަލުވާންޖެހޭ.. ރައްޔިތުން ނިކުމެ މިކަން ނިންމަންޖޭހޭ.. މިގައުމު މިހާރު މިދަނީ ފަހަތަށޭ.. ފިނޭންސް މިނިސްޓްރީގައި ތިބީ ގަމާރުންތަ؟ މިކަހަލަ ގަވާއިދު މިހަދަނީ ރައްޔިތުންގެ ހައްގުތައް ރައްކާނުވާގޮތައް.

The name is already taken The name is available. Register?

އލބލތލ

15 January 2025

ރައިސްކަން ކުރާމިހަކު ދައުރު ނިމުނުމް އުމުރުދުވަހަށް ޖަލަށްދާންޖެހޭ ގޮތަށް ގާނޫންއަސާސީ އިސްލާހުކުރަންވީ. ކުށެއްނުކުރިޔަސް ކުރިޔަސް އުމުރަށް ޖަލަށް.. އޭރަށް ކޮރަޕްޓު ސިޔާސީ މީހުން ރައީސްކަމަށް ކުރިމަތިނުލާނެ.

The name is already taken The name is available. Register?

ާމުގުރި

15 January 2025

ބޭފުޅާ ހަމައިގަ ތޯ؟ އަދި އެއްފަހަރު ތިޔަ ލިޔުނު އެއްޗެއް ކިޔާލަބަލަ! "ކުށެއް ނުކުރިއަސް ކުރިއަސް އުމުރަށް ޖަލަށް". ދެން އެއްވެސް މީހަކު ކުރިމަތިލާނެ ތަ؟

The name is already taken The name is available. Register?

އލފުތު

16 January 2025

މުގުރި އެބުނާހެން ދެން އެކަކުވެސް ސަލާމަތެއް ނުވާނެ. ހެހެހެެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454