ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް: އޭސީސީއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި --
15 ޖެނުއަރީ 2025 - 15:48
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އޭސީސީގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އިއްޔެ އެވެ.
ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.
ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ސްޓެލްކޯ އަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް އޮތީ އޭސީސީއަށް ހުށަހަޅުއްވައިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސްޓެލްކޯގެ ކުރީގެ މެނޭޖުމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް ސެޕްޓެމްބަރު، 2023 ގައި އެއްބަސްވުމެއްގައި ސޮއިކުރި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ވަނީ ގެނެސްފަ އެވެ.
ސެޓްލްމަންޓް އެއްބަސްވުމުގައި ޝަރީފު ސޮއި ކުރެއްވީ، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ އެންގުމާ ހިލާފަށް އަދި ސްޓެލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް މަޖިލީހަށް ހުށަހެޅި މައްސަލާގައިވެ އެވެ.
އެކަން ކޮށްފައި ވަނީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަށް އޮޅުވާލައިގެން ކަމަށް ގަބޫލު ކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސްޓެލްކޯ އިން އޭސީސީގައި ޖުލައި މަހު ވަނީ އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި، މި ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކޮށްފައި އޮތުމުން މި ފައިސާ ނުދީ ވާނެ ގޮތެއް ނެތެވެ. ޝަރީފު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮވިޑް-19 ގެ ދުވަސްވަރުގެ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކަމަށް ބުނެ ކަމަށް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ އެހެންމީހުން
16 January 2025
ޝަރީފަށް އެހީތެރިވެދިން ސީނިއާ މެނޭޖުމަންޓު ބޭފުޅުންނާ ބޭކަނބަލުން ހަމަ އެތިއްބެވީ ކުރިއަށްވުރެ ވަރުގަދަ ވެފާ. މީގެ ތެރޭގައި ޤާނޫނީ ލަފާ ދިން ބޭފުޅުންވެސް ހިމެނޭހެން.
ހީހީ ސުލީހް
16 January 2025
މިމީހުންގެ އަނބިދަރީންވެސް ތިބޭނީ ހަމަ ތިކައިގެންދޯ
ތޮށަލިދުޅަ
16 January 2025
މީހުންނަށް ބައްދަލުކުރަން ގަޑިދީފައި އެގަޑިޔަށް އެ މީހުން ހާޒިރުވީމާ "މިވަގުތު އިންނެވީ މުހިންމު ބައްދަލުވުމެއްގައި! ގަޑިޔެއްހައި އިރު ވާނެ. މަޑުކޮށްލައްވާ!" މިހެން ބުނަން ސްޓާފުން ބައިތިއްބައިގެން އުޅުނު ބޮޑާ ކިބުރުވެރި މީހާޔަށްވެސް ދޯ؟؟؟؟؟ ހިންޏާ ކުރަތްޕާވެސް އެބަ އާދޭ!
ލަހުފާާ
16 January 2025
އެމްޑީޕީގެ ވެރިކަމުގައި ސަލާމަތުން އޮތް ކުންފުންޏެއް ދައްކަބަލަ.
ހުސަ
16 January 2025
މިރާއްޖޭގައި ސިޔާސީގޮތުން ހިންގާ ޖަރީމާތައް ތަޙްގީގުކޮށް ބަލަންޖެހޭ! 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި މީނާ އިލެކްޝަން ކަމިޝަންގައި އިންނަވައިގެން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އެތައް ކަމެއް އެބައޮތް! ފުރަތަމަ ތުހުމަތަކީ ވޯޓް އޮޅުވާލުން! ދެވަނަ ތުހުމަތަކީ ވޯޓް އޮޅުވާލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށް ވޯޓް ކަރުދާސްތައް އަންދާލި އަންދާލުން! ތިންވަނަ ކަމަކީ ކޮރަޕްޝަންގެ ކަޅުފައިސާއަށް މިކަން ކުރިކަމުގެ ތުހުމަތު!
ފޯކަސް
16 January 2025
މިއީ މުޅިންވެސް އިއްތިފާގު. ވަގު ފޯމުތަކެއްގެ ވާހަކަ ރަށުތެރޭގައި ކިޔާއަޑު ގަދަވެއްޖެ. ކުއްލިއަކަށް އެމީހުންގެ ބާރުހިނގާ މުވައްސަސާއަކުން ޕާސްޕޯޓެއް ހިފަހައްޓައިފި. އެވެސް ބަލަމުން އަންނަތާ ދުވަސްވެއްޖެ މައްސަލައެއް. މިއަށް ކިޔައިއުޅެނީ ދެބޯގެރި ދުއްވުމޭ ނުވަތަ ފޯކަސް ގެއްލުވާލުމޭ.
ހަބޯ ގެރި
16 January 2025
ބަލަ ކޮންމެ ކަހަކަސް ދައްކަންޖެހޭ ވާހަކަ ދައްކަން ޖެހޭނެ. ވަކި ވަގުތެއް ވަކިމީހެއް ބަލާކަށް ނުޖެހޭ. ހަމަ ޝަރީފްގެ ވާހަކަ ބުނެލާއިރަށް މާ ފޯކަހަކަށްތި ދިޔައީއޯ؟ ތީވެސް މި ބޮޑު ގޭސްގަނޑުގެ ފޯކަސް ކިޔުންތެރިންނަށް ގެއްލުވާލަން ލިޔުނު ކޮމެންޓެއް. ކުއްލިއަކަށް އެމްޑީޕީވެފަ، ކުއްލިއަކަށް އެމްޑީވެފަ، ކުއްލިއަކަށް 7 މިލިއަން ޑޮލަރު އަރުއްވައިގެންފަ، ކުއްލިއަކަށް ވޯޓު އޮޅުވާލާފަ، ކުއްލިއަކަށް ވޯޓުތައް އަންދާލާފަ..މީ ހުސް އިއްތިފާގުތަ؟ ހިތްފުރޭބަރަށް ނެގި.
ބޮޓުގެރި
16 January 2025
މުސާރަ ހައްގުވާވަރަށް ކޮމެންޓުކުރާތި
ލަތީފާ
15 January 2025
ހަދާން ބަލި، ކަރަޕްޓު ސިޔާސީ ވެރިން ދެކެ ލޯބިވާ ދިވެހިންނަށް ދަންނަވަން: ކުރީގެ ނައިބު ރައީސް އަދީބު ހުރީ މިނިވަންވެ، އަމިއްލަ ބިޔަ ވިޔަފާރި އަދި ސިޔާސީ މަސައްކަތް ފުޅާ ކުރުމުގަ. ޢެޕްބީއައިޑީގެ ކަރަޕްޝަންގެ މުގުލުގައި ތިބި ބޮޑުން ތިބީ މިނިވަންކަމާއި އެކު މުއްސަނދި ދިރިއުޅުމެއްގަ މުސްކުޅިވެ، ކުރީގެ އަނބިން، އަދި ބޮޑުބޭބެ ކުދީންނަށް ހަރަދުކުރުމުގަ. ދެނޯ؟
ނާޑުވާ
15 January 2025
ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމެންޓް ހަދާ ބަޔާން ދީގެން ޕާސްޕޯރޓް ހިފައްހައްޓާނަމަ އެންމެ ފުރަތަމަ ހިފަހައްޓަންވީ ކާކުގެ ޕާސްޕޯރޓެއްކަން ނޭނގޭ ކުޑަކުއްޖަކުވެސް މި ރާއްޖެއަކު ނުހުންނާނެ.
ޖަމީލް
15 January 2025
ޝަރީފްގެ ދިފާއުގައި ޕީ އެމް ޕީ ޔާމީނުގެ ލޯޔަރުން ތިބޭނެ!
ޖާގަ
15 January 2025
ޝަރީފަކީވެސް މުއިއްޒަކީވެސް ޔާމީނުގެ އުފެއްދުމެއް.
ލަނޑާގިރާވަރު
16 January 2025
ޔާމީނުގެ އުފެއްދުމަކީ އަދީބާ ޝަރީފާ ނަރީޝްއާ އަދުރޭއާ. މުއިއްޒަކީ ޔާމީނު މާ ގަޔާވާ މީހެއްނޫން. ލަނޑަޔާވާނީ ލަނޑާ.
އަލީފަސް
15 January 2025
ވަގުފޯމްގެ މައްސަލަ އޮށްބާލަން ޖަހާރޮކެޓެއް