އިރުފުށި ރިސޯޓް: އެތަން ހިންގުން ހިލްޓަން ކުންފުނި އަތުން އަތުލި މައްސަލާގައި 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސަށް އާބިޓްރޭޝަނުން އޮތީ އަންގާފައި
09 މާޗް 2017 - 21:23
ނ. އިރުފުށި ރިސޯޓްގެ އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަން އިންޓަނޭޝަނަލަށް 26 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައި ވަނިކޮށް ސަން ޓްރެވަލްސަށް 16.6 މިލިއަން ޑޮލަރު (255 މިލިއަން ރުފިޔާ) ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިރުފުށި ކުރިން ހިންގި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަންގެ މައްޗަށް އެ ހުކުމް އައީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް އިން ހިންގާ އިރުފުށި ރިސޯޓް ހިންގުމުގައި އެ ކުންފުނިން އަމަލުކުރި ގޮތުންނެވެ. އެތަން ހިންގަން ހިލްޓަނަށް ދީފައި ވަނިކޮށް 2013 ގައި އެތަން އަތުލި މައްސަލާގައި 26 މިލިއަން ޑޮލަރު ހިލްޓަނަށް ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އޮތީ އަންގައިފަ އެވެ.
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ހުކުމްކުރީ މަކަރާއި ހީލަތުން އެއްބަސްވުމުގައި ސޮއި ކުރުވައި، އެއްބަސްވުމާ ޚިލާފަށް ހިލްޓަނުން އަމަލުކުރި ކަމަށް ބުނެ ސަން ޓްރެވަލްސް އިން ދައުވާ ކުރުމުންނެވެ.
ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައިވަނީ އެ ރިސޯޓް ހިލްޓަން އިން ހިންގި 2010 އިން ފެށިގެން 2014 އަށް އެ ރިސޯޓުގެ ފައިނޭޝަލް ޕްރޮޖެކްޝަން ހުންނާނެ ގޮތުގެ ލިޔުމެއް ހިލްޓަން އިން ސަން ޓްރެވަލްސް އަށް ފޮނުވި ކަމަށެވެ. އެ ރިޕޯޓުގައި އެތަނުގެ އޮކިއުޕެންސީ އާއި އެވަރެޖް ރޫމް ރޭޓް އަދި ގްރޮސް އޮޕަރޭޓިން ޕްރޮފިޓް ހުންނާނެ މިންވަރު ބަޔާންކޮށްފައިވާ ކަމަށާއި އެ ރިޕޯޓާ މެދު ސަން ޓްރެވަލްސް އިން ކަންބޮޑުވުން ފާޅު ކުރުމުން އެ ރިޕޯޓް އިސްލާހުކޮށް، ކުރިއަށް ވުރެ ފައިދާ ބޮޑުވާނެ ކަމަށް ބަޔާންކޮށް އާ ރިޕޯޓެއް ހިލްޓަން އިން ފޮނުވި ކަމަށް އެ ހުކުމުގައިވެ އެވެ.
ފަހުން ފޮނުވި ރިޕޯޓުގައި ހިމެނި ކަންކަން ހާސިލްވާނެ ކަމުގެ ޔަގީންކަން ހިލްޓަން އިން ސަން ޓްރެވަލްސަށް ދިން ކަމަށާއި އެކަމުގައި ހިލްޓަން އިން އަމަލު ކުރިގޮތުން ސަން ޓްރެވަލްސަށް 16.6 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނުކަން ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހިލްޓަނާ ދެކޮޅަށް އެ ހުކުމް އައިއިރު ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް ނިމުނު މައްސަލައިގެ ހުކުމް އަދިވެސް ތަންފީޒެއް ނުވެއެވެ.
އާބިޓްރޭޝަންގެ އެ ނިންމުން ތަންފީޒު ކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމީ އެ ނިންމުން ތަންފީޒުކޮށް ދެވޭނީ ހައި ކޯޓަށް ކަމަށެވެ. އެކަމަކު އާބިޓްރޭޝަން މައްސަލަ ބެލުމާ ބެހޭގޮތުން ހައި ކޯޓުން ހަދާފައިވާ ގަވާއިދު ބުނާގޮތުން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރާނީ ހުކުމް ތަންފީޒު ކުރުމުގެ އާންމު އުސޫލުގެ ތެރެއިންނެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުނުވާ މައްސަލާގައި ހިލްޓަން ކުންފުންޏަށް ގޮސް ހުސްވެ، އެ ކުންފުނިން ވަނީ ސަރުކާރުގެ އިސްވެރިންނާ ވެސް ކުރިން ބައްދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޢާނު
10 March 2017
މީގަ ކޮރަޕްޝަން އަމަލުތައް ވަރަށް ގިނަ...ހިލްޓަން އިން ރާއްޖޭގެ ކޯޓު ތަކަށް ނުދާން އުޅުނީވެސް ބުރޯ އާ ހެދިފަހުރި ޑީލް ތައްފަޅާ އަރާނެތީ...ޓެކްސް އަށް ވަރަށް ބޮޑަށް މަކަރު ހަދާފަ ހުރީ...ސަން އިންވެސް ތިބީ ފުރުސަތަކަށް ބަލަބަލަ...ރަގަޅަށް ހިންގައި ގަންނަންދެން ތިބީ
ސަދޫމް
10 March 2017
ސަދޫމްގައި ދޭންޖެހޭ މީހާ ބަދަލުވަނީ ލިބެންޖެހޭ މީހާއަށެވެ.
ތިބޭތި
10 March 2017
ތަމެންނަށް ވިޔަފާރި އާއި އިގްތިސާދުގެ ކަންކަން ނޭގޭއިރު އޭގެ ތެެެރެއަށް ބޭނިގަންނަން ނޫޅޭށެވެ. މަސްކައްކަން ތެލި ދޮންނަން އަތިރި މަތީގައި އުޅޭ މީހުންނަށް އިނގޭނެ ވިޔަފާރި އާއި އިގްތިސާދު ހުންނަ ކަމަށް މަމެން ނުދަންނަމެވެ. މައިތިރިވެ ތިބޭތި.
ބަންދަލް މުހުތާރު
10 March 2017
މިހާރު މި ކުޅެނީ އަލިފާން ! ހެޔޮ ނުވާނެ ! ހެޔޮ ނުވާނެ ! ތިހެން ނަހަދާ ! ސިފައިންނޭ - ބޭކަލުން ކިހިނެތް ވެފައިތޯ ތި ތިއްބަވަނީ؟ ކޮބާ އިސްތިޤުލާލާ ފަސްގަނޑާ ވަތަނާ އިސްލާމް ދީނާ ވަހުދަތާ ހިމާޔަތް ކުރަން ޤަންދީ ކުރި ހުވާ؟
މަހަށްދޭ
10 March 2017
މަހަށް ދޭބަލަ. ބޯހިއްލާލާ މީހަކަށް 30 އަހަރުގެ ޕެކޭޖެއް. ހެދޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. މަހަށް ދޭބަލަ.
އަލީ
10 March 2017
އިސްތިގްލާލޭ؟ ވަހުދަތޭ؟ ހިމާޔަތޭ؟؟ މިއީ ދިވެހި ބަސް ބަހެއްނޫން. އެކަމަކު ދިވެހިންނޯ!!
ބަލާބަލަ
10 March 2017
ސަންޓްރެވެލް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން މައްޗަށް ރާއްޖޭގެ ކޯޓަކުން ކުރި ހުކުމް އަކީ އެއީ މަމެންނަށް ވަރަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. މަމެން ކުރީގައި ވެސް ބުނީމެއް ނޫން ހިލްޓަން ވަނީ ސަންޓްރެވެލް އަށް އޮޅުވާލާފައި ކަމަށް. ރާއްޖެ އަކީ އެއީ ތިން ވަނަ ދުނިޔޭގެ ގައުމަކަށް ވުމުން ހިލްޓަން އިން ހީކުރަނީ މަމެންގެ ގައުމުގައި އުޅެނީ މޮޔައިން ކަމަށް. މަމެން ވެސް ދަންނަމޭ ތިޔާ ހިލްޓަން އިން ކޮރަޕްޝަނާއި އޮޅުވާލުމާއި އަދި މަކަރާއި އަދި ހީލަތުގެ ދަށުން ސަންޓްރެވެލްސް އަށް އޮޅުވާލި އޮޅުވާލުން ގަނޑު. އަދި ހިލްޓަން އިން އިރުފުށި ހިންގިއިރު އެއްބަސް ވުމާއި އެއްގޮތަށް ތަން މަރާމާތު ކޮށް ނުބަލަހައްޓާ އެއަށް ވެސް ފޭކް ރިޕޯރޓްސް ތަކެއް ހިލްޓަން އިން ހަދާ ސަންޓްރެވެލް އަށް ހުށައަޅާފައިވާތީވެ އެކަން ވެސް ބަލަން ޖެހޭނެއެވެ. ސަން ޓްރެވެލް ތަންތަނުން އެބަޖެހޭ ރާއްޖޭގެ ޓެކްނިކަލް މީހުންގެ ފްލީޓެއް ތާރޑް ޕާރޓީ އެއްގެ ގޮތުގައި ސަންޓްރެވެލްގެ ފޫ ބުޑުގައި ބާއްވަން. ތިޔާ ދެކޮޅުން ކާ ލޯޔަރުން ނަހަދާނެ އެއްގޮތަކަށް ވެސް ތެދެއް. އެމެން ދައްކާ ވާހަކަ ގަބޫލުކުރަން ހެޔޮ ނުވާނެއެވެ. ރާއްޖޭގެ ގިނަ ޓެކްނިކަލް މީހުން ވަރަށް ދޮގު ނަހަދާނެއެވެ.
ދަންނަންދޯ
10 March 2017
ކޮބާ މިފެންނަނީ ހިލްޓަން އިން އޮޅުވާލާފައިވާ މިންވަރު. ހިލްޓަން އިން ތާރޑް ވޯލްޑް ކަންޓްރީސް ތަކުގައި އެގައުމު ތަކުގެ މީހުން ތަރައްގީ ކޮށްފައިވާ ރިސޯރޓް ތައް އޮޕަރޭޓް ކުރަނީ އެ ގައުމު ތަކުގެ ޑިވެލޮޕަރުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ނެވެ. ހިލްޓަން އަކީ އެއީ މިހާރު އިންޑިއާ ކުންފުންނެކެވެ. ހިލްޓަން އިން ހަދާފައިވާ ބިޒްނެސް ޕްލޭންގެ ކަލްކިއުލޭޝަންސް ތައް ގޯސް ނަމަ އެމެން ދެން އެއްބަސްވުމުގައި ވާ ގޮތުގެ މަތިން ރަށުގެ އިންފްރާސްޓްރަކްޗަރ ރަނގަޅަށް މެއިންޓެއިން ކުރި ތޯ ވެސް ބަލަން ޖެހޭނެއެވެ. އެގޮތުން ބަލާއިރު އިރުފުށި ހިލްޓަން އިން ހިންގި ދުވަސްވަރު މުޅި އިރުފުށީގެ އިންފްރާސްޓްރަކްޗަރ ވަނީ ރަންޑައުން ކޮށްފައެވެ. އެމެން އެއްވެސް މެއިންޓެއިން އެއް ނުކުރެއެވެ. ދެން މިކަން ރިކަވަރ ކުރުމަށް ޓަކައި ސަންޓްރެވެލްސް އިން ކުރި ޚަރަދު ދޭން ޖެހޭނެ ހިލްޓަން އިން. ހިލްޓަން އިން ވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން އިރުފުށި ސަންޓްރެވެލް އަތުން އަތުލާފައި. މިޕްރައިސް ޕޭބެކް ކުރަން ޖެހޭނެއެވެ. މަމެން ނުދަންނަ އިންޓަރނޭޝަނަލް ހޮޓެލް ޗެއިން އެއް ނޫން ހިލްޓަން ބްރޭންޑް އަކީ ވެސް.
ނައިސް
10 March 2017
މާތްﷲ ހުރިހަކަމެއް އެންމެ މޮޅައްދެނެވޮޑިގެންވޭ..
އިއްސޭ
10 March 2017
މިކަހަލަ މީހުންނަށް ދޯ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ބޭރުގެ ބޭންކުތަކުން ބޮޑެތި ލޯނު ހޯދައިދެނީ!
ޒިންދަގީ
10 March 2017
ހިލްޓަން ބޭރުކުރީ، އެއާރ ޕޯޓުހަވާލުކުރި އިންވެސްޓަރުންވެސް ބޭރުކުރީ. ފ އަތޮޅު ކަންތައް ކިހިނެއްބާވާނީ؟؟؟ ސިންގަޕޫރަކީ ލާދީނީބައެކޭ ބުނާނެ މިފަހަރު ކޯލިސަނުން. ޢަނެއްކޮޅުން މަމެން ސިންގަޕޫރަށްވެ ނިމެނީ މިއޮތްގެން. ދެނޯ؟؟؟
ހޯރަ
10 March 2017
ސިޔާމް ކޮބާ ހޯރަފުށީ އަޅާދޭން ބުނި އެއާރފޯޓް. 3 މަސް ނުވޭތޯ.
އާދަމް
10 March 2017
ފަނޑިޔާރުންނަށް ވަރަށް ސަލާމެވެ.