16 ޖެނުއަރީ 2025 - 10:25
ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކޮމިޓީގެ ލިސްޓުގެ ފަހަތުގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ފާސްކޮށްފި އެވެ.
އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބު ބަޔާން ކުރައްވައި، އެ ލިސްޓް މަޖިލީހަށް ފޮނުއްވައިފަ އެވެ. އޭގެ އެންމެ ކުރީގައި އޮތީ މުހައްމާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ އެވެ.
ނަމަވެސް، ކޮމިޓީން އެކުލަވާލި ރިޕޯޓުގައި މުއާގެ ނަން ކަޓުވާލައި، މުހަންމާގެ ނަން އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެއް ވަނަ އަދި ދެ ވަނައިގައި އޮތީ ސަރާހަތު އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ.
ދައުރުން ބޭއްވި މިއަދުގެ ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ސަރާހަތުގެ ނަމަށެވެ. އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެންބަރުންގެ އިއްތިފާގުންނެވެ.
ދެ ވަނައަށް ވޯޓަށް އެހި ޓީވީ ނޫސްވެރިއަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޝިފްޒާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އައްޔަން ކުރަން ނުފެންނަ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ 50 މެންބަރުން ވޯޓު ދެއްވި އެވެ.
މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.
ދެ މެންބަރުންނަށް ރުހުން ލިބި ފާސްވުމުން، ކޮމިޓީ ލިސްޓުގައި ބާކީ އިންނެވި ނޫސްވެރިޔާ ޝިމްލާ އަހުމަދުގެ ނަމަށް ވޯޓަށް އަހާފައިނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައިން
18 January 2025
އަވާ ވެރިކަން ހިތްހަމަޖެހޭ
ޔަހްޔާ
18 January 2025
ސަޅި
ޟޮހާ
18 January 2025
ގަދަ
ނަބީލް
17 January 2025
މި ދެބޭފުޅުން ނަކީ ފިސާރި ހިން ގާލާނެ ދެ ބޭ ފުޅުން. ފުރިހަމަ ނިންމުމެއް.
ޖައިޝަމު
17 January 2025
މުއިޒް ނިންމަވާނީ އަބަދުވެސް ހެޔޮކޮއް
ޖުމްބެ
17 January 2025
ވަރަށް މަސައްކަްތެރި ދެބޭފުޅުން
ޒޫމަލް
17 January 2025
ހިކްމަތްތެރި ނިންމުމެއްކަމައް ބަލަން
ޥަސީމް
17 January 2025
ޙަމަ ވަރަށް ތާއީދް.
ޖައިބެ
17 January 2025
ދާއިރާއަށް ކޮށްދެއްވައިފާވާ ހިދުމަތްތަކައް ބަލާފަ މި ދެބޭފުޅުން އައްޔަންކުރުން އެއީ ވަރަށްވެސް ބުއްދިވެރި ގޮތެއް. ރަނގަޅު ނިންމުމެއް.
އަފާފް ސައީދު
17 January 2025
ދާއިރާގަ އެތައް ދުވަހެއްގެ ތަޖުރިބާ ހުރި ދެ މީހުން. ހެޔޮ ބަދަލްތަކެއް ފެންނާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް