19 ޖެނުއަރީ 2025 - 11:49
މިފްކޯ އިން 140 ގްރާމުގެ މަސް ދަޅު ކޭސް ބާޒާރަށް ނެރުނަސް، ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ގޭގެ އަށް ހިލޭ ބަހަނީ 180 ގްރާމްގެ 48 ދަޅު މަސް ކޭސް ކަމަށާއި އެ އަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިފްކޯ އިން ބުނީ، މަސްދަޅުގެ 140 ގްރާމް ކޭސްތަކަކީ އިކޮނޮމީ ޕެކް ކޭސްތަކެއް ކަމަށާއި އެއީ މަދުން މީހުން ދިރިއުޅޭ ގެތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މަސްދަޅު ކަމަށެވެ. އެފަދަ ކޭސްތައް ބާޒާރަށް ނެރުނީ މަސްދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ، އެކަމަށް ހިތްވަރު ނުދޭން ކަމަށް މިފްކޯ އިން ބުންޏެވެ.
އެ ކުންފުނިން ވިއްކާ 48 ދަޅުގެ މަސް ކޭހުގެ އަގު އުޅެނީ 700ރ. އާއި 800ރ. އަށެވެ. އެހެންވެ، އެ އަދަދަށް ބަލައިގެން 80،000 ގޭބީސީ އަށް މަސްދަޅު ދޫކުރާ ނަމަ އެކަމަށް ކުރާ ހޭދަ 56 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.
މިފްކޯ އިން ބުނިގޮތުގައި އެހެންވެ، އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އުފައްދަން ޖެހެ އެވެ. އަދި އެކަމަށް އެ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މިފްކޯ އިން ބުނީ، އަންނަ މަހުގެ ތެރޭގައި އެ ޕްރޮޑަކްޝަން ނިމި، ގޭގެ އަށް މަސް ކޭސްތައް ދޫކުރާނެ ކަމަށެވެ. މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ސަރުކާރަށް އެއް އަހަރުވުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ފަހަރުގެ ރޯދަމަހަށް ކާޑުގެ ބަދަލުގައި ގޭގެ އަށް ދޫކުރާނީ މަސްދަޅު ކޭސް ކަމަށެވެ.
މި އަހަރުގެ ރޯދަ މަހު މަސް ދަޅު ކޭސް ގޭގެއަށް ބަހާ އިރު މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮމުރުން
20 January 2025
ކީއްކުރަން ކުރާ ބޮޑު ޚަރަދެއް. ކިހާދެރަކަމެއް. ތި ވޭސްޓޭޖް ހުއްޓާލާ ވަގުތުންވަގުތައް!
ފުރޭތަ1
19 January 2025
އެހެން މީހުން ކޮޕީ ކުރަނީ ދޯ ދެން ކުންފުނީގެ ފައިދާ އިތުރުވި ވާހަކަ ބުނެފަ ފޮނިކަނޑާ. ދެން ލިބޭނީ ތި 40ގ މަދު ދަޅު ގަންނަން ކުރީގެ ދަޅުގެ އަގުގަ
ޖަބާލް
19 January 2025
ހަމަގައިމު މިހާރު ވިއްކާ މަސްދަޅުގެ ކޮލިޓީ ވަރަށް ދަށް..ފުނޑުމަހާއި ކަޅުވެފަ ހުންނަނީ ގިނަދަޅުތައް..ވެދާނެ ދިވެހިންނަށް ވިއްކާ ކޭސްތައް ކަމަށް..
ޢަހާ
19 January 2025
ފަޅާއެރީމާ ބަދަކުކޮށްލީ. އަބަދުވެސް މަކަޜާއި ހީލަތް
މައިކާލޯސް
19 January 2025
މަ ބުނީ ކާކުތަ މަސްދަޅު ނުލިބިގެން އުޅެނީ؟ ތިފައިސާއަށް އެހެން ކޮންމެވެސް ޙިދުމަތެއްދިނުން ކިހިނެއްވާނެތަ؟ މިސާލަކަށް ރާއްޖެތެރޭ ރަށެއްގެ ހޮސްޕިޓަލަކަށް އެކްސްރޭ މެށިނެއްނަމަވެސް؟ މިއީދެން މަގޭހިޔާލު.
އެދުރު ބެ
19 January 2025
ވަރަށް ރަގަޅު. އެމްޑީޕީން މާ ގިނައިން ދޮގުހަދަނީ މިހާރު. ކަމަކުނުދޭ
އާޕިސްްސ
19 January 2025
އެމްޑީޕީންދޮގުހަދަނީ އަކީނޫން. ހަނޑޫބަސްތާއައްވީހެން ވުމުގެކުރިން ރައްޔިތުންނައް ކަށަވަރު ކޮއްދިނީ. ކަންކޮށްނިމުނީމަ ފާޑުކިޔަސް ރައްޔިތުންނައް ވާނެފާދާއެއްނޯނެ . ދެންދަޅުލިބުނީމަ ކިރާލަން ހަދާންކޮލަންވާނެ. ދަގަޑު ހަދާފެކްޓަރީތަކުންވެސް ގޭޖްދައްކޮއްފަ ދަގަޑުހޮޅި ބާޖާރައްނެރޭ އަގުހެޔޮކޮރަންވެގެން. ކުރީގެ 4ލީޓަރ ޑަންލޮޕް ފާޓާގަ މިހާރު ހަމައެސައިޒް ފާޓާއައް އަޅާވިއްކަނީ 3ލޓރ ޑަންލޮޕް އަގުވެސް ކުޑަކޮއް އުފުލާފަ ވޮލިއުމް މަދުވެފަ . މި ދުނިޔޭގެ ތަޖުރިބާ
އެޑްމުންޑޯ
19 January 2025
ގޭގެއަށް ދިނުން ނުދިނުން އެކަމާ އެއްޗެކޭ ބުނާކަށްނެތިން ، ނަމަވެސް ތިޔަ ކުދި ދަޅުތަށް ބާޒާރަށް ނެރުމަކީ ސިއްޙިގޮތުން ބަލާ އިރުު ވަރަށް މުހިއްމު ކަމެއް ، ސަބަބަކީ މިދިވެހިންނަކީ އެއްގޮތަކަސްވެސް ސިއްޙަތަށް ބަލާގެން އުޅޭ ބައެއްނޫން ، މަސްދަޅެއްކަނޑާފައި ބަހައްޓަނެ ދެހަފްތާ ވަންދެންވެސް ، ބަނަސް ފޫޖަހަންދެން ގެންގޫޅޭ ބައެއްމީ ، އެކަމަކު ކުދިދަޅު ގޭގެއަށް ނުދޭތި ، އެއީ ރޯދަމަހު ހެދިކާވެސް ހަދަން ޖެހޭނެ އަދި ފުރިޖްގައި ބަހައްޓާނެ ޗާންސެއް ނޯންނާނެ ،
ރާމާމަކުނާއި މިޔަރު
19 January 2025
ސާބަހޭ ރައީސް އީދަށް ކޮންމެ ގޭބީސީއަކަށް ބޯކިބަލެއްވެސް ލިބޭނެކަމަށް އުއްމީދުކުރަން
މުއިއްކޮ
19 January 2025
ލިބޭނެ ލިބޭނެ ތީ ޒުވާނުން ބޭނުންވާގޮތްކަމަށްވަންޏާ.
ރަދީފު އިކޮނޮމިކަލް
19 January 2025
ރަމްޟާން މަހުގެ އިނާޔަތުގެ ގޮތުގައި މިހާރު ދޭ 3000 ރުފިޔާއަކީ އިންފުލޭޝަނާ އަޅާބަލާއިރު ކުޑައަދަދެއް، މިއަދަދު ކަނޑައެޅިއިރު 3000 ރަނގަޅަސް މިހާރު ރިވިއުކުރަން ޖެހިފައިމިވަނީ ، ރޯދައިނާޔަތަށް މިހާރު ގާތްގަޑަކަށް 4500 ދޭން ވާނެކަމަށް ދެކެން
އައްބެ
19 January 2025
ރޯދަމަހު ނުޖެހޭ އެއްވެސް އެއްޗެއް އިތުރަކަށް ދޭކަށް. އެއީ ކެއުންމަދުކޮށް އިސްރާފުކުޑަކޮށް އަޅުކަން ގިނަކުރަންޖެހޭ މަހެއް.
ޢިޖާ
19 January 2025
ފުރިޖް ކުރުމަކީ ގޯސްކަމެއް؟؟
ކިހިނެއް
19 January 2025
އެންމެ ރަނގަޅު ގޮތް ނޫން