ފުލުހުންގެ ހިދުމަތާ އަލަށް ގުޅުން ފުލުހުން، ޓްރެއިނިން ފެށުމުގެ ކުރިން އައްޑޫ އެކަޑެމީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ޕޮލިސް ސާވިސް
19 ޖެނުއަރީ 2025 - 14:34
ހިދުމަތާ އަލަށް ގުޅުނު 200 އަށް ވުރެ ގިނަ ފުލުހުންގެ އަސާސީ ތަމްރީނު މިއަދު ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އައްޑޫ އެކަޑެމީގައި ހިންގާ ތިން މަސް ދުވަހުގެ ތަމްރީނުގައި 210 ފުލުހުން ބައިވެރިވާ ކަމަށެވެ. އެއީ 162 ފިރިހެނުންނާއި 48 އަންހެނުންނެވެ.
އެ ކޯސް ފެށުމަށް އެކަޑެމީގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ހަފުލާ ޝަރަފުވެރިި ކޮށްދެއްވީ ޕޮލިސް އެކަޑެމީގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއްރަހުމާނެވެ.
އަސާސީ ތަމްރީނަކީ ފުލުހުންގެ މަސައްކަތަށް އަލަށް ނުކުންނަ ޒުވާނުންނަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރުތައް ދަސްކޮށްދޭން ހިންގާ ކޯހެކެވެ.
އޭގެ ތެރޭގައި ފިޒިކަލް ޓްރެއިނިން އާއި ރައްކާތެރިކަމާއި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުން ހުރި ބައިތައް ކިޔަވައިދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭއްޔާ
20 January 2025
ތިޔަ ޕޮލިސް އެކަޑަމީއިން ތަމްރީނު ދީގެން ނެރޭ ފުލުހުންގެ އަޚްލާގް ދަށް! މުޢާމަލާތްކުރުމާއި ރެސްޕެކްޓްކުރުން އަދި ޑިސިޕްލިން ދަށް! ފިޒިކަލް ފިޓްނަސް ދަށް! ގައުމިއްޔަތު ކަމެއް ނުހުރޭ! ގައުމީ ސަލާމަކީ ކޯޗެއްކަން ނޭނގޭ! ގަޑިއަށް ފަރުވާތެރިވުން ދަށް! މަސައްކަތަށް ފަރުވާތެރވުން ދަށް! އަމިއްލައަށް އިސްތިރިކުރުމާއި މަސައްކަތްތަކަށް އަހުލުވެރިވެފައިވާލެއް ދަށް! ރެކްރޫޓް ބެޗްތައް ގެންގޮސް އޭސީ ކޮޓަރިއަށްލައިގެން މިދޭ ރަމްރީނުތައް ރިވިއުކުރަންޖެހޭ!
އޮނަރަބްލް އަފީފު ދީދީ
19 January 2025
އައްޑޫ ޕޮލިސް އެކެޑަމީ ގައި ޕޮލިހުން ޓްރޭން ކުރަންޖެހުނީ އިންޑިޔާ ސަރުކާރު އެހީގައި އައްޑޫގައި ކުރި އިމާރާތެއްގައި މާލޭސަރުކާރުން ޤާއިމް ކުރި National College of Policing & Law Enforcement ވެސް ކ.އަތޮޅުގައި އަޅަމުން ދަނިކޮށް ކ.މާލެއަށް ބަދަލު ކުރި ކެންސަރު ހޮސްޕިޓަލް ފަދައިން National College of Policing & Law Enforcement މާތްވެގެންވާ މުޤައްދަސް ރަށް ކޮޅަށް ބަދަލު ކުރީތޯ؟! އެހެންވެތޯ ކޮލޭޖް ގެ ވާހަކަ ނުދައްކަނީ؟
ފަނު ދުންމާރި
19 January 2025
200 ފުލެޓް ތިޔަ ގެއްލުނީ.
އެންމެން ހެޕީ
19 January 2025
ބޯ އެބަ ގިނަވެ އެވެ....ފޭރޭމީހުން ފޭރެނީ އެވެ....40 ފަހަރު ކުއްކުރާ މީހުން ވެރިރަށުތެރޭ އެބަ އުޅެ އެވެ.