41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުން ވަނައަކަށް ހޮވުނު ދަރިވަރަކާ ޕޮލިސް ކޮމިޝަނަރު ނަވީރް ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް
16 ޑިސެމްބަރ 2025 - 11:06
ފުލުހުންގެ ނޫ ޔުނިފޯމަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި އެހެންވެ އެ ޔުނިފޯމަށް ގަދަރު ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ރޭ އެދިވަޑައިގެންފި އެވެ.
އޭނާ އެ ކަމަށް އެދިވަޑައިގަތީ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ނަވީން ވިދާޅުވީ، ފުލުހުން ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ޑިއުޓީ އާއި ފުލުހުންގެ ހުވަ އާއި އަޒުމް އަދި ހަވާލު ކޮށްފައިވާ ޒިންމާ "ނޫ ޔުނީފޯމް" ހަނދާން ކޮށްދޭނެ ކަމަށެވެ.
"މި ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއް. އަދުލުވެރިކަމުގެ ރަމްޒެއް. މި ނޫ ޔުނީފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއް. އެހެންކަމުން މި ނޫ ޔުނީފޯމަށް ގަދަރު ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑު ތިޔަ ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވަން،" އޭނާ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، މި ގައުމު ބަރޯސާވަނީ ހިތްވަރުގަދަ، އޯގާތެރި، ހަރުދަނާ، އިހުތިރާމްކުރާ، އަޒުމް ވަރުގަދަ އަދި އަދުލުވެރި ފުލުހުންގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތުގައި އުނދަގޫ ނިންމުންތަކާއި ޕްރެޝަރުގައި މަސައްކަތް ކުރަންޖެހޭ ވަގުތުތަކާ އެކު ވިސްނުމާއި އަޒުމް އިމްތިހާނު ކުރާނެ ހާލަތްތައް އަންނާނެ ކަމަށެވެ. އެ ކަމަކު އެ ވަގުތުތަކުގައި ވެސް ހަނދާން ކުރަން ވާނީ އެކަނިވެރި ނުވާނެ ކަމަށާއި ފުލުހުންގެ ދިގު ތާރީހު ކަމަށް ވިދާޅުވި އެވެ.
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުން ވަނައަކަށް ހޮވުނު ދަރިވަރަކާ ޕޮލިސް ކޮމިޝަނަރު ނަވީރް ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް
"އެހެންކަމުން ނަޒާހަތްތެރިކަމާއި ހިތްވަރާ އެކު މަސައްކަތް ކުރުމުގައި ސާބިތުކަން ދެއްކުމަށް އަޅުގަނޑު ގޮވާލަން. ތިޔަ ފުލުހުން މި ހިދުމަތާ ގުޅުނު މަގުސަދު ކަމުގައިވާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސް ކުރަން،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަމަށް ސަމާލުކަން ދީފި ނަމަ ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ތަފާތު ކުރުމެއް ނެތި ފުލުހުންނަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ނަވީން ވިދާޅުވީ، ގްރެޖުއޭޓް ވި ފުލުހުން ކުރިމަތިލަނީ ވަރަށް ބުރަ އެކަމަކު ވަރަށް ޒިންމާދާރު އަދި ގުރުބާނީތަކެއް ވާން ކަމަށެވެ. ނަމަވެސް އެ ފުލުހުން ނުކުތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފުވެރި މަސައްކަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ތިޔަ ފުލުހުންނާ މެދު ފަހުރުވެރިވަން،" ސީޕީ ވިދާޅުވި އެވެ.
ރޭ ގްރެޖުއޭޓްވި 185 ފުލުހުންނަށް އިޝާރާތް ކުރައްވަމުން ސީޕީ ވިދާޅުވީ، އެ ފުލުހުންނާ މެދު ރައްޔިތުން އުންމީދުތަކެއް ކުރާނެ ކަމަށާއި މިއަދުން ފެށިގެން އެ ފުލުހުން ފަށަނީ އެ އުންމީދު އިތުބާރަކަށް ބަދަލުކުރުމުގެ ޝަރަފުވެރި ދަތުރު ކމަަށެވެ.
ފުލުހުންގެ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުން މި ފަހަރު ބެސްޓް އޯލްރައުންޑުގެ ޝަރަފު ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ހޯދިކަން ފާހަގަކުރައްވަމުން ސީޕީ ނަވީން ވިދާޅުވީ އެއީ ފުލުހުންގެ ތަމްތީނުތަކުގައި ފުރަތަމަ ފަހަރަށް ހޯދި ކާމިޔާބީއެއް ކަމަށެވެ.
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިމްޝާ އަބްދުއްލަތީފަށް ހޯމް މިނިސްޓަރު އިހުސާން ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް
ފުލުހުންގެ ތަމްރީނެއްގައި ފުރަތަމަ ފަހަރަށް ހުރިހާ ގޮތަކުން އެންމެ މޮޅު ފުލުހެއްގެ މަގާމު ހޯދީ ހއ. ހޯރަފުއްޓަށް އިމްޝާ އަބްދުއްލަތީފް އެވެ.
ކޯހުގެ އެކި ވަނަތައް ލިބުނު މީހުންގެ ތެރޭގައި ފަސް އަންހެން ފުލުހަކު ހިމެނުނުކަން ވެސް ސީޕީ ރޭ ފާހަގަކުރެއްވި އެވެ.
ފުލުހުންގެ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސްތުވާތަކެއްޗާއި ގޭންގު އަދި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން ނުކުންނަން ޖެހިފައި ވަނީ ނުރައްކާތެރި މާހައުލަކަށް ކަމަށް ވާއިރު އެއާ އެއްވަރަކަށް ކޮަރަޕްޝަން އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވީ، ފައިސާ ބަހައި، ފައިސާ ދިއްކޮށް އަދި މަގާމުގެ ކުރިއެރުން ދޭނެ ކަމަށް ވެސް އެކި ފަރާތްތަކުން ވައުދުވާނެ ކަމަށެވެ.
"... މީހުން އުފާވެރި ދިރިއުޅުންތަކާއި ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތި ތިބަ ސާބިތުކަން ދުއްވާލައިގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގައި އޮންނަނީ "އެބްޒޮލިއުޓް ޒީރޯ ޓޮލަރެންސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޕަތުރޭ
16 December 2025
ފުލުހުންގެ އެގްޒެކެޓިވް ލެވެލް ގަ ނެތް ދަށުގަ ތިބި މީހުންނަށް އެއްޗެއް ބުނެވޭ ފެންވަރުގަ ތިބި އެއްވެސް މީހަކު ، ނަވީން އެކޭ ، ފަރުހާދު އެކޭ ، ޝިފާން އެކޭ ހުސް އެއްވަރު މީހުން.
ޤައުމުގެ ލޯ
16 December 2025
ނަވީން މިކަހަލަ ވާހަކަ ދެއްކީމާ ރައްޔަތުންނާއި ފުލުހުންގެ ދަށު ރޭންކްތަކުގައި ތިބި މީހުން ހިނިގަނޑު ޖަހާ ކިޔަނީ ވީކްއެންޑްގައި ތޯ އޭ ތިޔަ އުޅުއްވަނީ ނަވީން ރީއްޗެއް ނޫން ތިޔަ ގޮތަށް ވާހަކަ ދައްކާކަށް މިހާތަނަށް ފުލުހުންގެ ހިދުމަތާއި ހަވާލްވި ކޮރަޕްޓް އައްޕަ ތީ މުޅީންވެސް ތިޔަ އުޅުއްވަނީ ސަރުކާރަށް ކެންޕޭން ކޮށްދިނުމަށް ރަގަޅުވާނީ ޔުނިފޯރމް ބާލައިގެން ތިކަންކުރިއްޔާ .
ނަންނުގަތި44444
16 December 2025
ކަލޭ ތިވާހަކަ ދައްކަން ރަގަޅު. ހުރިހާ ފުލުހުން ކަލޭއަށް ބުނާ ވާހަކަ ތިބުނީ.
ހަމަ އަހާލީ
16 December 2025
ކުރީގައި ސިފައިންގެއާ ފުލުހުންގެ ތެރެއަށް ވައްދަނީ އިސްކޮޅުން 5 ފޫޓުހަމަވާ މީހުންކަމަށް ބުނެއުޅޭ. މިހާރު ޝަރުތަކީ 5 ފޫޓު ހަމަނުވުންތޯ
ޢަލީ ކުރުސީ
16 December 2025
ސީ ޕީ ވެސް ހުންނެވީ ތިޔަވިދާޅުވާ ޤަދަރު ކުޑަކުރައްވައިގެން އެތައް އިލްޒާމްތަކަކާ އެކީގައި ނޫންތޯ؟ ނޫނީ އެވަޤުތު ހުންނެވީ ނޫ ޔުނިފޯމް ބާލުއްވައިގެންތޯ؟
މަ ވަރަށް ބަނޑުހައި
16 December 2025
މާތް ކަލާކޯ ހަމައެއްގޮތަކައްވެސް. ހަމަ ހުދު ކާފޫރުކޮޅުތަކެއް! މާޝާ ﷲ
ޢިހުސާނު
16 December 2025
ޔުނިފޯރމު ގެ ގަދަރު ހިފަހައްޓައިން ބަޢާވާތް ކުރާތި
ސީޒަން ޖެކްޝަން
16 December 2025
ފުލުހުން " ޔުނީފޯމަށް ރުލެއްއަރާފަދަ ކަމެއް " ކޮށްގެންނުވަަނެކަމަށް ބުނިނަމަ މާރިތިވީސް.
ކާނިި
16 December 2025
ޔުނީފޯ ނޭޅިއަސް ފުލުހެއްވިއްޔާ ކުށް ހުއްޓުވަންޖެހޭނެ.