އެޗްއާރްސީއެމްގެ ނައިބު ރައީސަކަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދެއްވި މުއުމިނާ ވަހީދު -- ފޮޓޯ: އެޗްއާރްސީއެމް
20 ޖެނުއަރީ 2025 - 10:53
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުއުމިނާ، އެޗްއާރުސީއެމްގެ ނައިބު ރައިސަކަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރުސީއެމަށް މުއުމިނާ އައްޔަން ކުރީ 2020 ވަނަ އަހަރު އެވެ.
އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ ކޮމިޝަންގެ އެކްޓިން ސެކްރެޓަރީގެ މަގާމުގަ އެވެ.
ޔުނިވާސިޓީ އޮފް ސިޑްނީ އިން ކިޔަވައި ވިދާޅުވި މުއުމިނާ ވަނީ ކްރިމިނޮލޮޖީ އިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އިކޮނޮމިކް މިިނިސްޓްރީގައި ޑިވެލޮޕްމެންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި މުއުމިނާ ވަނީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) އިން މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބަވާ މެމްބަރުންނަކީ މުއުމިނާގެ އިތުރުން ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ސަމާއު އަހުމަދު ނަޖީބުގެ އިތުރުން އިސްމާއީލް ހަބީބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2020 އިން ފެށިގެން ބޮޑިބަތް ތޭ ކެއްކީ؟؟؟؟
20 January 2025
މިދިޔަ 3 އަހަރަކީ އެޗްއަރުސީމްގެ އެންމެ ނާގާބިލު 3 އަހަރު.
އެޖެންޑާ19
20 January 2025
ޕާސަނަލް ބަދަލުހިފުންތަކާ ޑުރާމަތައް ނިިމިގެން ނޫންތެ އަސްލު މަސައްކަތް ކުރެވޭނީ. މޫމިނާ މެން މުސާރަ ނަގައިގެން ކުރާހާވެސް ކަމަކީ އެތެރެ ގަޑުބަޑު ކުރުން
ރަންޑި ދަނޑޭ
20 January 2025
ދިރިއުޅެނީ ސަރުކާރުގެ މިކަހަލަ މަގާމުތަކުގައި އެލިގެން. އަޑިން ޕޮލިޓިކުސް ކުޅެނީ
ހަބަރު
20 January 2025
ތިތާ މުވައްޒަފުން ތަކެއް ޒާތީ ހަސަދައިގައި އޮފީހުން ކަޑައިން ޓުރައިބިއުނަލުން މުވައްޒަފުންނާ އެއް ކޮޅައް އެމައްސަލަ ނިންމީ. އެއީ ކޮމިޝަންގެ އަގު ވެއްޓި އިތުބާރު ގެއްލުނު ކަމެއް. މޫމިނާ އިސްވެ އެޖަރީމާ ކެެއްކީ.
ބަހަބަރު
20 January 2025
ހިތުން މާ މޮޅު ވާހަކައެއް ބުނެލަަފަ އަނެއްކާ ނިދަންދިޔައީ؟؟
މާލެ ބޭފުޅާ
20 January 2025
މިވެސް ހުރިހާ ސަރުކާރަކަށް ބަލަދު އަރާހަ ހުރި މީހެއްތޭ
މީކާކު؟؟
20 January 2025
މެންބަރު ކަމުގައި 3 އަހަރު މީ ކާކު ކަން ނޭގެ މަމެން ނަކަށް. ބޮޑު މުސާރަ .. ކީއްތަ ކުރަނީ؟
ޑރ. މޮޔަމީހާ
20 January 2025
މުއިއްޒުއަކީ ބޯވަ ކުލަބަދަލުކޮށްލީމަ އޮޅޭ މީހެއް. މުއުމިނާއާއި އޭނަގެ މަންނަ ޝަރީފާދީއަކީ އަންނިއަށް މަރުދޭ އެމްޑީޕީ, އޭނަ ބޭބެ ސެންޗޫރިއަން މައުމޫންއަކީވެސް ކޮން ފިކުރެއް. މުއިއްޒު އަމިއްލައަށް ބޮނޑި ބޮނީ މިޔޮށް
އިއްބެ ޔ
20 January 2025
ކިޔަވައިގެން ފާސްތައް ނަގައިގެން ތިބި މީހުން މިހާރު އޮތީ ގިނަވެފަ. ނެތީ އަދަބު އަހުލާގު ހުރި ހިލުމުވެރިން. މޫމިނާގެ އެބައި ވަރަށް ދަށް ވާނެ.
ރޯނޭ
20 January 2025
މި މީހަ ބައިވެރިވެގެން ހިންގު ޖަރީމާ ތަކުގެ ލިޔުން އަދިވެސް ރައީސް އޮފީހާ މަޖުލިހުގަ އޮންނާނެ. މުއިއްޒު ބެކު ގުރައުންޑު ނުހަދާ މިވަރުގެ ގަޅިއެއް އެޅީމަ ކަޑައޭ
އައުޓް
20 January 2025
2020 ވަނަ އަހަރު މިކަނބުލޭގެ މެން ގޮނޑިތަކަށް ސަވާރު ވެގެން ކުރި ކަމެއް ދައްކަބަލަ ކަލޯމެންް. މަހަކު 40 ހާހުން 50 ހާހުން ނަހަލާލު މުސާރަ ކައިގެން ބޭރަށް ދަތުރު އެޅުން ކަމަކީ ރައްރަށުގައި ކަރަންޓެއް ނެތް ހޮސްޕޮޓަލުތަކުގައި ކަރަންޓެއް ނެތް އައިޑީ ކާޑު ފޯޖު ކޮއްގެން ރައްޔިތުން ވަގަށް ޕާޓީ ތަކަށް ވައްދަނީ. އަޑު ނީވޭ ބީރު ބައިގަނޑެއް ބޭކާރު ބޭކާރު.
ޕީޕީއެމް
20 January 2025
ކުރީގެ މެންބަރުން ބޭރު ކުރި ޖަރީމާގެ ބަދަލު މުއިއްޒު މިދިނީ އެކަމުވެ މޭސްތިރިއަށް ހާއްސަ މަގާމެއްް ދީގެން. މުއިއްޒު އަށް ދެން އަހުންގެ ވޯޓެއް ނުލިބޭނެ.