ފާރިސް ތޯހާ: އޭނާގެ މައްޗަށް ތުހުމަތުތަކެއް އޮތުމުން މަޖިލީހުގެ ކޮމިޓީން ނިންމީ އެޗްއާރުސީއެމަށް އޭނާގެ ނަން ފާސްނުކުރުމަށް.
17 އޯގަސްޓް 2025 - 12:14
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އޭނާގެ ނަން އެ ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ފޮނުއްވީ ފާރިސްގެ އިތުރުން މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ. އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ވަނީ އިންޓަވިއު ކޮށްފަ އެވެ.
އެ އިންޓަވިއުގައި، ބައެއް މެންބަރުން ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމް ފުރުއްވި ފާރިސްއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކަށް ރިއާޔަތްކޮށް ސުވާލު ކޮށްފަ އެވެ. އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި އޮތީ، އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. އެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުން ކަމަށް އެ ޝަކުވާގައިވެ އެވެ.
ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް އެކަމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ، އޭނާ އަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ކަމެއްގައި އެއްވެސް އިދާރާއަކަށް ވެސް ހާޒިރުކޮށްފައި ނުވާ ކަމަށެވެ.
ހަމަ އެ ތުހުމަތާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސުވާލު ކުރެއްވުމުން ފާރިސް ވިދާޅުވީ އެ ކައިވެނި ރޫޅުނީ ގެވެށި އަނިޔާއާ ހެދި ކަމަށް ބުނާ އަޑުތަކެއް މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވެސް އިވިވަޑައިގެންނެވި ކަމަށާއި ނަމަވެސް، އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އެ އާއިލާއާ މިހާރު ވެސް ގުޅުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
"...އެއީ، ގެވެށި އަނިޔާގެ އެއްވެސް ކަމެއް އެކަހަލަ ގޮތަކަށް ދިމާލެއް ނުވޭ އިނގޭތޯ،" ފާރިސް ވިދާޅުވި އެވެ.
ގެވެށި އަނިޔާގެ ތުހުމަތުގެ އިތުރުން ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ފާރިސްގެ މައްޗަށްކޮށް ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ، އޭނާ ސިފައިން ގޭގައި އުޅުއްވި ދުވަސްވަރު ކޮށްފައިވާ ކަމެއް ކަމާއި ސިފައިންގެ އިން ވަކިވެވަޑައިގަތީ ވެސް އެކަމާ ގުޅިގެން ކަމަށް އެ ޝަކުވާގައި އޮތެވެ. އާންމުންގެ މީހަކު ފޮނުވި އެ ޝަކުވާއާ ގުޅޭ ގޮތުން މެންބަރު ރިފާއު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެމުން ވެސް ފާރިސް ވިދާޅުވީ ސިފައިންގެ އިން ވަކިވެވަޑައިގަތީ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ކުންފުންޏަކުން ލިބުނު ރަނގަޅު ފުރުސަތަކާ ގުޅިގެން ކަމަށާއި އެމްއެންޑީއެފްގައި އެއްވެސް ގޯހެއް ހިނގައިގެން ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގާނޫނުތަކުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ފާރިސްއާ ކުރި ސުވާލުތަކަށް ވެސް އޭނާއަށް އެކަށީގެންވާ ޖަވާބެއް ނުދެއްވުނެވެ. އެ ކަންކަން ރަނގަޅަށް ބެލިފައި ނުވާ ކަމަށް ފާރިސްގެ ޖަވާބުތަކުގައި ވިދާޅުވި އެވެ.
އިންޓަވިއުއަށް ފަހު ދެ ނަމަށް ލިބުނު މާކްސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އާންމު ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތި ކަމަށްވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތީ ޝަފީގަށް އެކަންޏެވެ. ތޯހާއަށް މާކްސް ލިބިފައިވަނީ އެއަށް ވުރެ ދަށުންނެވެ.
އެހެންވެ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރީ ޝަފީގުގެ ނަން އެކަންޏެވެ. ޝަފީގު އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ..
17 August 2025
ތޯހާގެ ކުރިއަށް ފުރަތަމަ މިހާރު ތިބި މެންބަރުންގެ ފަސްބައި ނިއުޅާލާ މަޖުލިހުން… މާ ހަޑި ފެންނާނެ. ނުފޫޒާ ކޮރަޕްޝަނުން ފެށިގެން ސްޓާފުންނަށް ފުރައްސާރަކުރުމާ އެމީހުންގެ ގާތް މީހުންނަށް ވަޒީފާބެހުން،،،، ލިސްޓް ވަރަށް ދިގު
ޓުރައިބިއުނަލް
17 August 2025
އަނިޔާއަކީ އަނބިގޮއްޔަށް ފިރިމީހަ ކުރާ އަނިޔާ އެކަނިތޭ؟؟؟ އެޗްއާރުސީއެމްގައި މިހާރުތިބި މެންބަރުންގެ ތެރޭން ހަބީބު ފިޔަވާ ދެންތިބި މީހުންނަކީ މުއައްޒަފޫންނަށް އަނިޔާވެރިކަމަ ޖައްބާރުކަން ފިލުވުމުގެ ރެކޯޑު އޮތް ބައެއް. ފުރައްސާރަވެސް ކުރޭ މުއައްޒަފުންނަށް. އެމައްސަލަތައްވެސް ބަލަންޖެހޭ މަޖުލިހުން.. އަނިޔާވެރި ޖާހިލުންނަށް ކޮން މަގާމެއް ދޭކަށްތޭ؟
އަލިބޭ
17 August 2025
އަޅެ ނަން ފޮނުވި އިރު ނޭނގޭ ތިކަން؟
ތުހުމަތު
17 August 2025
އަހަންނަށްވެސް ވަރަށް ބައިވަރު ތުހުމަތުކުރެވިދާނެ. ތުހުމަތުގެ ވާހަކަ ދެއްކިގެންނުވާނެ. ޤާނޫނާއި ޤަވައިދުތަކައި ދައުލަތާއި ކޯޓުތަކާއި ސަރުކާރުގައި އޮންނާންވާނީ ސާބިތު ހިފޭ ކަންކަން އެކަނި!!!
މިކްޒްޑް
17 August 2025
މެޑިކަލް ޑޮކުޓަރުންނަ ނޫސްވެރިންނާ އެކި ސެކުޓަރުތަކުން މެންބަރުން ލާންވީ އެޗްއާރުސިއެމުއަށް. މިހާރު ތިބެނީ ގާތްގަޑަކަށް އެއް ދާއިރާއެއްގެ ބައެއް. އެކަމާ ހެދި މެންބަރުންގެ ވިސްނުން ހަނިވެ ނިންނާ ނިންމުންތަކުގެ ކޮލިޓީ ދަށް
ރިއަލިޓި
17 August 2025
އެންމެ ފުރަތަމަ ހިއުމަންރައިޓުސް ކޮމިސަން ރައީސް މައުމޫނު ހައްދަވާފަ އެތަނަށް ލީ ރައްޔިތުންގެ އިހުތިރާމު ލިބިފަ ތިއްބެވި އެކި ދާއިރާތަކުގެ ހަރު ބޭފުޅުން. ފަހުން އެކަން ބަދަލުވީ އޭރެއްގައި އޮންނަ ވެރިކަމެއްގެ ސިޔާސީ އެކްޓިވިސްޓުންނަށް މަތީ މަގާމު ދޭން
ސްޓާކުލައުޑް
17 August 2025
އެންމެ ކުރިން ތިކަން ކުރީ އެގޮތަށް. އެމްޑީޕީ ވެރިކަމަށް އައި ހިސާބުން ޕާޓީ މީހުންގެ އައުލާދާ އެމީހުންގެ ގާތް މީހުންނަށް މެންބަރުކަން ބަހަން ފެށީ. މިހާރު ތިބި މެންބަރުންނަކީވެސް ނުފޫޒޫ ކޮރަޕްސަނުން އައިސްތިބި މީހުން
އަންމަޗީ
17 August 2025
އެޗްއާރުސީގައި ތިބެންޖެހޭ އެކި ދާއިރާތަކުގެ މީހުން. ހަމަ އެކަނި ލޯޔަރުންނާ ހިއުމަން ރައިޓުސް މީހުން ލައިގެން ކުރިއަކަށް ނުކަޑާ.
މިޒޫ
17 August 2025
ބަރާބަރު! ކުރިން އެންޑިޕިީ މަޖްލިހުން އާއްމުންގެ ޝަކުވާއަކަށް ނުބަލާ ބައެއް މެންބަރުން އައްޔަނުކުރީ. އެއްވެސް އަނިޔާއެއް ފުރައްސާރައެއްގެ ތުހުމަތުކުރެވޭ ބަޔަކު ހިއުމަން ރައިޓުސްގެ މެންބަރުކަމަށް ލައިގެން ނުވާނެ. މުވައްޒަފުންނަށް ފުރައްސާރަކޮއްފަ ހުރި މީހުންވެސް ލައިގެން ނުވާނެ
ތަބަކު މަގާމު
17 August 2025
އެއީ އޭރުގެ ކޮމިޓީ މުގައްރަރު ކަމަނާގެ ހެޔޮފުޅުކަމުން ވެދުމަށް އެރުވި މަގާމުތަކެއް
ޓީ ރޫމް
17 August 2025
މިހާރު ކޮމިސަނުގައި ތިބި ގިނަ މެންބަރުންނަކި އެތަނާ އެމީހުން ކުރިން އުޅުނު ތަންތަނުގެ މުވައްޒަފުންނަށް ފުރައްސާރަކޮށް އަނިޔާވެރިވުމުގެ ރެކޯޑު އޮތް ބައެއް
ޢެޑްމުންޑޯ
17 August 2025
ރަގަޅު ތިފަދަ ތުހުމަތު ތަކެއް ހުރިމީހަކު އައްޔަން ކޮއްގެންނުވާނެ ، ހަމަތިގޮތަށް މަޖްލީހަށްކުރިމަތިލާމީހުންވެސް ތިފަދަ ތުހުމަތެއްވާނަމަ ފެއިލްވާ ގޮތެއް އޮތުމާއި ރައީސް އައްޔަންކުރައްވާ ސިޔާސީ މީހުންގެވެސް ތުހުމަތު ތަކެއްވާނަމަ އައްޔަން ނުކުރެވޭގޮތަށް އޮންނަ ނަމަ ހާދަރަގަޅޭ
ކޮރަލް
17 August 2025
ރާއްޖޭގަ ސިޔާސީ މަގާމް ތައް ގިނަ ކަމުން ބޯ ހަލާކެވެ. އިންޑިޔާ އާބާދީ 1.45 ބިލިއަން އެވެ. މަޖްލިސް މެމްބަރުން 543 ކެވެ. 6 ލައްލަ ހަމަ ނުވާ ރާއްޖޭގަ 80 މެމްބަރުންނެވެ. ސިޔާސީ މީޙުންގެ ބާރު މިނިސްޓާރަށް ވުރެ ގަދަ އެވެ. ސިޔާސީ މަގާމް ތައް ހާހުން މަތީގަ އެވެ. ގަޑި އެއް ނުޖެހެ އެވެ. ގިނަ ވަގުތު އޮފީހުން ބޭރުގަ އެވެ.
ރަހްމާނީ
17 August 2025
ކޯޓުން ސާބިތު ނުވާހިނދަކު އެކަމަކީ ނުކުރާކަމެއް. މޑޕ އަކީ މީހުންގެ އަބުރު ހަލާކު ކުރަން އަބަދުވެސް އުޅޭބަޔެއް