ސައުދީން ހަދިޔާކުރި ކަދުރު ފޮށިތައް.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
20 ޖެނުއަރީ 2025 - 12:49
ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މާޗު 1 ގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަހާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ. މާލެ ސަރަހައްދުގައި ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
ރަށްރަށުގައި ކަދުރު ބަހާނީ ކައުންސިލްތައް މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނީ ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭގެތަކުގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން ކޮންމެ ގެއަކަށް އެއް ޕެކެޓް ކަމަށެވެ.
ރާއްޖެ އަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ. ކަދުރު ބަހާނީ އެ ގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރާއި ކަދުރު ހަވާލުވާ މީހެއްގެ އައިޑީކާޑަށް ބަލައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށް ވެސް ކަދުރު ބަހަން ނިންމައިފަ އެވެ. އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން ވަނީ ނަން ނޯޓުކުރަން ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
21 January 2025
އިސްލާމީ މަރުކަށުން ކަދުރު ފޮށިގަނޑު ހިފައިގެން ކާރަށް 120ރ. ދީފަ ދާންވީ ހުޅުމާލެ ސެކަންޑް ފޭސް އަށް. އޭރުން ހިލޭ ލިބުނު އެއްޗަކަށް ނުވޭ ދޯ. ހުޅުމާލެއިން ވެސް ލިބޭނެ ގޮތެއް ހަދައިބަލަ. ބްރިޖްގައި ފޮށިގަނޑު ހިފައިގެން ސައިކަލްގައި ދުއްވުން މަނަލޭ
ކަދުރު އައިސަ
21 January 2025
އެންމެ ޕެކެޓް ގަނޑެކޭ ގެއަކަށް ދެނީ. ކަދުރު ކޭހެއް ނޫނޭ
ވަހުމެކެ
21 January 2025
މިނިސްޓްރީއާއި ކައުންސިލުގައި ތިބޭމީހުން ތިގެންދަނީ. އެވެރިން ބޭނުންވަރަކަށް ނަގާ، ނަގާފަ ބާކީ އަހަރެމެންނަށް ލިބެނީ.
މިނިސްެއް
21 January 2025
މިފަހަރު ދެން ދޮގުވާހަކަ ނުފަތުރާ މަޑުން ތިބޭ. ރޯދައިގެ ކުރިން މިހުރީ ގެނެސްފައި. ބޭނުން ވަރަކަށް ކަދުރު ލިބޭނެ މިފަހަރު.
ތޮޅާ
20 January 2025
ކިޢްތަވާނީ ކަދުރުކޮލު ގޭދޮރާހަމަޔައް ފޯރުކޮއްދިނިއްޔާ، ގޭދޮށުގަ ހުންނަސައިކަލް ތައް ޓޯ ކުރަންގެންގުޅޭ ޕިކަޕުގަޑުގަ.....ވަރައް ސަލާން..
ވޭމަންޑޫ
20 January 2025
ސައޫދީން ދޭކަދުރެއް މަބޭނުމެއް ނޫން ފަލަސްތީނަށް ފޮނުވާ މާރަނގަޅު ވާނޭ އޭރުން މިވަގުތު ހާލުގައި ޖެހިފައި ތިބި ބަޔަކީީ ފަލަސްތީނުގެ ރައްޔިތުން ދިވެހިން މިހާރު ތިކަހަލަ ކަދުރު ކައެއް ނޫޅޭ އުކާލަން ކީއްކުރަންތަ ގެންނަނީކީ މަސް ދަޅު ވެސް ބޭނުމެއް ނޫން ސަރުކާރުން ތިނުދިނަސް އަތުން ފައިންމަސައް ކުރެވެންޏާ ރޯދަމަހުގައި އެއްޗެހި ހޯދާނަން އިންސާ ﷲ ރައްރިތުން ޖެހޭނީީ ސަރުކާރަށް ކާންދީ ބަލަހައްޓަން ސަރުކާރުން ނުޖެހޭނެ ރައްޔިތުންނަށް ދޭކަށް
ހަސްދް
21 January 2025
ފަލަސްތީނަށް ވެސް ދީފައޭ މިތަނަށް ފުނުވަނީ! މޮޔަނުވެބަލަ. 50 ޓަނު ކަދުރު ރާއްޖެއިން ފަލަސްތީނަށް ގެންދިޔަ ނުދޭނެ އިޒްރޭލުންނެއް
ގާމާ
20 January 2025
ކަދުރުކޮޅެއް ބަހާލީމަ ދިވެންހިން ތިބޭނީ ރައީސްއަށް ސަނާ ކިޔާލަ!!! ހެހެހެ ސޯ ޗީޕް އެންޑް ޑަމްބް!
އެޗް އެމް
20 January 2025
ގެއަކަށް ¼ ޕެކެޓޭ ނުބުނަން ވެގެންތަ! މިގޮތަށް ލިޔުން މާ ހެޔޮކަން ބޮޑުވެގެންވޭ.
ހުސައިން
20 January 2025
ހުޅު މާލެގައި އުޅުއްވާ ބޭފުޅުންނަށް ހުޅުމަލެއިން ލިބުމަކީ އެހިސަބުގައި އުޅުއްވާ ބޭފުޅުންނަށް ލިބޭނެ ފަސޭހައެއް ކަމަށް ދަނަްނަވަން
މައުރޫފު
20 January 2025
މިނިސްޓްރީގައި ނެތް ތިބަހަން ދާނެ މުއައްޒަފުންނެއް. އަހަރުމެން 2 ޖެހީމަ ގެއަށް ދާން ޖެހޭ. އަނެއް ކޮޅުން ވަޒީފާ ބަޔާނުގައި ވެސް ނެތް ކަދުރުބަހަން ޖެހޭނެ ކަމަށް. މުސާރައަށް ދެނީ ވެސް 6 ހާސް ރުފިޔާ. އަޅު މަސައްކަތް ކުރުވަން ނޫޅޭތީ!
ބަހިޔއ3
21 January 2025
ހުޅުމާލޭގެ ކައުންސިލުން ކަދުބަލާ ނުދަނީ ކީއްވެ؟ އެހެން ރަށްރަށުން ވެސް އެތިބީ ކަދުރު ބަލާ ގޮސް.
ރަދީފު އެކްރޯ
20 January 2025
ހުޅުމާލޭގައި އުޅޭ މީހުންނަށް ހުޅުމާލެއިން ލިބޭނޭގޮތެއް ނުވާނެތޯ؟ ޓެކްސީއެއްގައި ގެންދިޔަސް ތިޔަށް 100 ރުފިޔާ ފޭސް 2 އަށް ޗާޖު ކުރާނެ، ޢުމަރު ޒާހިރު ބިލްޑީންގ ކަހަލަ ތަނަކުން ދޫކުރާ ގޮތަށް ހައްދަވައި ނުދެއްވޭނެތޯ؟
ބެޭޮ ރތަް
20 January 2025
ޓެކްސީގައި އުޅޭ މަހުޖަނުންނަށް ބަހާއެއްޗެއް ނޫނޭ އެއީ. ބަހުގައި އުޅޭ ފަޤީރުން ސަގަރޭ ޕާކަށް ކައިރި ކޮށްލާފައި އެގެންދަނީ. އެހެން އުޅޭ މީހުންނަށް ކަދުރު ދެނީ.
ާބަހުގަ
20 January 2025
ބަހުގަ ވެސް ތިބަލާ ގޮއްސަ އަންނަން ނަގާ 30 ރުފިޔާ
ރަދީފް މައިކްރޯ
21 January 2025
ބަނީ އިސްރާއީލް ބާގައިގެ މީހުން އުޅޭހެން ތިޔަ އުޅެނީ. ޓެކްސީއެއްގަ ދާކަށް ނުޖެހޭނެ. އެބުނީ 100 ގެއަށް 25 ޕެކެޓޭ. އެހެން ވީމަ ގެއަކަށް ލިބޭނީ ޕެކެޓެއްގެ 4 ބައިކުޅަ އެއްބައި. ސައިކަލް މަޑިދަށަށް ލައިގެން ގެންދެވޭނެ.