21 ޖެނުއަރީ 2025 - 23:13
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އައްޔަނު ކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ވަނީ އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަނު ކޮށްފައިވާކަން އިއުލާން ކޮށްފަ އެވެ.
އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ތަރުތީބު ބަޔާން ކުރައްވައި، އެ ލިސްޓް މަޖިލީހަށް ފޮނުއްވިއިރު އޭރު އޭގެ އެންމެ ކުރީގައި އޮތީ މުހައްމާ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީގެ (މުއާ) ގެ ނަމެވެ.
ނަމަވެސް، ކޮމިޓީން އެކުލަވާލި ރިޕޯޓުގައި މުއާގެ ނަން ކަޓުވާލައި، މުހަންމާގެ ނަން އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެއް ވަނަ އާއި ދެ ވަނައިގައި އޮތީ ސަރާހަތު އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ.
މިދިޔަ ބުރާސްފަތު ދުވަހު ބޭއްވި ރައްޔިތުންގެ މަަޖިލިހުގެ ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި ސަރާހަތު އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ދެ ވަނައަށް ވޯޓަށް އެހީ ޓީވީ ނޫސްވެރިއަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޝިފްޒާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. އައްޔަން ކުރަން ނުފެންނަ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ 50 މެމްބަރުން ވޯޓު ދެއްވި އެވެ.
މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯބުނެދެންހޭ
23 January 2025
މީއޭ މުހައްމާ....މުހައްމާކަލޯ...އެންމެންވެސް ދަންނަމީ ރަހުމަތްތެރި...ކަލޯ
ފެމިނިސްޓާ
22 January 2025
މުހުއްމާމެން ލައިގެން ކެއްކޭނީ ގަރުދިޔައާއި ދޯބުރާލި ރިހާކުރު.
ކޮލަމާހުއްޓާ
22 January 2025
މުއިއްޒު ކެމްޕޭނުގަ ބުނިހެން ޢިލްމީ ގާބިލުމީހުން މަގާމްތަކަށް ލަމުންދާތަން މިފެންނަނީ.
ޒީނާ އަލީ
22 January 2025
މިހެން ބުނަނީ މިދިޔަ ސަރުކާރު ތަކުން އައްޔަން ކުރި ކަހަލަ ތޯތޯ މީހުން މިސަރުކާރުން އައްޔަން ނުކުރާނެޔޭ. ހުރިހާ ގޮތަކުން ބެލިޔަސް ރަނގަޅު ވާނެޔޭ.
އައިޝަތް މާހާ
22 January 2025
ރަނގަޅު. އަހަންނަ ވަރަށް ކަމުދޭ ރައީސް އައްޔަން ކުރާ މީހުން
ރާއްޖެތެރެ ސޮރު
22 January 2025
މަރުޙަބާ މުހަންމާ، ޝުކުރިއްޔާ ޕިންކީ
ސަރިޔަންކަޓޭ ބުޅިޔާ
22 January 2025
ސަރާހަތު އަށް ތިކަންވާނެ، ވަރަށް ނަލަކޮށް އުޖާލާކޮށް ހަން އޮމާންކޮށް ފެންނަނީ
ކޮރަލް
22 January 2025
އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. މުހައްމާ ނޫން މީހަކު ނެތީ ހެއްޔެވެ؟ ސިޔާސީ މަގާމެކެވެ. އޮފީހަށް ދިޔަ އަސް ނުދިޔަ އަސް ވަޒީފާއިން ވަކި ނުކުރާނެ އެވެ. މުސާރަ ލިބޭނެ އެވެ.
ހަސަދު
21 January 2025
ލަދުން ބޯހަލާކު. މިއޮށް ގައުމެއްދޯ.
އަލަމްގިރި ގިރި
22 January 2025
ލަދުނުގަނެ ތިބޭފުޅާވެސް ފިލްމުކުޅެން ނިކުމޭ އޭރުން ރަގަނޅުވާނެ ނަމޫނާއަކަށް ރީކޯ މުހަމްމާ ސީޒަން ފުދޭނެ
ބާބްޖީ
22 January 2025
ތިކޮމިޝަނަށް ކުރިން އައްޔަން ކުރި މީހުންނަށް ބަލާއިރު މުހައްމާ އެކަށީގެން ނުވާ ސަބަބެއް ނުވިސްނުނު. މުޅި ހަޔާތް ކެމެރާ ކުރަން ހޭދަކުރި ކެމެރާ މަނަކުވެސް ތިތާގައި މެންބަރަކަށް ހުރި. ތިތާގެ ނައިބު ރައީސަކަށް ކުރިން ހުރި މީހާޔަަކީ ވަކި ކާކު. މިމާރުވެސް ތިތާގައި ތިބީ މުހައްމާޔާ ބަލާއިރު ވަކި ފެންވަރު މޮޅު ބައެއް ނޫން. ނޫސްވެރިކަމުގައި ހަޑިހާވަމުން ދިޔަ މީހުން އެއީ. ރާއްޖެ ޓީވީގައި އުޅުނީމާ މާމޮޅު ބަޔަކަށް ވެފައި އޮތީ.