ފްރުޓް ޓްރީ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި.-- ފޮޓޯ: އެމްއެންޑީއެފް
23 ޖެނުއަރީ 2025 - 10:18
މާފަންނު ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ އަސަރު ކުރި ގެތަކުގެ ތެރެއިން ފަސް ގެއެއްގެ 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ރޭ ފަތިހުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގީ ޗޮކްލެޓާއި ނަޓްސް ވިއްކާ ފިހާރައެއް ކަމަށްވާ "ފުރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނެއްގަ އެވެ.
އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީންނެވެ.
ފްރުޓް ޓްރީ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ހަރަކާތްތެރި ވަނީ.-- ފޮޓޯ: އެމްއެންޑީއެފް
އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފައިވަނީ ފަސް ގެއެއްގެ 14 ދިވެހިންނާއި އަށް ބިދޭސީންނަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ބިދޭސީ އެއް އާއިލާއަކުން އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިވާ ކަމަށާއި ބާކީ ތިބި 11 ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ މީހުން ނިސްބަތްވާ ކުންފުނިތަކުން ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
ގުދަނުގައި އަލިފާން ރޯވެފައިވަނީ ރޭ ފަތިހު 4:20 ހާއިރު އެވެ. ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ 5:27 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ހެނދުނު 6:00 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވުނުއިރު، ބޭނުން ނުކުރެވޭ ވަރަށް ގުދަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ،
އަލިފާން ރޯވި ގުދަނަކީ ދަގަނޑާއި ޓިނުން ދެބުރިއަށް ހަދާފައި ހުރި ތަނެކެވެ. އެތަނުގައި ރޯވަން ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
23 January 2025
"އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީންނެވެ." ބިދޭސީން ގިނަވެއްޖެ. ވިސްނާށޭ ޤައުމު.
ޓްސްކް
23 January 2025
އަގުހެކޮށް ކަންކަން ކުރަންވެގެން ގިނތަންތަނުގެ ކަރަންޓް ވަޔަރުކުރަނީ ނަރުކެނޑިއެއް އަތަށް ލައިގެން މަގުމަތީގައި މަސައްކަތް ހޯދަން އުޅޭ ބިދޭސީން ލައްވާ. އާރތް ނަރުފަށަކީ ބޭނުްނކުރާއެއްޗެއް ނޫން. ގިނަތަންތަނުގައި މިފަދަ ހާދިސާތައް ހިންގަނީ ޚަރަދުކުޑަކުރާނަމޭ ހިތާ ކުރާ ކަނތައްތަކުން
ނަގިއްޔާ
23 January 2025
ގަވާއިދާއި ގާުނޫނުއޮވެ، އެއެއްޗެހި އިންޕްލިކޮށް މޮނީޓާކުރާނެ ބައެއްނެތި ގައުމެއްގެ ދުވަސް ދާއިރު ކޮންމެ 5 އަހަރަކުން އަހަރުމެން ވަރަށް ފޮނި ހުވަފެންތަކެއްދެއްކީމާ އެބަޔަކަށް ވޯޓްދީގެން ވެރިކަމަށް އެބަޔަކު އެބަގެންނަން. އެކަމަކު ރައްޔަތުންގެ ދިރިއުޅުމަކަށް ވާންޖެހޭ ފަސޭހައެއް ފިނިކަމެއް ލިބޭނެ ދުވަހެއްނާދޭ..... މީގައުމުގެ ހާލު، ދިވެހި ރައްޔަތުން ގެ ނިމުމެއްނެތް ވޭން!!
ވަޑި
23 January 2025
ޔަގީނޭ ނަގަންވާ ހުއްދަތައް ނުނަގާ ފޯރާ ކޮންމެވެސް ކުންފުންޔަކުން ހަދާފަ ހުރި ގުދަނެއްކަން މީހުން އުޅޭ ސަރަހައްދެއްގަ! ތި ނޫހަށް ކެރޭނެބާ އެކަމުގެ ތެދުދޮގު ބަލަން؟ އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ދަށުން؟ ހުރިހާ ހުއްދަ ހަމަ ނޫން ނަމަ އެވާހަކަ ލިޔަން ކެރޭނެބާ؟ ހިސާބުގަނޑު މީހުންނަށާ އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަނީ ކާކު؟