ދުނިޔެ / އެމެރިކާ

ޓްރަމްޕުގެ އަމުރާ އިތުރު ސްޓޭޓްތަކުން ދެކޮޅު ހަދަން ފަށައިފި

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމުގެ ސަބަބުން ކުރިން ނާދެވިފައި ތިބި ބަޔަކު ނިއު ޔޯކަށް ދިއުމުން އާއިލާ އިން މަރުހަބާ ކިޔަނީ. --ފޮޓޯ:އޭޕީ

ވޮޝިންޓަން (މާޗް 10) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ގޮތުން އިތުރު ސްޓޭޓްތަކުން ގާނޫނީ ގޮތުން މަސައްކަތް ފަށައިފި އެވެ.

ޓްރަމްޕް އަމުރު ހުއްޓުވުމަށް އެންމެ ފުރަތަމަ ކޯޓަށް ދިޔަ ސްޓޭޓަކީ ހަވާއީ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން މި މަހު 15 އަށް ވަނީ ތާވަލްކޮށްފަ އެވެ. މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޖެނުއަރީ މަހު ފަހުކޮޅު ޓްރަމްޕް ނެރުއްވި އަމުރުގައި ހިމެނޭ ގައުމުތަކުގެ ތެރޭން އިރާގު އުނިކޮށް ނެރުނު ފަހުގެ ގަރާރަށް އަމަލު ކުރަން ފަށާނީ މި މަހު 16 ވަނަ ދުވަހު އެވެ.

މުސްލިމުން މަނާ ޓްރަމްޕުގެ އަމުރަށް ދެކޮޅު ހަދާކަން ނިއު ޔޯކް އާއި ވޮޝިންޓަން ސްޓޭޓުން ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި އޮރެގަން އާއި މެސެޗޫސެޓުން ވެސް ފަހުން ވަނީ ބައިވެރިވެފަ އެވެ.

އޮރެގަން އިން ބުނީ ޓްރަމްޕުގެ އަމުރުގެ ސަބަބުން އެ ސްޓޭޓުގެ އާއްމުންނާއި ވަޒީފާ އަދާކުރާ މީހުންނާއި ޔުނިވާސިޓީތަކަށް ގެއްލުންވާނެ ކަމަށެވެ. ވޮޝިންޓަނުން ބުނީ ކުރީގެ އަމުރާއި ފަހުގެ އަމުރު މާބޮޑު ތަފާތެއް ނެތް ކަމަށެވެ. މިނެސޮޓާ އިން ވަނީ ޓްރަމްޕުގެ އަމުރުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ނިއު ޔޯކުގެ އެޓާނީ ޖެނެރަލް ވިދާޅުވީ މުސްލިމުން މި ފަހަރު މަނާކުރީ އެހެން ނަމެއްގައި ކަމަށެވެ. މެސެޗޫސެޓުން އިން ބުނެފައި ވަނީ މުސްލިމުން މަނާކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ހަވާއީ އިން ބުނެފައި ވަނީ ޓްރަމްޕުގެ އަމުރުގެ ސަބަބުން އެ ސްޓޭޓުގެ މުސްލިމުންނާއި ބިދޭސީ ކިޔަވާ ކުދިންނާއި ޓޫރިޒަމަށް ގެއްލުންވާނެ ކަމަށެވެ. އެ ސްޓޭޓުގެ އެޓާނީ ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ ޖެނުއަރީ މަހު ޓްރަމްޕް ނެރުއްވި އަމުރާއި ފަހުގެ އަމުރުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ދެ އަމުރުގެ ވެސް މަގްސަދަކީ މުސްލިމުން މަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުގެ އަމުރާ ގުޅިގެން ކޯޓަށް ދާ މައްސަލާގައި ވައިޓް ހައުސް އިން ބުނެފައި ވަނީ މި ފަހަރު ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ހަވާއީން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ކުރިން ވިދާޅުވެފައި ވަނީ އެމެރިކާގެ ސަލާމަތާ ބެހޭ ގޮތުން ރިޔާސީ ގަރާރުތައް ނެރުމަކީ އޭނާ އަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އަމުރާ ދެކޮޅަށް ހުކުމް ނެރެނީ ސިޔާސީ ކޯޓުތަކުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ގަރާރުގައިވާ ގޮތުން އީރާން، ސީރިއާ، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަން މީހުން 90 ދުވަހުގެ މުއްދަތަށް އެމެރިކާ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވެސް 120 ދުވަހު ހުއްޓާލަން ވަނީ ނިންމައިފަ އެވެ. ޖެނުއަރީ 27 ވަނަ ދުވަހު ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވީ ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުންނެވެ. ދަށު ކޯޓުގެ ހުކުމް ޖަސްޓިސް ޑިޕާޓްމަންޓުން އިސްތިއުނާފް ކުރި ނަމަވެސް ސަރުކާރަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ. ކޯޓުތަކުން އެ ފަހަރު ވެސް ފާހަގަކޮށްފައި ވަނީ މުސްލިމުން ތަފާތު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

2 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 22%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކީބެ

10 March 2017

ފިސާރި ދިމޮކުރަސީއެއް އެމީހުންގެވާހަ އަހަރެމެންދެއްކުމުގެ ބޭނުމެއްނެއް އަމަލްނުކުރެވޭބަޔަކަށް މި ގައުމުގަ މިފުޑާލަނީ މިއީ ދިމާކުރާތީ .

The name is already taken The name is available. Register?

ޓްރެޖެޑީ

10 March 2017

ޓްރަމްޕުގެ އަމުރާ އިތުރު ސްޓޭޓްތަކުން ދެކޮޅު ހަދަން ފަށައިފިއޭ އެއީ މަމެންނަށް ވެސް އަދި ވައިޓް ހަައުުސް އަށް ވެސް އާ ކަމެއް ނޫނޭ. ތަމެން އެކި އެކި ސްޓޭޓްސް ތަކުގައި ތިބި އިދިކޮޅު ކްރިޓިކްސް އިން ދަގަ ކޯޓަށް. މަމެން ވައިޓް ހައުސް އިން ގަރާރަކަށް ފަހު ގަރާރެއް ފުލު ފުލުގައި ނެެރޭ ނަމެވެ. ސޯ މެނީ ތިންގްސް ވައިޓް ހައުސް ކޭން ޑޫ. ވީއާރ ޑައިންގް ޓު ނޯ ހައު ކޭޕެބުލް ޔޫ ސްޓޭޓް ގަވަރމެންޓްސް އާރ. ވީއާރ ސްޕީކިންގް ނައު. ބަޓް ލޭޓްލީ ސްޓޭޓް ގަވަރމެންޓްސް ޔޫ ޑޯން ނޯ ވިޗް ޕޭޖް އާރ ޔޫ އޮން.. އިޓްސް އަ ޓްރެޖެޑީ ނައު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454