މީހަކު ނެޓްފިކްސް ބޭނުން ކުރަނީ.
25 ޖެނުއަރީ 2025 - 07:59
މި އަހަރުގެ އޮސްކާ އެވޯޑުގައި އެންމެ ގިނަ ނޮމިނޭޝަން ލިބުނު ސްޓޫޑިއޯއަކަށް ނެޓްފްލިކްސް ވެއްޖެ އެވެ.
އޮސްކާގެ މި އަހަރު ނޮމިނޭޝަންތައް މިދިޔަ ބުރާސްފަތި ދުވަހު އޮސްކާ އެކެޑަމީން ވަނީ އިއުލާންކޮށްފަ އެވެ.
އެ ނޮމިނޭޝަންތަކަށް ބަލާއިރު ނެޓްފްލިކްސްގެ އެކި ފިލްމުތަކަށް ވަނީ 16 ނޮމިނޭޝަނެއް ލިބިފަ އެވެ. ދެން އެންމެ ގިނަ ނޮމިނޭޝަން ލިބުނު އޭޓުވެންޓީފޯ ސްޓޫޑިއޯއަށް ވަނީ 14 ނޮމިނޭޝަނެއް ލިބިފަ އެވެ. އަދި ޔުނިވާސަލް ސްޓޫޑިއޯސް އަށް ވަނީ 13 ނޮމިނޭޝަނެއް ލިބިފަ އެވެ.
މިފަހަރު އެންމެ ގިނަ ނޮމިނޭޝަން ލިބުނީ ނެޓްފްލިކްސް އިން ގެނެސްދިން ފްރާންސްގެ ފިލްމު "އެމިލިއާ ޕެރޭޒް" އަށެވެ. އެ ފިލްމަށް 13 ނޮމިނޭޝަނެއް ލިބިފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނު އޭޓުވެންޓީފޯ ފިލްމު "ދަ ބްރުޓަލިސްޓް"އަށް ވަނީ 10 ނޮމިނޭޝަނެއް ލިބިފަ އެވެ.
އޮސްކާގެ މި އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ގޮތުގައި 10 ފިލްމެއް ނޮމިނޭޓްވެފައިވެ އެވެ. އެއީ، "އަނޯރާ"، "ދަ ބްރޫޓަލިސްޓް"، "އަ ކޮމްޕްލީޓް އަންނޮން"، "ކޮންކްލޭވް"، "ޑޫން: ޕާޓް ޓޫ"، "އެމިލިއާ ޕެރޭޒް"، އައިމް ސްޓިލް ހިއާ"، ނިކުލް ބޯއިސް"، "ދަ ސަބްސްޓެންސް" އަދި "ވިކެޑް" އެވެ.
މި އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ އަންނަ މާޗު މަހުގެ ތިންވަނަ ދުވަހު ނިއު ޔޯކުގަ އެވެ. މިއީ މި އެވޯޑު ބާއްވާ 97 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓިލް
25 January 2025
އެހެންވިޔަސް ނެޓްފްލިކްސް އެބަ ޖެހޭ ދޫކޮށްލަން.