އިންޑިއާގެ މުމްބާއީ އެއާޕޯޓުން މީގެ ކުރިން އަތުލައިގެންފައިވާ ރަންތަކެއް: ރާއްޖޭން އިންޑިއާ އަށް ދިޔަ ފްލައިޓަކުން ވެސް ގިނަ އަދަދެއްގެ ރަން ފެނިފައިވާ ކަމަށް ވަނީ ބުނެފައި.
26 ޖެނުއަރީ 2025 - 09:30
ރާއްޖޭން އިންޑިއާގެ މުމްބާއީ އަށް ދިޔަ މަތިންދާބޯޓެއްގެ ފާހާނާގައި ގިނަ އަދަދެއްގެ ރަން ފޮރުވައި، އެ ތަކެތި ވަގަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ މީގެ ތިން ހަފްތާ ކުރިންނެވެ.
އިންޑިއާ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން ބުނި ގޮތުގައި ހައްޔަރުކުރި މީހާ އަކީ ކަރްނާޓަކާގެ، އުމުރުން 24 އަހަރުގެ މީހެއް ކަމަށްވާ އިނާމުލް ހަސަން އެވެ.
އޭއައިޔޫ އިން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ބޯޓު ފާސްކުރި އިރު 2.1 ކްރޯ (3.7 މިލިއަން ދިވެހި ރުފިޔާ) ގެ ރަން ހުރި 13 ޕައުޗް ފެނުނީ މަތިންދާބޯޓުގެ ފާހާނާގެ ލައިޓް ޕެނަލެއްގެ ތެރެއަށް ލާފައި ހުއްޓާ ކަމަށެވެ. ބޯޓު ފާސްކުރަމުން ދިޔަ ވަގުުތު އިނާމުލް ހަސަން ވެސް ވަނީ އެއާޕޯޓް ތެރެއިން ހިފަހައްޓައިފަ އެވެ.
މި ރަންތައް ނަގައި، އެއާޕޯޓުން ބޭރަށް ގެންދިއުމަށް ހަވާލުވެފައިވަނީ އެއާޕޯޓުގެ ސްޓާފުންގެ ބަޔަކާ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސްގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. މި ރަންތައް ހުރީ ކޮން އެއާލައިނެއްގެ ފްލައިޓެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ.
"އިނާމުލް ހަސަން ވަނީ މަތިންދާބޯޓުގެ ފާހާނާ ތެރޭގައި ރަން ފޮރުވި ކަމަށް އެއްބަސްވެފައި،" ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
އޮފިޝަލް ވިދާޅުވެފައިވަނީ އެ މީހާ ރަން ހޯދީ ކޮންތާކުން ކަމާއި އެއީ ކާކަށް ގެންދާ އެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ދާދި ފަހުން އިންޑިއާގެ ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސުން ވަނީ އިންޑިއާއަށް ރަން އެތެރެކުރުމުގައި ބައެއް ފަސިންޖަރުން ބޭނުންކުރާ ގްރޫޕެއް ފަޅާއަރުވާލައިފަ އެވެ. އިންޑިއާއަށް އައުމަށް ފަހު އެމީހުން މަތިންދާބޯޓުގެ ކުނި ވަށިގަނޑަށް ރަންތައް އެޅުމުން އެއާޕޯޓުގެ އެހެން ސްޓާފަކު އެ ނަގައި އެންމެ ފަހުން ގެންގޮސް ހަވާލުކުރަނީ މިކަމުގެ އަޑީގައި ހުންނަ އަންހެނަކާ ކަމަށް އިންޓެލިޖެންސުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުޖީ
26 January 2025
މާލޭގައި ތަންތަންކޮޅުގައި އިލެކްޓްރޯނިކް ސާމާނު ވިއްކަން ފިހާރަ ހަދައިގެން އެ ތިބެނީ ތީގެ ގުރޫޕްތައް. ހުވާ މިބުނީ. އެމީހުން ކުރާ ވިޔަފާރިން ދުވާލަކަށް 100 ރ ނުލިބޭ ތަންތަން ހުރޭ. ދިވެހި ފުލުހުން މީން މީހަކު ކުރާކަމަށް ފާރައެއް.ނުލާނެ.
އިސްމާލި
27 January 2025
ބޭބޭ. އެއްވެސް މައްސަލަ ނެތީ. ދިވެހި މީހާ ކަންނެތް ވަނީމަ ދެން ބޭރު މީހާ މަސައްކަތް ކުރަނީ. ދިވެހި މީހާ ފިހާރަ ހުޅުވަން ބޭނުންވަނީ 7 އޮފީހުގެ ހުއްދައާ، 5 ވައްތަރުގެ ޕާމިޓް އާއި ފުރޭތައިގެ ދަތެއް. ބޭރު މީހާ ފިހާރަ އާ ކަޑަ ހުޅުވަން އެވެސް ހުއްދަ ބޭނުން ނުވަނީ. ދެން ބޭރު މީހާ ޕާސްޕޯޓް ގެއްލުވާލީމަ، އިމިގްރޭޝަން އެއްވެސް މައްސަލަ ނުހުންނަނީ.
ތެފައާސާ.
26 January 2025
ރަންކޮޅު ގެއްލި ދިއައަސް ރަންބިސްއަޅާ ކުކުޅު ގެއްލިދިއަނުދީ ވޭތޯ ބަލާތި!!!
މުޑަހަންޖާ
26 January 2025
ރާއްޖޭ ރަށްރަށުގައިހުރި ހަވިއްތައާއި ހައްތެލިފަދަ ތަންތަން ކޮނެގެން އިނގިރޭސި ގުރޫޕު އެއްވެސް އެއްޗެއް ގެންދިޔަތޯ ރަނގަޅު ތަހުގީގެއް ހިންގަންޖެހޭ. އެވަރުގެ މަސައްކަތެއް ބަޔަކު ކޮށްފަހުރީ ހިރިގާބުރިއެއް ފޮރުވަންކަމަށް އެދައްކާ ވާހަކަ އަހަރެމެނަށް ގަބޫލުކުރަން ދަތި.
އަބްޑޫޅް +
27 January 2025
ހައްތޭލި ހުރީ ހައްދުންމަތީ ގަމުގަ، އިގިރޭސީން ތިބީ އައްޑު އަތޮޅު ގަމު ގައްޔާއި، އެ އަތޮޅުގެ ހިތަދޫގެ މާމެންދޫ އަވަށުގައި، އިން ޖަހާ ވަކިކުރެވިފައި އޮތް ސަރަހައްދެއްގައި. ތިލަދުންމަތީ ކެލައި ގައިވެސް، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، އިގިރޭސީން ތިބި. އަދި، މާލެ އަތޮޅު ދޫނިދޫގައިވެސް ދެ އަހަރެއްހާ ދުވަހު، އިގިރޭސީންގެ އޮފީހެއް ހުރި. މިއިން އެއްވަސް ތަނެއްގައި ހަވިއްތައެއް ވެސް، ހައްތޭއްޔެއްވެސް ނެތް. ތޮއްޑޫ ދާގަބަ ކޮނުނީ ދިވެހީން.
ހަމްދާ
26 January 2025
ފުލޭޓަށް އެރުވީ ކިހިނެއްބާ
ބިޑިގޭޓްސް
26 January 2025
ރަނޭ ބުނާ އިރަށް ބޮޑު ކަންތައްގަނޑަކަށް މިވަނީ ކީއްވެކަން ކަލޭމެންނަށް އިނގޭތަ. ރަނަކީ މަސްތުވާ އެއްޗެއް ނޫން.
އަބްޑޫޅް +
27 January 2025
ޅެންވެރިޔާ ލިޔުއްވެވީ: މާއަލި އެއްޗެއް ވަށްވަށް އެއްޗެއް ވާ އެދި އެންމެން ހުދުހުދު އެއްޗެއް ވާހަލު ހިތްތަން މާ މޮޅު އެއްޗެއް، ބާވަ މީދެން ކޮން އެއްޗެއް؟ މަޝްހޫރު ޅެންވެރިޔާ އަދި އުއްތަމަފަނޑިޔާރު، ބޮޑުފެންވަޅުގޭ ސީދީ އެ ލިޔުއްވީ ސިލޯނުގަ ބޭނުން ކުރެވުނު، އިގިރޭސީންގެ ރިހި ރުފިޔާ ގެ ވާހަކަ. ދިވެހިރާއްޖޭގަވެސް، 1948 ވަނަ އަހަރާ ޖެހޭންދެން، ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލާރީގެ އިތުރުން، ނުރަސްމީ ގޮތުގަ، އިގިރޭސީންގެ ރިހިރުފިޔާ ބޭނުން ކުރެވުނު.
ކަންޒޫރީ
26 January 2025
ތިޔަ ރަނަކީ ރާއްޖޭގެ އެއްޗެއް ތިޔަމީހުން ވަގަށް ބޭރުކުރީ. އަނބުރާ ރާއްޖެ ގެނޭ ތި ރަންތަަށް.
ކުލްޖާސިމްސިމް
26 January 2025
އަސްތާ... ކަނޑުއަޑި ދިރާސާ ކުރަމުން ކުރަމުން ރަންވަޅެއް ފެނުނީ ތޯއްޗެއްނު ރާއްޖެއިން
ފެގު މަނާ
26 January 2025
ރަން އެތެރެކޮށް ބޭރުކުރިޔަސް ސިގިރެޓް އެއް ނުކެރޭނެ ކަސްޓަމު ބޭކަލުންނަށް ނޭނގި ވައްދާކަށް. ރަނަށްވުރެ އަގުބޮޑު ނުރައްކާ އެއްޗެއް ފެގަކީ.
ހަސަން ކުރުސީ
26 January 2025
ރަން ފެނުނީމާ މަށަށްދަނީ އެހެންކަހަލަގޮތެއްވެގެން.
ރާވެރިބެ
26 January 2025
ލަފާކުރެވެނީ ސިއްރުން ރަން ޕްރޯސެސްކުރާ ވަގު ކާރުޙާނާއެއް ރާއްޖޭގެ ކޮންމެ ވެސް ރަށެއްގަ ހުރީ ކަމަށް. އެހެން ނޫނީ ދުބާއީގަ ތިބޭ ބައިނަލް އަގުވާމީ ސްމަގްލް ކުރާ ނެޓްވާރކަކާ ގުޅިގެން ކުރާ ވަގު ވިޔަފާރިއެއް ކަމަށް. ފިލްމެއް ކުޅެން ރަގަޅު ސްޓޯރީ އެއް.