އޭސީސީ އަށް އަލަށް އައްޔަން ކުރެއްވި އަހުމަދު ނާޝިދާއި އަބްދުﷲ ނާޝިދު މިއަދު މަގާމުގެ ހުވާކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
26 ޖެނުއަރީ 2025 - 12:22
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާ ދެ މެންބަރަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ ދެ މަގާމަށް އައްޔަން ކުރެއްވީ މއ. ގޯލްޑެންމޫން އަހުމަދު ނާޝިދާއި ރ. އަލިފުށީ، ފަސާނާ އަބްދުﷲ ނާޝިދެވެ. އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގަ އެވެ.
އެހެންވެ، ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެ ދެ ބޭފުޅުން އޭސީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
އޭސީސީ އަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުން ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި މިއަދު މަގާމުގެ ހުވާކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ޕޮލިސް ބޯޑުގެ މެންބަރު ކަން ކުރައްވާފައިވާ އަހުމަދު ނާޝިދަކީ ކުރީގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަން ކުރައްވާފައިވާ އަބްދުﷲ ނާޝިދު ވަނީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލް ކުރައްވައިފަ އެވެ.
އޭސީސީ އަށް އަލަށް ދެ މެންބަރުން އައްޔަން ކުރެއްވީ، އެ ކޮމިޝަންގެ ނައިބު ރައީސްކަމުގައި ހުންނެވި އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ މެންބަރުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މަޖިލީހުން ބަލަން ފަށާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫސާޅޫ
26 January 2025
އަނެއްކާ ޕޮލިސް ބޯޑުގައި އުޅުނު ނާސިއްޕެ. މިއީ ކޮންމެ ސަރުކާރެއްގައި ބޯޑުތަކުން މުސާރަނަގައިގެން އުޅޭ މީހެއް.
ސައިމާ
26 January 2025
ލީކޭޖް ބޮޑުކަމަށް ބުނާ އާސަންދައިގެ މެނޭޖަރަކަށް އުޅުއްވުމަށްފަހު އޭސީސީ އަށް ވަޑައިގަތަސް، ނާޝިދާއި ގާނޫނީގޮތުން ނުހަނު ގާތް ކަބަލަކު އާސަންދައިގެ ބޯޑަށް އެހީތެރިވާ މީހެއްގޮތުގައި ހުންނަވާކަމަށްވޭ…
މަސްމާ
26 January 2025
ނާގާބިލް، އަހްލާގްދަށް މީހުން މަގާމްތަކަށް އައުން މިއީ ގައުމުތަކުގެ ނިމުން.