ބައެެއް ކައުންސިލްތަކަށް ފަޅު ރަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
27 ޖެނުއަރީ 2025 - 13:18
ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް ކައުންސިލުތަކަށް ފަޅު ރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީ އާއި ރަށްރަށުގެ ކައުންސިލުތަކަށް ލިބޭ އާމްދަނީގައި ބޮޑު ފަރަގެއް ހުންނާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީން މާލޭގެ މުނިސިޕަލް ގިނަ ހިދުމަތްތަކެއް ދެވޭނެ ކަމަށާއި އެކަމަކު އެފަދަ އާމްދަނީއެއް ލިބެން ނެތް ރަށްތަކުގެ ކައުންސިލްތަކަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެއިން ލިބޭ ހިދުމަތްތައް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ލިބުމަކީ ރައްޔިތުން އުއްމީދުކުރާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ ހާލަތު ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި އެކަންކަން ކުރުމުގައި ކައުންސިލުތަކާއި ސަރުކާރުން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަޅު ރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ރ. އިނގުރައިދޫ ކައުންސިލަށް ފަޅު ރަށަކާއި ދ. އަތޮޅު ކައުންސިލަށް ދެ ފަޅު ރަށުގެ އިތުރުން ލ. މާވަށު ކައުންސިލަށް ފަޅު ރަށެއް ހަވާލުކޮށްފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ގިނަ ކައުންސިލުތަކުން ފަޅު ރަށްތައް ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން 28 ރަށަކަށް ފަޅު ރަށް އެވޯޑުކުރަން ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދ. އަތޮޅު ކައުންސިލަށް ފަޅު ރަށް ހަވާލުކުރުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާދަމް ޝަރީފު އެދިވަޑައިގަތީ ކައުންސިލްތަކާއި ރަށްތަކުގެ ރައްޔިތުންނަށް ވެސް ރަށްރަށަށް ފައިދާވާނެ މަސައްކަތެއް އެ ރަށްތަކުގައި ކުރުމަށެވެ. އަދި ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ލާމަރުކަޒު ކުރުމުގައި އެންމެ މުހިއްމު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިހާތަނަށް އައިއިރު ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް، އެ ނިޒާމު ހަރުދަނާ ކުރުމުގައި މިވަގުތު އޮތް އެންމެ ބޮޑު ނަސީބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެކަމުގެ ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމެވެ.
ރައީސަކީ ހަތް އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓަރުކަން ކުރައްވައި އަދި މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ބޭފުޅަކަށް ވުމުން ލާ މަރުކަޒު ކުރުމުގައި ފަސޭހަވެފައިވާ ކަމަށް ވިދާޅުވި އެވެެ.
"ކަންކަން ގެންދަން ޖެހޭނެ ގޮތާއި ލާ މަރުކަޒީ ނިޒާމުގައި ކަންކަން ފަހިވެގެން އަންނަންވާނެ ގޮތް ވަަރަށް ރަނގަޅަށް ތަޖުރިބާ ކުރައްވާފައި ހުންނެވި އަދި ގައުމަށް ފައިދާ ހުރި ގޮތުގައި ލާމަރުކަޒީ ނިޒާމު ހިންގޭނެ ގޮތް އެނގިވަޑައިގަންނަވާ ފަރާތަކީ ރާއްޖޭގެ ރައީސް ޑރ. މުއިއްޒު،"
ލާމަރުކަޒީ ނިޒާމެއްގައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދޭންޖެހޭ ކަމަށާއި އަދި ރާއްޖޭގެ ރަށްރަށުން ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖެއްސީ ވެސް އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަންބެ7
28 January 2025
މާލީގޮތުން ބާރުވެރި ކުރެވޭހާ ހަރުދަނާކަމެއް ކައުންސިލްތަކަކު ނެތް، އަދި ގައުމަކުވެސް ނެތް. ބަލާބަލަ ކަލޭމެނަށް ވެރިކަން ދިނީމާ އުޅޭ ދޯދިޔާ ދޯހަޅި ގޮތް. ހުސް ސިޔާސީ މަގާމު. ވީކަމެއް ނެތް. ދެން އެ ވިސްނީ މިފްކޯއިން މަސްދަޅުބަހަން. ބަލަ މީތަ މާލީ ހިންގުންތެރިކަމަކީ؟ ދައުލަތުގެ ކުންފުނިތައް ބްލީޑް ވާއިރު، އިކޮނޮމީ ވަތަކުތޯ ޖެހެމުންދާއިރު، ދެން ކޮން މާލިއްޔަތެއްގެ ބާރުވެރިކަމެއްގެ ވާހަކައެއް ތި ދައްކަނީ.
އަހްމަދު 12
28 January 2025
ފައިނު ބޮޑައިބެ
ސީނުން ސިޓީ
27 January 2025
މޭޔަރު ވޯޓުހޮދަން މާލެ ސަރުކާރޭކިޔަމުން އެބަދޭ
ސަސި
27 January 2025
ކޮންމެވެސް މޮޅު އެއްޗެއްކިޔާފަ ހަބަރެއް ހަދާލަންވާނެ
އެދުރު ބެ
27 January 2025
ހެޔޮނުވާނެ ތިކަން ކުރަން. ފެންކޮޅަކާނުލާ ދިރުވާލާނެ ތި ލާރިތައް. ރައްޔިތަކަށް ހިލަމެއްވެސް ނުވާނެ. ސަހަރޯ
މާޒީ އަމީން
27 January 2025
ސިވިލްސަރވިސްގެ ނަރުހުންނަށް 20000ރ އާ 35000ރ އާދެމެދުގެ މުސާރައެއް. ޓީޗަރުންނަށް 18000ރ އާ 25000ރ ދެމެދުގެ މުސާރައެއް، ޕްރިންސިޕަލުންނަށް 35000ރ މެޖިސްޓްރޭޓުންނަށް 30000ރ، އެކަމަކު ކައުންސިލްތަކާ އެހެން އޮފީސްތަކުގެ އިދާރީ މުވައްޒަފަކަށް އެންމެ 7000ރ ، ވެރިން މިކަމާ މެދު ވިސްނާ ޚިދުމަތްދޭންތިބި މުވައްޒަފުންގެ ޙައްޤުތައ ްފުރަތަމަ ހޯދައިދޭވެ. އަރާމުގައި ފުދިގެން ނުދަރާ އުޅެންޖެހޭނީކީ ހަމައެކަނި ޓީޗަރުން، ނަރުހުން ގާޒީންނެއް ނޫނެވެ.
މުލޭ
27 January 2025
މުސާރައިގެ ކުޑަބޮޑު މިން ބިނާވަނީ މަސައްކަތުގެ ބާވަތަށާއި މަސައްކަތުގެ ހުނަރުގެ މައްޗަށް. ކޮންމެ މީހަކަށް ނުވަތަ ގިނަ ބަޔަކަށް ކުރެވޭ މަސައްކަތްތައް ކުރާ ވަޒީފާތަކުގެ މުސާރަ ޢާންމުގޮތެއްގައި ކުޑަަވާނެ. ނަރުހުންނާއި ޓީޗަރުން ކުރާ މަސައްކަތް ކޮންމެކޮންމެ މީހަކަށް ނުކުރެވޭނެ. އެކަންކަންކުރަން މުހިންމު ހުނަރުތަކެއް ވެސް ބޭނުންވޭ. އެހެންވީމަ ނުސާރަވެސް ބޮޑުވާނެ.
ނަރުހުން
28 January 2025
ނަރުހަކަށް ނުވަތަ ޕްރިންސިޕަލަކަށްވާން އަވަހަށް މަސައްކަތް ފަށާ.
ބަޑިތަކުރު
27 January 2025
މާލީގޮތުން ބާރުވެރިވާ ވަރަކަށް ހިނާ ކަންކަން ނޫސްތަކުން މިހިރަދަނީ ފެންނަމުންނެވެ. މިކަންކަން މިބޭބޭފުޅުންނަށް ހަމަ ނޭނގެނީބާވައެވެ.
ރާވެރިބެ
27 January 2025
ކައުންސިލްތަށް މާލީގޮތުން ބާރުކުރުވޭނީ ފުރަތަމަ ކަމަކަށް ދައުލަތުގެ ފައިސާއަށް ޒިންމާވާން ދަސްކޮށްދީގެން. އަދި ފައިސާއަކީ ރައްޔިތުންގެ ފައިސާކަން ދަނެގެން އެއަށް އަމާނާތްތެރިވެ ހަރުދަނާ ކަމާ އެކީ ޙަރަދުތަށް ބަލަހައްޓަން ދަސްކޮށްދީގެން! ބާރުވެރިކުރާށޭ ކިޔާފަ ބައިވަރު ފައިސާތަކެއް ދިނަސް ނަތީޖާއެއް ނުފެންނާނެ. ބައެއް ކައުންސިލްތަކަށް ހީވާކަހަލަ ކައުންސިލް ބަޖެޓަކީ އެމީހުން ހިތަށް އެރިގޮތަކަށް ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް! ރަގަޅު މަގު ދައްކަވާ!
ކަބީ ކަބީ
27 January 2025
މިސާލަކަށް ކައުންސިލުން ދަނޑު ގޮވާންކޮށް ހެދިކާ ހަދާ ވިއްކާއި ގެން ވެސް މާލީގޮތުން ތަނަވަސް ވާނެ އުތަ؟
ޓިސްކު ޓިސްކު
27 January 2025
މިހާރު ތި ދައްކަނީ އިބޫ ދައްކާ ކަހަލަ ވާހަކަ