މިދިޔަ އަހަރު ފިތުރު އީދަށް ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ޖޫން 2025 - 11:50
ކުރިއަށް އޮތް ބޮޑު އީދުގެ އުފާފާޅުކުރަން، މާލޭގެ އިތުރުން 65 ރަށް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީން ގުޅިގެން ފަށައިފި އެވެ.
ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.
އޭގެ ފަހުން މުޅި ރާއްޖޭގައި ކުލަ ގަދަކޮށް އީދުގެ އުފާފާޅުކުރަން ލައިޓްތަކުން ދިއްލަ އެވެ. މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ސަރުކާރުގެ ހަރަދުގައި 65 ރަށެއް ވަނީ ދިއްލައިފަ އެވެ.
މިދިޔަ އަހަރު އީދު ލައިޓު ހަރުކުރުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ފިތުރު އީދަށް ކުލަބޮކިތައް ފޮނުވި ހުރިހާ ރަށެއް ބޮޑު އީދުގައި ދިއްލަން ނިންމާފައިވާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލަން ލައިޓް ހަރުކުރުމުގެ މަސައްކަތް މިިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި މިނިސްޓްރީގެ މުވައްޒަފުންނެވެ.
މިދިޔަ އީދުގައި ވަނީ ޖުމްހޫރީ މައިދާން ސަރަހައްދާއި މާލޭގެ އެކި މަގުތައް ލައިޓްތަކުން ދިއްލައި ޒީނަތްތެރިކޮށްފަ އެވެ. އަދި ތަފާތު ޑިޒައިންތަކަށް ހަދާފައިވާ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކާއި މާލޭގެ ޖުމްހޫރީ މައިދާން ޒީނަތްތެރިކުރި އެވެ.
މިދިޔަ އަހަރު ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން ހުޅުމާލެ ދިއްލާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަހަރު މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މިދިޔަ އީދުގައި ވަނީ ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތް ވެސް ބާއްވައިފަ އެވެ.
މި އަހަރު ރަސްމީކޮށް އީދު ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ ތިން ރަށެއްގަ އެވެ. އެއީ ހއ ކެލަ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަންކަން
02 June 2025
ބޭކާރު ހަރަދުތައް ކުރުމުގެ ކުރިން ފަލަސްތީން ގެ މުސްލިމުން ގެ މަތިން ހަނދާން ކޮށްދެމެވެ
ޒަރާ...
01 June 2025
މިރަށުގެ ބޮކިތައް ވާރެއާއި އަވީގައި ބަހައްޓާފަ ހުރީމަ ހަލާކުވެފައި. އަޅާލާނެ ފަރާތެއް ނެތް. ކައުންސިލް ނިދާފަ
އަބްޑޫޅް +
01 June 2025
ހޫމް. ފުރަމާލެ ދިއްލަން ޖެހޭނެ. ބީރަށްޓެހި ރަށްފުށުގަ، ފިއްލެޔޮ އެޅި ފުޅިބައްތި ދިއްލައިލީމަ އެވީ.
ވަކަފޫޅު
01 June 2025
ތިވާހަކަގެ ސުރުޚީވަރަށް ފަލަވާނެ. އެކަމަކު ތިބޮކިތަައް ގަންނަން ދިޔަޚަރަދެއް، ހަރުކުރަން ދިޔަޚަރަދެއް، ކަރަންޓަށް ދިޔަޚަރަދެއް ގިޑިގެތަކުގެ ޚަރަދުގެ ތަފްސީލް މީހަކު ހޯދަން އުޅެފިއްޔާ ނުއެއްލިބޭނެ. ގައުމީސަލާމަތާ ބެހޭކަމަކަށް ވެގެން ހާމައެއްނުކުރެވޭނެ. ނޫނީ އަމިއްލަބަޔަކު ކުރިޚަރަދަކަށްވެފާ އެމީހުން އެކަންހާމަކުރާކަށް ބޭނުންނުވާނެ.
ކޮސް
01 June 2025
ހުރިހާތަނެއް އެއްވިއުގައަކުން ގުޅުމުގެ ޤާބިލުކަން ނެތިސް އެކަން ކުރުމުން ނިކުންނާނެ ނަތީޖާ މިއީ. ދެން ވިދާޅުވާނެ ކަރަންޓަށް ސުޓެލްކޯއިން ގެނައި ބަޤާވާތެކޭ މިއީ.
ލުބުނާ
01 June 2025
ބ. ކެންދޫއައް ބޮކިފަތި ފޮނުވައި ދީބަލަ.
ޗޫޤީ
01 June 2025
އީދުގައި ދިއްލާ ބޮކިތަކަށް އީދުގެ ފަހުން އިންޖީނުގެއިން ބިލްކުރާނެކަންވެސް ދަންނަންވާނެ. ވީމާ އީދަށް ބޮކި ދިއްލާއިރު ވީހާވެސް ޚަރަދު ކުޑަކޮށް ދިއްލުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވަން.
މުއުމިނުޖިންނި
01 June 2025
ކުރިން އަަަރެމެން ކިޔަނީ އިބިލީސްް މީހުންނައް ވަސްވާދޭ ވާހަަކަ. މިހާރު އިބިލީސް އައްވުރެ ކުރީގަ އިންސާނުން އުޅެެނީ ވަސްވާސް ދިނުމުގަ