އަބްދުއްރަހީމާއި ފައިސަލް ޕީއެންސީގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ: ފައިސަލް ކުރެއްވީ އިހްލާސްތެރި މަސައްކަތްތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވޭ --- ފޮޓޯ/މިހާރު
28 ޖެނުއަރީ 2025 - 14:23
ޓޫރިޒަމް މިނިސްޓަރު ކަމުން މިއަދު ވަކިކުރި އިބްރާހިމް ފައިސަލަކީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ނަތީޖާ ނެރެދެއްވި ބޭފުޅެއް ކަމަށް އޭނާގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިދުމަތް ކުރެއްވީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ.
"ހިދުމަތް ކުރީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު. ނަތީޖާ ނެރެދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި. މާތް الله ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރު ކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފައިސަލް ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް އޭނާ ވަކި ކުރެއްވިކަން އެންގެވި ސިޓީގައި ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.
ރައީސްގެ އެ ނިންމެވުމާއެކު، ރައީސާއި އަބްދުއްރަހީމްއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑުތައް ވަނީ ގަދަވެފަ އެވެ. މިކަމާ ގުޅިގެން އަބްދުއްރަހީމް އަދި ފައިސަލްގެ ބަހެއް ހޯދަން ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ފައިސަލަކީ މި ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެ ބޭފުޅެއްގެ ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދައި، ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ބޭފުޅާ އެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ރައީސް މުއިއްޒުގެ ކެމްޕޭންގައި އެންމެ އަރިހުގައި އުޅުއްވި އަބްދުއްރަހީމްގެ ދަރިކަލުންނަށް ވީތީ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވި އެވެ.
އެކަމަކު ފައިސަލް ވިދާޅުވެފައިވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ އަބްދުއްރަހީމުގެ ދަރިއަކަށް ވެގެން ނޫން ކަމަށެވެ. އަދި ޓޫރިޒަމް ފަދަ ދައުލަތަށް މުހިއްމު މިނިސްޓްރީއެއްގެ ޒިންމާތައް ރައީސް ހަވާލު ކުރެއްވީ އެކަން ކުރެވޭނެ ކަމުގެ ގާބިލްކަމާއި ޒިންމާ އުފުލޭނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަރު ސިޔާސީ މަސައްކަތުގައި އުޅުއްވި ފައިސަލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ފައިސަލް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ވަޒީރުކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދިވެހި ޒުވާނުން ޓޫރިޒަމް ދާއިރާ އަށް ވައްދައި އެ ދާއިރާއިން ކާމިޔާބު ވިޔަފާރިވެރިން އުފެއްދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައްޓު
29 January 2025
ކިތަންމެ ވަރަކަށް ތިހެން ކިޔަސް ޓުއަރިޒަމް މިނިސްޓަރު ފައިސަލް އިހުލާސްތެރި ނަމަ މިއަދު ވަޒީފާއިން ވަކި ނުކުރާނެ. އެހެން ނޫނަސް ފައިސަލް ގައިގަ ކޮލިޓީ ނެތްކަން އިނގިއްޖެ ފުރަތަމަ ދުވަހުން ފެށިގެން
ޖިންޓެ
29 January 2025
ބަލަ ސިޔާސީ މަސައްކަތް އަހަރުންވެސް ކުރީމޭ މި ވެރިކަން ގެންނަން. އޭގެ މާނައެއް ނޫނެއްނު މަ ކަހަލަ ނުކިޔަވާ ހުރި މީހަކަށް މިނިސްޓަރު ކަން ދޭށޭ. އަބްދުއްރަހީމް ކަލޭ ހަމަތަ؟
ޕިއްޒާ
29 January 2025
ކިޔަވާއިގެން ތިބެ ރައްޔިތުންގެ އައިޑީ ޖާޑުން ވައްކަން ކުރިން އަނެއްހެން އޯކޭ ދީ
ޒައިން ސައީދު
29 January 2025
ފައިސަލް އިހުލާސްތެރި ކަމާ އެކީ މަސައްކަތް ކުރާނެ ގޮތެއް ކިޔާލަދީބަލަ؟ އޭނަ ކައިރީގަ އަހާބަލަ އިހްލާސްތެރި ސްޕެލިންގ އިނގޭތޯ؟ ޔަގީން ނޭގޭނެ
އަބުދުލް ޤާދިރު
29 January 2025
ތިމާގެ ދަރި ތިމާއަށް ދޮންފުތު ވުމަކީ ގޯހެއްނޫން.
މުނާޔާ ހަނާ
29 January 2025
ފައިސަލް އިޚްލާޞްތެރިކަމާއެކު ކުރީ އޭނާއަށް ކުރެވޭވަރުގެ މަސައްކަތް. ބަޔަކު މަސައްކަތް ކުރީމާ ސޮއިކޮށްލާފަ ދިނުމަކީ މަސައްކަތަށް ޤާބިލު ވުމެއްނޫން. ބޭރުޤައުމުތަކަށް ކުރާ ދަތުރުތަކުން އެނގެނީ ފައިސަލް ޤާބިލު ނޫންކަން. ދުނިޔޭގެ ކުރިމަތީ ޤައުމު ބޭޒާރުވާކަށް އަބަދަކު ރައީސް ނޭދޭނެ. ފޮރިން މިނިސްޓްރީ މުވައްޒަފުންނަށް ފައިސަލްގެ ޤާބިލުކަން ތަޖުރިބާ ކުރެވިފައިވާނީ.
ކާކުބުނާނީ
29 January 2025
އަބަދުއްރަޙީމު ތިހެން ބުނި ނަމަވެސް ޤަބޫލުކުރާނެ ހަމަ އެންމެ ސިކުނޑިއެއްވެސް ނުހުންނާނެ. މިޤައުމުގައި މަޤާމްތަކަކީ ބަހާއެއްޗެއް. ކެބިނެޓް އިއުލާނު ކުރުމުގެ މާކުރިން ތިކަން ހަމަޖެހި ނިމިފައިވާކަން ޕާޓީގެ ބާރުހުރި މީހުންގެ ފަރާތުން ވަނީ ރައްޔިތުންނަށް އެނގި އެންމެން ދަންނަ ސިއްރަކަށްވެފައ. ފައިސަލަށް އެމަޤާމު ލިބުނީ ޢަބްދުއްރަޙީމުގެ ދަރިޔަކަށް ވީތީ. ބާރު ހުރިވަރުން. އެމްބަސީއެއްގައި ގެންގުޅުނޭވެސްކީ ޔާމީހުގެ ވެރިކަމުގައި. މިވެސް ހަމަ އެފަދަކަމެއް
ބާސިތު ފޮނަދޫ
29 January 2025
އަދުރޭ ވެސް ގަބޫލުކުރަން ވާނެ އަދުރޭގެ ދަރީގެ ކިބައިގައި، ޓުއަރިޒަމް މިނިސްޓަރު ކުރާނެ ފެންވަރެއް ނެތް ކަން. ބޭރު ގައުތަކަށް ކުރި ދަތުރު ތަކުގައި މީހުންނާއި ކުރާ މުއާމަލާތާއި ޓީވީ/ނޫސް ތަކަށް ދީފައި ހުރި އިންޓަވިއުތަކުގެ ފެންވަރު ބަލާލީމަ، ގާބިލު ކަމެއް ނެތްކަން އެގޭނެ.
ޖުއްބާ
29 January 2025
ތިކިޔާ "އިހްލާސްތެރި" ކަމާއެކު އަބްދުﷲ ޖާބިރުވެސް ނަތީޖާ ނެރެދިން.. އަދުރޭ ދެން އަވަހައް ތިހަދަން އުޅޭ ގަރުދިޔަ ޕާޓީ ރަޖިސްޓަރީ ކޮއްލާ. އޭރުން މަމެން ދުވެފަގޮސް ސޮއި ކޮއްލާނަން..
އަބޫ
29 January 2025
މުއްސަދިންގެ ބާރު, ޑޮލަރު ރަސްމީރޭޓުގައި މާރުކުރަންޖެހުނީމަ ކަމަށްވާނީ, ފައިސަލް ތިބޭފުޅާއަށް ރިސްކުގައި ކުރިއަސް d ރައްޔިތުންނަށް ފައިދާހުރި ނިންމުމެއްއެއީ, ޑޮލަރަށްޓަކައި ޤުރުބާންކުރެވުނު ކަންބަޅިއަކީ ފައިސަލްތާދޯ,
ކަމްސީ
29 January 2025
އަދުރޭ ގެ ދަރިފުޅު ވަކިވިޔަސް އަދުރޭގެ 200 ޕަސެންޓު ތާއީދު އޮތީ ރައީސަށް