"ނާޗާ" ޕްރޮގުރާމުގައި ބައިވެރިންނަށް މައުލޫމާތު ދެނީ.
29 ޖެނުއަރީ 2025 - 12:58
ޓްރީޓޮޕް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ނާޗާ" ޕްރޮގްރާމުގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް ބާއްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕްރޮގުރާމްގައި މާބަނޑު މީހުންނާއި އަލަށް ދަރިންނަށް ލިބިފައިވާ ފަރާތްތަކަށް މުހިއްމު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އެ ޕްރޮގްރާމަކީ ތަޖުރިބާކާރުންގެ އިރުޝާދާއި އަމަލީ ލަފާ މައިންބަފައިންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޓްރީ ޓޮޕްއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ނާޗާ ޕްރޮގުރާމުގެ ބައިވެރިން.
އެ ޕްރޮގްރާމުގައި ކުރިއަށް ގެންދިޔަ އިންޓަރެކްޓިވް ސެޝަންތައް ނަގައިދީފައި ވަނީ އެކި ދާއިރާތަކުގެ ތަޖުރިބާ ހުރި ޓީމަކުންނެވެ. އޭގެ ތެރޭގައި ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑރ. މުނުސްވާމީ ނާރާޔަން ސަމްޕަތާއި ކޮންސަލްޓަންޓް ނިއޮނޭޓޮލޮޖިސްޓް (އަލަށް ވިހާ ކުޑަކުދިންގެ ހާއްސަ) ޑރ. ސަރްފަރާޒް ރަފީގު އަހުމަދު މޮމޮން އަދި ޕީޑިއެޓްރިކްސް އާއި ފިޒިއޮތެރަޕީ އާއިޑާމަޓޮލޮޖީ އަދި ނާސިންގެ ދާއިރާގެ ތަޖުރިބާކާރުން އެ ޓީމުގައި ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާޗާ ޕްރޮގުރާމުގެ ބައިވެރިންނަށް ހާއްސަ ގިފްޓު ޕެކެއް ދެނީ.
އެ ޓީމުން ވަނީ ގާތުން ދިނުމާއި ވިހެއުމާއި ގުޅުންހުރި ކަންތައްތަކާއި އަލަށް ވިހާ ތުއްތު ކުދިން ބެލުމުގެ އިރުޝާދާއި މާބަނޑު ދުވަސްވަރުގެ ރިހުން މެނޭޖް ކުރުމާއި ވިހެއުމުގެ ކުރި އާއި ފަހުގެ ފިޒިއޮތެރަޕީ އާއި މައިންގެ ހަމުގެ ފަރުވާ އަދި ތުއްތު ކުދިން ފެންވެރުވުމާ ގުޅޭ މައުލޫމާތު ދީފަ އެވެ. އަދި އެ ސެޝަންތަކުގެ ބައިވެރިންނަށް އެ ދާއިރާތަކުން ސުވާލު ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެގޮތުން އެ ހަރަކާތްތައް ނިންމާލާފައިވަނީ ވެސް ޑރ. މުނުސްވާމީ ނާރާޔަން ސަމްޕަތު އަދި ޑރ. ސަރްފަރާޒް ރަފީގް އަހުމަދު މޮމޮންއާ އެކު ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނަކުންނެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ އާއްމުންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އުފެއްދުމަށް މިފަދަ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ހޮސްޕިޓަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވިސްނާ
29 January 2025
"ނިއޮނޭޓޮލޮޖިސްޓް (އަލަށް ވިހާ ކުޑަކުދިންގެ ހާއްސަ) ޑރ." އަޅެ ހެޔޮ ނުވާނެ. ކީކޭތަ މި ކިޔަނީ؟ މަ ބޮލަކަށް ނުވަން އެއްގޮތަކަށް ވެސް. ބަލަށް ވިހާ ކުޑަކުދިން ވެސް ތިބެނީބާ؟