ހއ. އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް އިފްތިތާހުކުރަނީ. --ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 18:32
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ހއ. އިހަވަންދޫން ލިބޭނެ އިންތިޒާމު ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.
އާބާދީގައި 3،000އަށްވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
އެ ޖަލްސާގައި ވަނީ އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭޓީއެމްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސޮބާހާއި އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހިމް ސުހައިލް އެވެ.
ސަރުކާރުން ވަނީ ޕާސްޕޯޓުގެ ހިދުމަތް މި އަހަރު މުޅި ރާއްޖެ އަށް ފުޅާކުރަން ނިންމާފައިވާކަން އިއުލާސް ކޮށްފަ އެވެ.
މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ:
- ހުޅުމާލެ 1
- ހުޅުމާލެ 2
- ވިލިމާލެ
- ލ. ފޮނަދޫ
- ދ. ކުޑަހުވަދު
- ރ. އުނގޫފާރު
އައިޑީކާޑުގެ ހިދުމަތްދޭ ރަށްތައް:
- ހުޅުމާލެ 1
- ހުޅުމާލެ 2
- ވިލިމާލެ
- ހދ. ކުޅުދުއްފުށި
- ހއ. ދިއްދޫ
ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު، މައުލޫމާތުގެ ރައްކާތެރިކަމާއި އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުއާ ޑޮކިއުމަންޓްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.
އެހެން ސަރުކާރުތަކަށް ވެސް އެކަން ނުކުރެވި އޮތީ އެފަދަ ގޮންޖެހުންތަކާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާ އެކު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް މިނިސްޓްރީއެއް އެކުލަވާލާފައި އޮތުމުން އެ މަގު ފަހިވެފައިވާ ކަަމަށް އިހުސާން އޭރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާ
30 January 2025
ރަށް ރަށުގަ އަޅަނީ ރައްޔޔިތުން ަޓެކްސް ފައިސާއިން ލަމައް ވަންޏާ މާލެ ރައްޔަތުން ނަށް ވެސް ލިބެން ބާނެ
ލޮންސި
29 January 2025
އެމަނިކުފާނު އެއިންނެވީ އައިޑީކާޑަށް ބަލަބަލާ.
އައްޕަތުރޭ
29 January 2025
ޕިއްޒާ ޕާޓީ ބާއްވަންވާނެ ދޯ؟
ފޭސް2 މީހާ
29 January 2025
ހުޅުމާލެ 2 ން އައިޑީ ކާޑާ ޕާސްޕޯޓް ހެއްދެނީ ކޮންތާކުންތޯ؟
އިހްސާސް
29 January 2025
ވިނަރެސް ފުލެޓުގަ... ސްޓޮކްމަން ފިހާރަ ކުރިމައްޗަށް ހުންނަ ވިނަރެސް ފުލެޓް ހިސާބު
އޮނަރަބްލް އަފީފު ދީދީ
29 January 2025
ލަދު ޙަޔާތް ކެޑުނީމާ އިންސާނާ ކޮންމެ ފަދަ ދަރަޖައަކަށްވެސް ވެއްޓިދާނެ. އެކާވީސް ވަނަ ޤަރުނުގައި "ހިދުމަތެއްގެ ގޮތުގައި" ރާއްޖޭގެ ރަށްރަށުގެ ރައްޔިތުނަށް މާލޭސަރުކާރުން މިދެނީ އައިޑީ ކާޑް އަދި ޕާސްޕޯޓް އެމީހުންގެ ރަށުން ހަދާލެވިދާނެ ކަމުގެ ވާހަކަ؟! މިފަދަ ކަންކަމުން އިގެނީ އަދިވެސް މާލޭސަރުކާރުން އެމީހުންގެ ރަށް ނޫން އެހެންރަށަކަށް އެއްވެސް ކަމެއް ކުރުމުގެ ވިސްނުން އަދިވެސް ނެތްކަން.
ގުއިއްޓެ
29 January 2025
ދެން އެއާޕޯޓެއްތަ އަޅައިދޭންވީ؟
އެކްސިް
29 January 2025
މިއީ ރާއްޖެ ޑިޖިޓަލް ނުކުރެވޭނެ ސަބަބު. ސިޔާސީ ވެރިން ބޭނުންވަނީ އެނަލޮގް. ރައްޔިތުން ބޭނުންވަނީ ކޮންމެ ރަށަކަށް އައިޑީކާޑު ޕްރިންޓަރަކާ އޭޓީއެމްއެއް.