ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 21:59
ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނީ ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ އެ ރަށަށް ވެފައިވާ ވައުދުތައް ހަނދުމަފުޅުގައި އެބަހުރި ކަމަށެވެ.
އެހެންވެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަކީ އަޒުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރަށު ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުމަށް ރައްޔިތުން އެދިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުން ނޫން ގޮތަކަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އެ ރަށު ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް ވެސް ގެންގުޅުއްވާނީ ހަމަ އެ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ކަން ކުރާ ގޮތް، ރައްޔިތުން ބޭނުންވާ ގޮތް އޮޅުން ފިލުވައިގެން، އެގޮތަކަށް އެކަން ކޮށް ނިންމައިދެވޭތޯ ބެލުން،" އެމަނިކުފާނު ވިދާޅުވި އެވެ.
އިހަވަންދޫގައި މިއަދު ވަނީ ހަ މަޝްރޫއުއެއް އިފްތިތާހު ކޮށްފަ އެވެ.
އެ ޖަލްސާގައި ވަނީ އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭޓީއެމްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފަ އެވެ.
އަދި އިހަވަންދޫގައި ހުންނަ ސިއްހީ މަރުކަޒުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް އާރްޑީސީއާ ހަވާލު ކުރުމާއި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފެށުމާއި ފިޝަރީޒް ކޮމްޕްލެކްސް އެއް އެޅުމަށް ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިދަ
30 January 2025
އިބޫ އަތުން ވޯޓް ކޮޅު ދަމައިގަންނަން އުޅުނު އިރު މައިކެއް އޮން ކޮށްފަ ނުބޭއްވޭ. ލިބުނުފަހުން ހީވަނީ ގަދަކަމުން ކަމެއް ހަވާލު ކޮށްގެން އުޅޭ ބަޔެއް ހެން.
ނާަޑުވާ
30 January 2025
ކަންކަން އޮޅުން ތިލުވަން 5 އަހަރު ނަގާނެ. އަމަލީ މަސައްކަތް ފެށޭނީ 2 ވަނަ ދައުރެއް ދީ އަދި އެ ދައުރު 10 އަހަރަށް ދަންމާލަދީގެން.
1 އަހަރާ 2 މަސް
30 January 2025
1 އަހަރާ 2 މަސްވީ އިރު ކޮންކޮން ވައުދެއްތޯ ފުއްދިފައި އޮތީ؟ އެވެސް މިތާ ޖަހާލިނަމަތާ.
އައްލާގެ ބެއްޔާ
30 January 2025
ރަށްޔިތުން ބޭނުންވާގޮތް ނުބަލާ ތަ ވައުދު ވީ؟؟؟ ރަށްޔިތުން ހީކޮށްގެން މިތިބީ ރަށްޔިތުން ކައިރިން އަހައިގެން އެމީހުން ބޭނުންވާ ކަންތައްތަށް ކަމަށް މެނިފެސްޓޯގައި ހިމަނާ ވައުދުވީ.... ދެން ދުވަސް ކޮޅަކުން ބުނާތި މިހާރު ރަށްޔިތުން ކައިރިން ގޮސް އެހި އިރު މެނިފެސްޓޯގައި ހުރި ކަންތަށް ރަށްޔިތުން ބޭނުމެއް ނޫނޯ.. ދެން އަލުން ރަށްޔިތުން ބޭނުންވާ ކަންތަކަށް މެނިފެސްޓޯ ހެދޭއިރު އޮންނާނީ 5 އަހަރު ނިމިފަ. ދެން އަނެއްކާ ވައުދު ވާން ވީ..
ސައިކޮޓަރި
30 January 2025
ނުފުއްދޭހާ ނަދަރުބުނަމުން މިފެއްޓީ ފަސްލަކުން އަމުދުން، އުފަންވީ ރާހިވެސް ބަލަމުން ހިފަން މުނިޔާ މަގޭ ދެއަތުން… ބަލަ ތިޔަ ވަޢުދުވީ އިރުވެސް ތިޔައީ ބިލާހެއްކަން ރައްޔިތުންނަށް ނޭގުނީތީ ދެރައީ…ކަންވެ ނިމި މިއަދު ރައްޔިތުންނަށް ރޭކާލިއިރު މިތިބީ މާ ހާލުގައެވެ. ސަލާމަތްވާން އެކަކުވެސް ނެތެވެ. ވެރިކަން ހޯދުމަށް އެއްމެ ބޮޑަށް އެހީވި މީހާވެސް މިއަދު ހުރީ ދެރަހީވެފައެވެ.
އިޤްތިޞާދު
30 January 2025
އަޅުގަނޑަކީ އިގުތިޞާދީ ދާއިރާގައި މަސައްކަތްކުރާ މީހެއް. އަޅުގަނޑަށް އެންމެ ރަނގަޅީ މިވަގުތު އެކި ކަންކަމަށް ވަޢުދު ނުވުން... ވަކި ވަރަކަށްވުރެ ދަރަނި ބޮޑުވެއްޖެޔާ އައްމިލަ ކޮންޓުރޯލު ގެއްލި އޮއިވަރުގައި ދަމައިގަނެގެން ގެންގޮސް އައްސޭރި އަތުނުވާ ހިސާބަށް ހިނގައިދާނެ... އެ ހިސާބެއް އެނގޭނީ ކަންވެ ނިމޭފަހުން. ކިތަންމެ ރައްޓެއްސަސް، އެއް ޤައުމެއްގެ ދަރަނި ދައްކަން އަނެއް ޤައުމެއްގެ ރިޒާވުގަ ހުރި ޑޮލަރު ދޭކަށް ބޭނުމެއް ނުވާނެ...
އެކަލޯ1
30 January 2025
ވޭތުވެ ދިޔަ 15 މަސްދުވަހު ވަރަށް ގިނަ ވައުދު ފުއްދިއްޖެ. ހަމަ އެކަނި ވުޖޫދުގައި އެކަންނެތީ. ލަދުން ބޯހަލާކު.
ހުސްދޮގު ހަދަނީ
30 January 2025
ވަޢުދު ނުފުއްދާ ބުނަންވީ ނޫންތޯ ރައްޔިތުން ބޭނުންވި ގޮތޭ!! މިއީ ބޮޑު އަރަތެއް!
ހިނި އިބްރާހިމްބޭ
30 January 2025
މިއީ އަޖައިބެއް ފަދަ ރައީސެއް! ދެން ވިދާޅުވޭ ރައްޔިތުން ވިދާޅުވީ ވަޢުދުތަށް ނުފުއްދާން ކަމަށް!
ޕިކުނިކު
30 January 2025
ބޭނުމެއް ނުވޭ އެ ހުރިހާ އެއްޗެއް ފުއްދާކަށް. މިއީ ސުވަރުގެޔެއް ނޫނިއްޔަ
ސަސި
30 January 2025
ކެމްޕޭނުގައި ވީ ހުރިހާ ވައުދެއް ފުއްދާފައެއްނޫންތަ އަލުން އެހެން ވައުދުތައް ތިޔަ ވަނީ