ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ހޯރަފުށީގެ ޖުވެނައިލް ހާފްވޭ ހައުސް ހުޅުއްވައިދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް
30 ޖެނުއަރީ 2025 - 10:03
ހއ. ހޯރަފުށީގައި ހުރި ޖުވެނަައިލް ހާފްވޭ ހައުސް (ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު) ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެެހެ އެވެ. ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނަށް ހަ އަހަރު ވެފައިވާއިރު ވެސް މުހިއްމު ދެ މަރުކަޒެއް ބޭނުމެއް ނުކުރެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދ. ކުޑަހުވަދޫގައި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސް އަޅައިފަ އެވެ.
އެކަމަކު، ކުޑަހުވަދޫ މަރުކަޒުގެ ހާލަތު ހުރި ގޮތުން ސަރުކާރުން ވަނީ ހޯރަފުށީގައި އެޅި ތަން ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކަށް މިދިޔަ އަހަރު ބަދަލުކޮށްފަ އެވެ.
ހާފްވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އިހްސާންއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ހއ. އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެން އެތަން ހުޅުވައިދެއްވީ އެމަނިކުފާނެވެ.
ރައީސްގެ އަރިހުގައި ވަޑައިގަތީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގެވެ.
އެ ސެންޓަރުގައި އަންހެން ކުދިންނަށް ހާއްސަ ބްލޮކަކާއި ފިރިހެން ކުދިންނަށް ހާއްސަ ބްލޮކެއް ހުރެ އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވެފައި ވަނީ ރެސިޑެންޝަލް ފަރުވާއަށް ފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ހާފްވޭ ހައުސްއަށެވެ.
ފުރަތަމަ މަރުހަލާ ފުރިހަމަ ނުކޮށް، އެ ނިޒާމުގައި ދެ ވަނަ ސްޓެޕް އަކަށް ނުދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ހާފްވޭ ހައުސް ބައްލަވާލައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
އޭނާ ވިދާޅުވީ އެ މަރުކަޒު ހުޅުވުމާ އެކު ރިސްކުގައި ތިބި އަދި އެންމެ އިސްކަންދޭން ޖެހޭ ކުދިން ނަގައި ރިހެބިލިޓޭޝަން ފަށާނެ ކަމަށެވެ. އެ ލިސްޓުގައި 200 އެއްހާ ކުދިން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ވެސް އެ ގާނޫނުން ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ވަނީ، "ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ" ގާއިމްކުރަން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބަލަހައްޓަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާނޭ
30 January 2025
ހިދުމަތް ދޭނެ ކުދިން ނެތް ކަމަށް ބުނެ އުވާލިތަނެއް ތީ މިސަރުކާރުން.ހަހަހަ
ރަށްއިތުމީހާ
30 January 2025
ހޯރަފުށީގަ މިދިޔަ ސަރުކާރުން ހަދާނިމި ހުޅުވަން ވެފަ ހުރި ބޮޓްލިން ފުލާންޓް ވެސް ހުޅުވި ނަމަ ދޯ.
ހޯރަބޭ
30 January 2025
ސުކުރިއްޔާ ރައީސް ސޯލިހު. ސުކުރިއްޔާ ސައްލެ
ރަމަ
30 January 2025
ޝުކުރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މަނިކުފާނުގެ ވެރިކަމުގެ 5 އަހަރުން 3 އަހަރު ޢާލަމީބޮޑު ވަބާއެއް ދިމާވެ ކޮވިޑުންއަރައިގަނެވި ރަށް ރަށަށް ތިގެނެސް ދެއްވި ތަރައްޤިއަށް ފަށްފަށުން ޝުކުރުދަންނަވަން.
އަހްމަދް
30 January 2025
ވެރިކަމަށް 1 އަހަރު ފަހުންވެސް ހުޅުވަން މިލިބެނީ އިބޫ ވެރިކަމުގަ ނިންމާފަ ހުންނަ ތަންތަން.
ހަސަން ކުރުސީ
30 January 2025
ޖުވެނައިލްއާ ހާފްވޭއާ ރެސިޑެންސާ ޓުރީޓްމެންޓު ކިޔާއިރު ގައުމިއްޔަތާ ތާރީހާ އާދަކާދައާ ތަރިކައާބެހޭ މިނިސްޓަރުކޮބާ؟
ޒާނާޝި
03 February 2025
ޤާނޫނުގަ އޮތް ނަން ތިއީ. ކުރާނީ ކީއްހެއްޔެވެ.