ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އުލިގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
30 ޖެނުއަރީ 2025 - 16:16
ކުރީގެ ސަރުކާރުގައި ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. ގެ 10 ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ކުންފުނިތަކަށް މަޝްރޫއުތައް ދީފައި ހުރީ އެކަން ކުރެވޭ ގޮތަށް ނޫން ކަމަަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއް ކުންފުންޏަކަށް 21 މަޝްރޫއު ދީފައި އެބަ ހުއްޓެވެ. އެ އެއްބަސްވުމާ އެކު އެޑްވާންސް ފައިސާ ދައްކާފައި އޮތަސް އެއިން އެއްވެސް ރަށެއްގައި މަޝްރޫއު ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމަށް ވަޑައިގަތުން ރައްޔިތުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫއުތައް ވެސް ދީފައި ހުރީ އެގޮތަށް ކަމަށް ރައީސް ވިދާޅުވެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހަވާލުކުރިޔަސް އެކަމަށް ބޭނުންވާ ބަޖެޓު މިިދިޔަ އަހަރު ހިމަނާފައި ނުވާތީ މަޝްރޫއުތައް ކުރިއަށް ނުގެންދެވެ އެވެެ. އަދި އެ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ކަމަށާއި އެކަން ކޮށްފައި ހުރީ އެއްގޮތަކަށް މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މީގެ ކުރިން ވަޑައިގެންނެވި ބައެއް އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހުއްޓިފައި އޮތީ އެގޮތަށް ހަވާލުކުރުމުގެ ސަބަބުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމުގައި. -- ފޮޓޯ | ރައީސް އޮފީސް
އެެހެންވެ، އެއްބަސްވުންތައް ބާތިލުކޮށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ.
"ހަމަ ކޮންމެ ރަށެއްގައި ވެސް އެއް މައްސަލައެއް ދިމާވެފައި ހުއްޓިފައި ހުރީ. އެހެންވީމަ އެގްރީމެންޓްތަކެއް ޓާމިނޭޓްކޮށް އެކި ކުންފުނިތަކަށް، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތައް މެދުވެރިކޮށް ރީސްޓާޓްކުރުމުގެ މަސައްކަތް މިދިޔަ ހަފްތާ، މި ހަފްތާ އަދި ކުރިއަށް އޮތް ހަފްތާތަކުގައި ނިމި އަމަލީ ގޮތުން މޮބިލައިޒްވެފައި އޮތް ކުންފުންޏަކާ ހަވާލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭ ވަރު ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
31 January 2025
ހުއްޓުވާލި މަޝްރޫޢު ތައް އިތުރު ކަޓެއްލާފަ އެސްޖޭ ކަހަލަ ދޮންނަ މެޝިނަކަށް ލާ އަލުން ފައްޓަނީ.
ނޭގުނު
31 January 2025
ހުއްޓިފަ ހުރި މަޝްރޫތައްތަ، ނޫނީ މި ސަރުކާރުން ހުއްޓުވާފަ ހުރި މަޝްރޫތައްތަ؟
ގާސިމް
30 January 2025
ކުރިން ކުރީ ކޫރީގެ ވެރިންނާ ވެރިން ގެ ރައްޓެހިންނާއި ރައްޓެހިން ގެ ކުންފުނި ތަކުން. މިހާރު ދެންޖެހޭނީ މިވެރިންގެ ރައްޓެހިންނާއި ރައްޓެހިން ގެ ކުންފުނި ތަކުން މިކަން ކަން ކުރަން މިކަމާއޭ އެއްމެން ވެސް ވެރިކަން ހޯދަން ބޭ ނުންވަނީ
ޝިހާދު
30 January 2025
އެސް.ޖޭ އަށް ދީފަ އޮންނާނެ 7 އަހަރުވެފަ ނުނިމި ހުރި ޕްރްޖެކްޓް ވެސް. ކެރޭނެބާ ވަކިކުރަން؟ ވަކި ކުރިޔަސް ނިންމަން ދާ ޚަރަދަށްވުރެ އެމީހުންނަށް ބަދަލު ދޭންޖެހޭވަރު ގިނަވާނެ. މިދިޔަ ސަރުކާރުގައިވެސް ކޮންޓްރެކްޓް ޓަރތމިނޭޓް ކުރަން މަޝްވަރާއަށް ދިޔަކަމަށްޓަކައި ބަދަލުދޭން ޖެހުނު!
ޑަކު
30 January 2025
މީވެސް ފާޑެއްގެ ކޮރަޕްޝަނެއް.
ޑޯންޓްލައި
30 January 2025
1 އަހަރު ނަގާނެ އެހެން ބަޔަކާ ހަވާލު ކުރަން.
އަދާލަތު
30 January 2025
ހދ. ހަނިމާދޫގައި މިސްކިތެއް އަޅާތާ 5 އަހަރަށްވުރެ ގިނަދުވަސްވެއްޖެ. މިހާރު އެ މިސްކިތުގެ ބީމްތަކަށް ލާފައިހުރި ދަގަނޑުތައް ދަބަރަށްވެ، ބޭނުންކުރަން ހެޔޮނުވާނެ. މަސައްކަތްކުރާނަމުގައި ބޭރުބަޔަކު އެބަތިބި. ކުރާމަސައްކަތް ވާނުވާގައި. މިއީ ނުނިމުނު މިސްކިތް.
ގުދުގުދާބެއްޔާ
30 January 2025
އަބަދުވެސް ކުރީގެ ސަރުކާރު ކަމެއް ނުވީމަ ކުރީގެ ސަރުކާރު! ކަމެއް ކުރެވިއްޖެނަމަ މުއިޒްގެ ހިކުމަތު އަމަލީ ގެ ދަށުން!