ކުދިއަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
18 ޑިސެމްބަރ 2025 - 09:15
ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވެގެން ދާއިރު ވެސް އެ ކުންފުނިތަކުން މީރާއަށް ޓެކްސްތައް ދައްކަން ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާ އިރު މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ފާޅުކުރުމުންނެވެ.
އެ ޝަކުވާ ހުށަހެޅި ބައެއް ވިޔަފާރިވެރިން ވަނީ އެފަދަ ހާލަތުގައި މީރާ އިން ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެ ފައިސާ ކަނޑަން ހުށަހަޅައިފަ އެވެ.
އެ މައްސަލައާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެއީ މިހާރު ވެސް ކޮންމެވެސް ވަރަކަށް އަމަލުކުރާ އުސޫލެއް ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިއަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"އެހެން ނަމަވެސް އެއަށް ވުރެ ފުޅާކޮށް، ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާ ވެސް ގިނަ ބަޔަަކަށް އެ އުސޫލެއްގެ ތެރެއިން އެކަން އެޕްލައިވާނެ ގޮތަކަށް، ތިޔަ ބޭފުޅުން ދައްކަން އޮތް އެއްޗެއް ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅާކެނޑޭނެ ގޮތެއް، ދެން އޭގައި ގާނޫނީ ގޮތުން ބަލަން އެއްވެސް ކަމެއް އޮތްތޯ ބެލުމާ އެކީގައި، މީރާ އާއި ފިނޭންސާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން، އެއަށް ވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން،" ރައީސް ވިދާޅުވި އެވެ.
އެ އުސޫލުގެ ތެރެއިން ސެޓުލް ކުރާނެ ފައިސާގެ ވަކި އަދަދަދެއް ވިދާޅު ނުވެވުނަސް، ހައްލެއްގެ ގޮތުގައި އެ އުސޫލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ކުންފުނިތަކަށް ދޭން އޮތް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ވެސް ރަައީސް ރޭ ޖަވާބުދެއްވި އެވެ. ރައީސް ވިދާޅުވީ މި މަސް ނިމޭ އިރު ގިނަ ކުންފުނިތަކަކަށް ފައިސާ ދެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އަދި ހަމަ އެއާ އެކީގައި ބާކީ އެމައުންޓް ވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ހަމަ ކްލިއާކޮށްލެވޭތޯ މި ބަލަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ވިޔަފާރިވެރިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި މައްސަލަތަކުގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ގެންނަ މުދާ ނެރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖް (ޖޫރިމަނާ)ގެ ގޮތުގައި އަދަދެއްގެ ފައިސާ ދައްކަން ޖެހޭ މައްސަލަ އާއި ރާއްޖޭގައި ބިދޭސީން ކުރާ ވިޔަފާރިތައް ގިނަ ވުމުގެ މައްސަލަ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓެކްސް
18 December 2025
ޓެކްސް އިން ރެކެން ބޮޑުންގެ ކުންފުނިތަކަށް އަބަދު އޮންނާނީ ސަރުކާރުން ފައިސާ ދޭންޖެހިފަ. މީގެ ފައިދާވާނެ ބައެއްވެސް އުޅޭނެ.
އަޒުމް މުހައްމަދު
18 December 2025
މިއީ މިދިޔަ ސަރުކާރުން ޓެކުލްނުކޮށް އޮތް ކަމަކަށް މި ހައްލު ލުބުނީ. މިއީ އަސްލުވެސް މިކަން އޮންނަން ޖެހޭ ގޮތް. ސަބަބަކީ އެހެން ނޫން ނަމަ ޕޭމެންޓް ނުލިބި ނިކަން ގެއްލުން ވާނެ
އަމަތުﷲ
18 December 2025
ޓެކްސް މައްސަލައަށް ބޮޑު ލުޔެއް މިލިބުނީ
ސިދާދު
18 December 2025
ރަނގަޅު ނިންމުމެއް. މިހެން ހަދައިގެން ކުންފުނިތަކަށް ލިބޭ ގެއްލުން ކުޑަވާނެ.
ބޮޑުރިޔާ
18 December 2025
ދައުލަތުގެ ރިޒާވް އޮތް ހާލަތު މިހެން އެބަ ވަޒަންކުރެވޭ ދެއްތޯ
ބަޑިތަކުރު
18 December 2025
ދައުލަށް އަމިއްލަ ފަރާތްތަކުން ޚިދްމަތްތަކާއި ތަކެތި ހޯދުމަށްފަހު އެއަށް އަގުއަދާކުރާއިރު ޖީއެސްޓީ އެފަރާތަށް ދެއްކީމާ އެފަރާތުން އަނބުރާ އެ ފައިސާ ދައުލަތަށް ދެއްކުމުގެ ބޭނުމަކީ ކޮބައިތޯވެސް ސުވާލު އުފެދެއެވެ. އެގޮތަށް އޮތުމުން ޓެކްސް ދެއްކުން ލަސްވުމާއި ނުދެއްކުމުގެ ފުރުޞަތުވެސް އޮވެއެވެ. އެހެންކަމުން ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ކަންކަން މަރުކަޒީކުރެވިފައިވުމާއެކު ދައުލަތަށް އަނބުރާ ދައްކަންޖެހޭ ޓެކްސްތައް ދައުލަތުން ނުދައްކާވާނެ ގޮތެއްވާނ
އިއްޒަތު
18 December 2025
އިންތިޚާބު ކާމިޔާބުކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށްް އެމް ޕީ އިންނަށް ވަނީ އަންގާފައި ދެން މުއިއްޒުވެސް އޭނާއަށް ހެދުނު އެއްޗެއްވިއްޔާ މިދުވަސްވަރު ހަދާނެ އެއީ ވަރިހަމަ ދެއަންބަށް މީހަކާ އިންނަން ޖެހުނު ކަމުގައިވީނަމަވެސް!
ކިއްތަ
18 December 2025
ހިލޭދިނަސް ތިވިޔަވިޔަފާރި ވެރިން އެއްލާރިވެސް އަގުހެޔޮނުކުރާނެ ބަލަންތިބޭ ޑޮލަރު ބޮޑުވޭއޭކިޔާފަ 65/ރ ލިބޭއެތި ވިއްކަނީ 120 ރ އަށް މީތަަންކޮޅެއް ބޮޑުވޜުދެން
ނަޝީދާ
18 December 2025
ސަރުކާރުން ވިޔަސް މުދަލާއި، މަސައްކަތާއި ޚިދުމަތުގެ އަގު އަދާކުރެވޭނެ ވަރުގެ ގާބިލްކަން ނެތިއްޔާ މީހުންނަށް ދަރައިގެން ކަންތައް ނުކުރާނީ. ރައްޔިތުން ގުދާރު ބިންދައިގެން ކުރާ މަސައްކަތުން ލިބޭ ލާރިކޮޅު ޓެކްސްއޭ ކިޔާފަ ނަގައިގެން ވެރިން ނާޖާއިޒް ގޮތުގަ ތަޅާނުލާ ނަމަ ބިލުތައް ދައްކަން ލާރި ހުންނަން ވާނެ.
މިހާލި
18 December 2025
ސަރުކާރުއެއްވެސް ތާކައް ޓެކްސް ނުނެގީމަ ނިމުނީނު