ވެލާނާގެ: އާ އޮނިގަނޑާ ހިލާފުވުމުން ސިވިލް އޭވިއޭޝަނުގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް ވަނީ ހުށަހަޅާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ފެބުރުއަރީ 2025 - 19:43
ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ އާ އޮނިގަނޑާ އެއްގޮތަށް މި މަހު މުސާރަ ނުލިބުމުން އެ ތަނުގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ސީއޭއޭގެ މުވައްޒަފުން ބުނާ ގޮތުގައި މި މަހުން ފެށިގެން އާ އޮނިގަނޑަށް އަމަލުކުރަން ނިންމައި، ހުރިހާ މުވައްޒަފުންގެ ސޮޔާ އެކު އެއްބަސްވުމެއް ވެސް ވަނީ ހަދައިފަ އެވެ. އެކަމަކު މުސާރަ ލިބުނުއިރު އޮނިގަނޑުގައި ބުނާ ގޮތަށް އަމަލުކޮށްފައި ނެތް ކަމަށް އެ މުވައްޒަފުން ބުންޏެވެ.
އެހެންވެ، އެ މައްސަލާގައި ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ މި މަހުގެ މުސާރަ ލިބިފައި ވަނީ ކުރީގެ އޮނިގަނޑާ އެއްގޮތަށް ކަމަށެވެ.
އެ ޕެޓިޝަންގައި މުވައްޒަފުންގެ ފަރާތުން ލިޔެފައިވާ ގޮތުން ނަމަ ސީއޭއޭ ސުވާލު ކުރުމުން ދިން ޖަވާބުގައި ވަނީ އާ އޮނިގަނޑަށް އަމަލުކޮށްފައި ނުވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ލިބެންވާ ހުއްދަތައް ނުލިބުމުންނެވެ.
ސިވިލް އޭވިއޭޝަނަކީ އޭވިއޭޝަން ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އެކު، އެ ދާއިރާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް ބެލުމަށް މަތިކޮށްފައިވާ މުއައްސަސާކަށް ވާތީ އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ރައީސް މުއިއްޒަށް ހިއްސާ ކުރަން ބޭނުންވާ ކަމަށް ވެސް ޕެޓިޝަނުގައި ވެ އެވެ.
އެހެންވެ، އެ މުވައްޒަފުން ވަނީ ރައީސާ ބައްދަލުކުރުމަށް ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވަސް ހައްލު
03 February 2025
ސިވިލް އޭވިއޭޝަނަކީ އޭވިއޭޝަން ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އެކު، އެ ދާއިރާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް ބެލުމަށް މަތިކޮށްފައިވާ މުއައްސަސާކަށް ވާތީ އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ރައީސް މުއިއްޒަށް ހިއްސާ ކުރަން ބޭނުންވާ ކަމަށް ވެސް ޕެޓިޝަނުގައި ވެ އެވެ. މިއީ ސީދާ ބިރުދެއްކުމެއް، ޓެރަރިޒަމްގެ އަމަލެއް. ސިފައިންވެސް ބުނެފާނެ ގައުމު ސަލާމަތް ކުރަންތިބި މީހުންނޭ ހަތިޔާރުވެސް އެބަހުއްޓޭ
ސިވިލް އޭވިއޭޝަން
03 February 2025
މިހާރުވެސް އިންތިހާއަށް މުސާރަ ބޮޑުތަނެއް. އާދައިގެ ސިވިސްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުނުވެގެން އުޅޭ އިރު ސިވިލް އޭވިއޭޝަން މުވައްޒަފުންގެ މުސާރުބޮޑޮކޮށްފިނަމަ ސިވިސްސާވިސް މުވައްޒަފުން ތިޔަ ކޮށްލެވެނީ ވަރަށް ނިކަމެތި.
ހުސްރޮދިން
03 February 2025
ސިވިލްސާރވިސް މިހީވަނީ ވަރައް ކަންތައް ކުރާބައެއްހެން އެމީހުންގެ މުސާރަބޮޑުކުރަން ތިއިން ސަރުކާރު އޮފީހެއްގަ ނޫނީ މިނިސްޓްރީއެއްގަ ކޮންމެތަނެއްގަ ހުރޭ 10 ވަރަކައް ކައުންޓަރު ކައުންޓަރުގަ ތިބެނީ 2 މީހުން އެހެން މީހުން އައިސް ފިންގާރ ޖަހާގޮތައްސަޔައް އެދާގޮތައް އަންނަނީ 12 ޖަހާފަހުން ދެންއެވީ ލަންޗައްދާން ގޮއްސަަ އަންނަނީ 01:59 ގަ އައިސް 2 ޖެހީމް އެވީއަވަހައް ގެޔައްދާން.
މާކުންބޭ
03 February 2025
އަމިއްލަ މުއައްސަސާއަކަސް ބޭނުންގޮތަކަށް އަމިއްލައަށް ސެލަރީ ސްޓްރަކްޗަރ ހަދާ ދައުލަތުގެ މާލިއްޔާއަަށް ނުކަތާވަރުގެ ބޮޑެތި ސެލަރީ ނަގާ މިދަނީ ޤައުމު ދަރަނިވަމުން، 135 ބިލިއަން ރުފިޔާއަށް ވުރެ ދައުލަތުގެ ދަރަނި ބޮޑު، ޤައުމުގެ އަންނަންއޮތް ޖީލުތަކަށް ތި ދަރަނީގެ ޒިންމާ ދީގެންނުވާނެ
ހާމިދުސޯ
03 February 2025
ތި ގޮތައް އުޅެގެން ނުވާނެ. ކުޑަ ނޯޓް އެ ދޭންޖެހޭނީ
ދިވެހިބިން
03 February 2025
ތިގޮތައް ރައީސް އިބޫއަށްވެސް ދަނގެތި ރައްޔިތުން ޕެޓިޝަނެއް ފޮނުވި ޓޫރިސްޓު އޭރިއާގަ މާސިންގާ އިތުރު އެންޓަނާއެއް ނުޖަހަދޭށޭ... އެކަމު ކަހާތަން ހިރުވާވެސްނުލާ ހަމަ އެސަރަހައްދުގަ ދެވަނަ އެންޓަނާޖެހީ!
ނާހިދު
03 February 2025
ކީއްކުރާ ސިޓީއެއް؟ ސަންގު ޓީވީގެ ނޫސްވެރިޔާ ވެސް ރައީސް ގެ އިންޓަރވިއު ނެގީ ކުރިން ހުރަވީ ބިލްޑިން ހުރިތާގައި ހުރެފައި ރައީސް އޮފީސް ނިންމަވާފައި ގަނޑުވަރަށް ވަޑައިގަތުމަށް ނިކުމެވަޑައިތްތަނާއެވެ. ކަލޭމެން ވެސް އެ ދަނޑިވަޅާ ދިމާކޮށްގެން އެތާ ތިބެފައި ރައީސް އޮފީހުން ނިކުމެ ވަޑައިގަންނަވާ ތަނާ ގޮސް އެ ވާހަކަ ދަންނަވާބަލަ! އެއީ ނުލާހިކު ކޫލް ރައީސެއްނުން! ޔަގީނެއްނުން އަޑުއައްސަވާނެކަން!
ނާޝިދާނި
03 February 2025
އެކަކު ދިޔުމާ ބޮޑު ގާފިލާއެއް ގޭޓާ ކައިރި ކުރުމާ ހާދަ ތަފާތުވާނޭ މަންޒަރު. ހީވާނީ އަރައިގަންނަން އުޅޭ ހެނެއްނު
ޢޭންޖަލް
02 February 2025
ސިވިލް އޭވިއޭޝަންއަކީ ސިވިލް ސާވިސްތެރޭ ހިމެނޭ ބައެއްނޫނެވެ. އެއީ މިނިވަން މުއައްސަސާ އެއް ވަކި ބަޖެޓެއް ހަމަޖެހިފައޮތް. އެބަޖެޓުގެ ތެރެއިން ކަންކަން ކުރަން ބާރުލިބޭ. ހިންގަންތިބި މީހުންގެ ދޯދިޔާ ކަމުން އޮފީސް ހިންގަންވާ ގޮތަށް ނުހިންގެނީ.
ބޮކި
02 February 2025
އަމާޒަށް ލާހޫރެނީ........
ކުރު ދޮށި
02 February 2025
ސިވިލް އޭވިއޭޝަނަކީ މުހިންމު ތަނެއް، ރާއްޖޭގެ ދަތުރު ފަތުރާ ބެހޭ. ކޮމިއުނިކޭޝަން އޮތޯރިޓީއަކީވެސް މުހިންމު ތަނެއް، ރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް ރެގިއުލޭޓުކުރާ. އެބަޔަކު އަމިއްލަޔަށް އޮނިގަނޑު ހަދައިގެން ރައީސް އަރިހަށް ދެވެންޏާ އެންމެނަށްވެސް ދެވެންޖެހޭނެ. މާދަމާ ދާންވީ އެނަރޖީ އޮތޯރިޓީ މުވައްޒަފުން މުސާރައިގެ އޮނިގަނޑެއް ހަދައިގެން ރައީސް އަރިހަށް އެ ތަންފީޒުކުރަން. ޕޭ ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ކޮބައިތަ؟ ކޮބާތަ ޕޭ ހާމަނައިޒޭޝަން؟
މައްކު
03 February 2025
އިބްރާހިމް ގެ ސަރުކާރުން ތިހެން ފަހަރަކު ބަޔަކަށް މުސާރަ 70% 80% އިން ، އިންތިހާއަށް ސެލަރީ ބޮޑުކޮށް ސަރުކާރުގެ ދަރަނި ވަނީ މައްޗަށް ގޮސްފަ
ޑިމޮކުރަސީބެ
02 February 2025
އަހަރެން ނަމަ ސިވިލް އޭވިއޭޝަނު މީހުން ކައިރީވެސް ބުނާނަން، ތިޔަކަންވަނީ ވަކި ބަޔަކާ ހަވާލުކޮށްފައޭ. އެ މުއައްސަސާއަކާ ވާހަކަ ދައްކާށޭ. އަހަރުމެން ޔުނިވަރސިޓީގައިވެސް ފުރަތަމަ ދާންޖެހޭ ލެވަލް ތަކެއް ހުރޭ ޑެޕިއުޓީ ޗާންސެލަރު ނޫނީ ޗާންސެލަރާ ހަމަޔަށް ކަމެއް ގެންދިޔުމުގެ ކުރިން. އެ ހަރުފަތްތައް ގިރާ ނުކުރަންޏާ ބަލައެއް ނުގަންނާނެ. ކޮންމެވެސް ހަމައެއް އޮންނަންވާނެ ކަންނޭނގެ. މިހެން ހުރިހާ ކަމެއް ރައީސް ބަލަންޏާ އެހެން ތަނެއްގެ ބޭނުމެއް ނެތެއްނު.