އެމްއައިބީއިން ހުޅުވި ބިޒްނަސް ސެންޓަރު. -- ފޮޓޯ: އެމްއައިބީ
03 ފެބުރުއަރީ 2025 - 10:55
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކް ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 282 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 60 ޕަސެންޓް އިތުރު އަދަދެކެވެ. އެ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެމްބަރު މަހު އެމްއައިބީގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާ އަށް ވުރެ ވަނީ މަތިވެފަ އެވެ. އަދި އެ ބޭންކުން 2024 ވަނަ އަހަރު ނިންމާލީ 11.4 ބިލިއަން ރުފިޔާގެ އެސެޓް ވެލިއުއަކާއެކު އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެެކެވެ.
އެމްއައިބީއިން ބުނީ މިދިޔަ އަހަރު އެ ބޭންކުން ގެނެސްދީފައިވާ ލުއިފަސޭހަތަކާއި އެކު ކަސްޓަމަރުން އެ ބޭންކަށް ކުރާ އިތުބާރު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަކީ އެ ބޭންކަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބޭންކުން ސިފަ ކުރެ އެވެ.
އެމްއައިބީ އަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބޭންކެވެ. އެމްއައިބީއަކީ ބޭންކަށް ނުގޮސް، ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ދޭ ހަމައެކަނި ބޭންކެވެ. އެ ބޭންކުގައި އަމިއްލަ އެކައުންޓާއި ކުންފުނި އެކައުންޓު ވެސް މިހާރު އޮންލައިންކޮށް ހުޅުވެ އެވެ. އެ ހިދުމަތްތަކާ އެކު މިދިޔަ އަހަރު އެ ބޭންކަށް ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު 9.12 ބިލިއަން ރުފިޔާއަށް ބޭންކުގެ ޑިޕޮސިޓް ބޭސް ވަނީ އިތުރުވެފަ އެވެ.
އެމްއައިބީ އަކީ އިޖުތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ވެސް ކުރާ ބެންކެކެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާ އެ ބޭންކަށް މިދިޔަ ކުއާޓަރުގައި ވަނީ ބައިނަލްއަގުވާމީ ދެ އެވޯޑް ވެސް ލިބިފަ އެވެ.
އެމްއައިބީއިން ބުނީ އެ ބޭންކުގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔަކީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށެވެ. އަދި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމަށާއި މިއަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
03 February 2025
ބީއެމްއެލްގެ ލޯނުމަޅީގައިޖެހި ބޮނޑިބޮއިގެން ވަރަށްގިނަ މީހުންދަނީ ބީއެމްއެލްދޫކޮށް އިސްލާމިކުބޭންކާގުޅެމުން
އިންވެސްޓްމަންޓް
03 February 2025
ގުޑް ނިއުސް، އަދިވެސް އިންވެސްޓްމަންޓްތައް އިތުރުކޮށްލާފަ، ޑިވިޑެންޑް މަޑުޖައްސާލަ. ކުންފިނީގެ ކެޕިޓަލް އިތުރުކޮށްލާ. ޑިވިޑެންޑް ބަހާނީ 20-30 ރުފިޔާ ވަރު ދެވޭ ހިސާބަށް ދިޔާއީމަ. ކީޕް އަޕް ދި ގުޑް ވޯކް. ހިއްސާދާރެއްގެ ހައިސިއްޔަތުން ތި ދެއްވާ ހިދުމަތަށް ވަރަށް އުފާވޭ.
ކަސްޓަމަރ
03 February 2025
މަރުޙަބާ އެމްއައިބީ. ބޭންކުގެ ކަސްޓަމަރ އެއް މީ 2016 އިން ފެށިގެން.
އުނބުށޭމު
03 February 2025
ފައިދާ %60 އިތުރު ވީމާ ހިއްސާދާރުންނަށް ދޭ ފައިދާ ވެސް އެމިންވަރަށް އިތުރުވާނެ ކަމަށް އުންމީދުކުރަން.
ސީޖީ
03 February 2025
ކުންފުނީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ތި އެދެނީ ކިންފުނި ހަލާކުވާން، ރަނގަޅަށް ވާނުވާ އިނގޭނަމަ ޑިވިޑެންޑް ބޮޑު ކުރާކަށް ނޭދޭނެ. ދިވެހިންނަށް ހިއްސާ ގަނެވުނީމަ ނިމުނީ، ގިނަ ފަހަރަށް ހިއްސާ ވޯކް ކުރާ ގޮތްވެސް ނޭނގޭ.