އެޗްޑީސީ.-- ފޮޓޯ: މިހާރު
03 ފެބުރުއަރީ 2025 - 12:54
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން ސަސްޕެންޑުކުރި ބައެއް މުވައްޒަފުންގެ ފިޔަވަޅުތައް އުވާލާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އިސް މެނޭޖްމަންޓުގައި ހިމެނޭ ބައެއް މުވައްޒަފުންނާ އެކު، އެ މައްސަލައާ ގުޅިގެން 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން އެ މަހު ވަޒީފާ އިން ވަކިކޮށް، ތިން ދުވަސް ފަހުން އެ މީހުންގެ ވަޒީފާ އިޔާދަކޮށް އަލުން ސަސްޕެންޑުކުރި އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތަހުގީގަށް ބަލައި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ސަސްޕެންޑުކުރި 15 މުވައްޒަފުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެންނަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުންނެވެ.
އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) "މިހާރު" އަށް ކުރިން ވިދާޅުވީ، ތަހުގީގަށް ފަހިވާ ގޮތަށް އެޗްޑީސީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަަމަށެވެ. އެހެންވެ، ފުލުހުންނާއި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ މަރުހަލާ އަށް ފަހިވާ ގޮތަށް އެ ކުންފުނީގެ އެތެރޭގެ ކަންކަން ވެސް ބައްޓަން ކުރަމުން އަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އެ މައްސަލައިގައި ފަޒުލްއަށް ކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޯރު
03 February 2025
އެކަންތައް ނިމިގެންނަވާނެ އެމީހުންނައް ހައްގު އަދަބުލިބެންޖެހޭ ތިހޮތައް ކަންތަށްކުރާތީ އިބޫގެ ސަކުކާރޢްވެސް މީހުންގެ ނުރުހިން އަމާޒުވީ މިސަރުކރުގަވެސް ގިނައިންތިބީ އެމްޑީޕީ މީހުން އެމީހުން ކޮންމެފަދަ ކަމެވެސް ކޮއްފާނެ އެޗްޑީސީގަވެސް ގިނައީ އެމްޑީޕީ މިހުން އަމުދުން ފަޒުލު ވަޒީފާދީފަ ތިބީ އެމްޑީޕީ މީހުންނަށް މިސަރުކާރައް ސަޕޯޓް ކުރާ ވަރައްމަދު މީހަކައް ވަޒީފާ ދީފަހުރީ
ކޮރަލް
03 February 2025
ހޫނު ކަން ދިޔައީމަ ސަސްޕެންޝަން އުވާ ލީ އެވެ. ގިނަ މީހުން އަވަހަށް ހނދާން ނެތޭނެ އެވެ . ވ ކޮރަޕްޝަން ބޮޑޫ ތަނެކެވެ. ބަޔަކު ވަކި ނުކޮށް ހައްލެއް ނުވާނެ އެވެ.
ގަމީރު
03 February 2025
މިސަރުކާރުން ސަރުކާރުގެ އެމްޕީން ތަކަކަށް އެޗްޑީސީ އާއި ހައުސިނގް މެދުވެރިކޮށް ގޯތި ތަކެއް ދިންކަމަށްވޭ..ގޯތި ދިނީވެސް އެމްޑީޕީން ގޯތިދިން ޑޭޓްތައް ޖަހާފަ ކަމަށްވަނީ.މ
ފަޒުލް
03 February 2025
ސަރުކާރުން ރަޔިއްތުންނަށް އޮޅުވާލަން ކުޅުނު ޑުރާމާ އެއް ފަޒުލް ލައްވާ! ފަޒުލް އިސްތިއުފާ ދިނީމަ ދެން ތިބި އެންމެން ހުދު ފޮތި ތަކަށް ބަދަލުވީ! ކޮބާ ރަޔިއްތުންގެ ފައިސާއިން ވީ ހިޔާނާތް! އޭގަ ބައިވެރިވި އެންމެނަށް ފިޔަވަޅު އަޅަން ޖެހޭ! ފަޒުލް އެކަނި އސްތިއުފާޔަކުން ކަންކަން ހައްލެ ނުވާނެ!
ސަފްލީ
03 February 2025
އެޗްޑީސީން ކަންކަންކުރީ ސަރުކާރުގެ ބައިވެރިވުމާއިއެކު..މީގަ ދެރަލިބުނީ ހައުސިންގގެ ގޯތި ފްލެޓް ސެކްޝަންގެ ސިވިލް މީހުނަށް..މިނިސްޓަރީ އުވާލައި މުއައްޒަފުން ސަސްޕެންޑްކޮށް ޕާސްޕޯޓް ހިފަހައްޓާ ޕޮލިހަށް ދަމަނީ.. އެކަން ލީކް ކުރިކަމަށް ބަލާފަ..
މައިކާލޯސް
03 February 2025
އެނިމުނީ ނުންއެކަންތައްވެސް؟