ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ހުސައިން ޝަރީފް: އޭނާގެ މައްސަލައެއް ބެލުމަށް މަގާމުން ވަނީ އެކަހެރިކޮށްފަ
04 ފެބުރުއަރީ 2025 - 13:00
ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފާ ގުޅޭ މައްސަލައެއް ބަލަމުންދާތީ، އޭނާ އެ މަގާމުން ސަސްޕެންޑު ކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް "މިހާރު" އަށް މިއަދު ވިދާޅުވީ ހުސައިން ޝަރީފާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތަކެއް ބެލުމަށް، އިއްޔެއިން ފެށިގެން އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ކުރިން ޔޫތާއި ސްޕޯޓްސް އެއްކޮށް ހިންގި އިރު ޕީއެސްގެ މަގާމަށް ހުސައިން ޝަރީފު އައްޔަން ކުރީ މޭ 2018 ގަ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ މިހާރުގެ އެކްޓިން ޕީއެސް އަލީ ޒަކީ
ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުސައިން ޝަރީފު ސަސްޕެންޑު ކުރިކަން ސިވިލް ސާވިސް ކޮމިޝަނުން އަދި އަންގާފައި ނުވާ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ވެސް އޭނާ އޮފީހަށް ނުކުންނެވި އެވެ.
ނާސިހް ވިދާޅުވީ ޕީއެސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް އަލީ ޒަކީ ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވައިފަ އެވެ. އެ މަސްއޫލިއްޔަތުތައް އޭނާ އެންމެ ފަހުން އަދާކުރެއްވީ 2016 އާއި 2018 އާ ދެމެދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުހުރާ
05 February 2025
ސަރުކާރު ނުހިންގުނީމަ، ތިކަން ހިންގުނީމަވެސް ރަގަޅު
މޫނު
05 February 2025
ހާދަހާވާ އަނިޔާވެރިއޭ. ފެންވެސް ނުދީ ކަތިލުންދޯ މިފަހަރު މިއޮތީ. ދެން ކަތިލާނީ ކޯއްޗެއްބާ، ވަރަށް ރަގަޅު ތިނޫންކަމެއް ކަމެއް ނެތް މިނިސްޓަރު މީހާ ކުރާކަށް ކޮންމެ ހާލެއްގައި ތިހިރި ކަނޑި ދިއްކުރައްވައިގެން ރައީސުގެ އެންގެވުމާ އެއްކޮށް ތިކަން ކުރަން ހިފައިފަ. ހެޔޮ ރައްޔަތުންނަށް ޚިދުމަތެއް ނުދެވުނަސް. ތިއީ މާކުރިންވެސް އަޅުގަނޑު ކަރީގައި ރާއްޕެ ވަޢުދުވެފަ އޮތްތަކަމެއް. އެންމެ ފުަރަތަދުވަހު ދުވަހުވެސް
ހަފުސް
05 February 2025
ދެން އޮތީ އެޑިއުކޭޝަން މިނިސްޓަރާއި އޭނަގެ ޕަޕެޓް ޕީއެސް އިންޝާ ﷲ
ޕީ.އެސް ތައް
05 February 2025
މިނިސްޓަރަށް އޭނާގެ ޒިންމާ އަދާނުކުރެވުނީމަ ގޯސްވަނީ ޕީ.އެސް. މުވައްޒަފުން ކުރަންޖެހޭ ކަންކަން އެމީހުން ނުކޮށް އެކަން ފޮރުވަންވެސް ގޯސްކުރަނީ ޕީ.އެސް. ޕީ.އެސް. ގެ ދަށުގައި ތިބޭނެ ކަންކަން ކުރަން އެކި ވަރުވަރުގެ ވެރިން. ކަންކަން ނުވީމައާ ކަންކަން ގޯހުން ހިނގީމައި އެ ހުރިހާ މީހުން ގޯސްނުވެ، މިނިސްޓަރު ގޯސްނުވެ، ހަމައެކަނި ޕީ.އެސް. ގޯސްވާ ގޮތެއް ނުވިސްނޭ. ހުސް ގޭމު.
ގަނާ
05 February 2025
ބޭނުންވާ މީހުންނަށް ލާރިތައް ނުދެވުނީމާ، ކަރަށް ފައިން އެރުން
އުދުހޭ
04 February 2025
ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ވަޒީރުން ބަދަލުކުރުމާ ސިޔާސީ މީހުން ލުމާ ވަކިކުރުންބާ؟ މިފަދަ ހެޑްލައިންތަށް ގިނަކަަމުން
ނެކްސްޓް ޕީ.އެސް.
04 February 2025
ނެކްސްޓް ޕީ.އެސް. އަކީ އަލީ ޒަކީތޯ؟
ދެންކާކުބާ
04 February 2025
މިއަށްފަހު ދެން ކޮން ޕީ.އެސް. އެއްބާ ބުރައިގެން ދާނީ؟ މި ސިޔާސީން މުޅި ސަރުކާރު ހަލާކުކޮށްފި. ސިވިލް ސަރވިސްގެ ބާރު ކަނޑުވާލާ އެވެސް ފުނޑާލައިފި.
ބަޑޭރަމީޒު
04 February 2025
ވޭތުވެ ދިޔައަހަރާ މިހަރުވެސް މިނޫން އަޑެއްނީވޭ ސަސްޕެންޑް، މަޤާމުން ވަކިކުރީ ނޫނީކަޑާލީ މިނޫންވަރެއްނުވޭ.
ނަފީސާ
04 February 2025
ޙުސައިން ކޮރަޕްޝަން ހިންގާ އަބަދުވެސް.. މަހްލޫފް ކައިރީގައި އެހެންވެ ފަސޭހައިގައި ހުރެވުނީވެސް
ޢަދުރޭ2
04 February 2025
މިޖެހުނީ މަގޭ ތިމާގެ މިހެތްތޯ ބަލަން ދޯ
ހުރިހާ އެންމެން
04 February 2025
ކެން ސަމްވަން ޗެކް ވަޓް އިޒް ހެޕަނިންގ އިން ޓްރޭޑް މިނިސްޓްރީ. ޕީއެސް މައްސަލަ ސީއެސްސީ އިން ނުބަލާތީ ހައިރާންވޭ!!!!
ޟަލްމާ
04 February 2025
މާލޭގެ ކަމަވޮށިގެންވާ އާއިލާގެ ބޭފުޅެއް. މަހުޖަނު ކުރައުން ނަޒީރު އާއި އެކު ޓެނިސްކުޅޭ ގާތް ރަހުމަތްތެރިއެއް.