ބިދޭސީއަކަށް ހަމަލާދިން ކެފޭ.
04 ފެބުރުއަރީ 2025 - 15:02
މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގީ އެތަނުގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދުގައި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރުގެ ތެރޭގައި މާރާމާރީއެއް ހިންގި މައްސަލަ މިއަދު މެންދުރު 12:10 ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
ފުލުހުން ބުނީ ކެފޭގައި މާރާމާރީ ހިންގީ އެތަނުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ޝެފަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މުވައްޒަފަކާ ދެ މީހުން ކަމަށެވެ.
އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނައިރު، ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި އަނިޔާވި ދެ މީހަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒަނޭ
05 February 2025
ތަޅާ އެފޮޅަނީ ކޮންކަމަކާ ބާ! ތިވާނީ އަހެން ކުއްޖެއްގެ މައްސަލާގައި ކަމަށް. މިހާރު އެވެސް ބޮޑުވެއްޖެ ކަމެއް.
ދިވެސް
04 February 2025
ދިވެހިން 8 ،9 ގެ ކުރިން ނުހޭލާނަމަ އޭގެ ކުރިނ
މޮރުޑިސްލޮޖިކު
04 February 2025
ދެން އެކަކަށް ޕްރޮމޯޝަންދީފަ އަނެކަކަށް މުސާރަ ބޮޑުކޮށްދީ
ކޮރަލް
04 February 2025
ބިދޭސީ ކޭޝިއަރުން ޑިޕޯޓް ނުކޮށް ބިދޭސީންގެ މައްސަލަ ހައްލެއް ނުވާނެ އެވެ. ދިވެއްސަކަށް ދެތިން ހާސް ރުފިޔާ މަހަކު ދީގެން ހުއްދަ ނަގާ އާއިލާ މީހުންގެނެސް ކެފޭ ހޮޓާ ރެސްޓޯރަންޓް ފިހާރަ ފަދަ ތަންތަން އެދަނީ ހިންގަމުންނެވެ. ހުރިހާ ފައިސާ އެއް ގައުމުން ބޭރަށެވެ. މާލޭގެ ކުދި އަދި މެދު ފަންތީގެ 90 ޕަސެންޓް ވިޔަފާރި ބިދޭސީން އަތުގަ އެވެ.
ޝޭމް
04 February 2025
ތިކަމަޑް އޮތް ހައްލަކީ ކޮބާ؟
ކިހިނެއް
04 February 2025
ދުނިޔޭގަ މީހުން އުޅޭހާ ދުވަހަކު އެއްވެސް ގައުމެއްގަ ނުހުއްޓުވޭނެ
ބަބްސް
04 February 2025
މިކަން ނުހުއްޓުވޭނެ ކަމަށް ބުނަނީ މިކަމުން ފައިދާ ނަގާ މީހުން ނުވަތަ މޮޔައިން. ހުއްޓުވޭނެ. ހުއްޓުވަން ސަރުކާރު ތަކުން ބޭނުން ނުވަނީ. ފުރަތަމަ ކަމަކަށް މިނިމަމް ވޭޖެ ގެނާއިރު ބިދޭސީ ނުހިމެނީވެސް ހަމަ ހުއްޓުވަން ބޭނުން ނުވާތީ. ކައުންޓަރު ގައި ދިވެހިން ބައިތިއްބުން ތަންފީޒް ނުކުރަނީ ހަމަ ބޭނުންވެގެން. މިހެން ގޮސް ބައިވަރު ކަންކަން ސަރުކާރު ތަކުން ބޭނުމެއް ނުވޭ ކުރާކަށް.
ޢެޑްމުންޑޯ
04 February 2025
ދިވެއްސަކަށް ދިހަހާސް ދިނަސް ދެދުވަހުން އެއްދުވަހު ހޮޓާ ކޭޝިއަރ ނެތިގެން ބަންދު ކުރަންޖެހޭނީ ، ފުރަތަމަ ހެނދުނު ހޭލާނީވެސް 8 9 ޖަހާއިރު ، ދެން ބިދޭސީން ނުގެނެސް ކިހިނެއް ހިންގާނީ
އަދީލްއ
04 February 2025
ވަރަށް ނާތަހުޒީބު. ދިވެއްސަކު ނުލާ ނުހިންގެންޔާ އޭގެ މާނައަކީ ވަރައް ހަލުގައޭ ތި އުޅެނީ ހުޅުވާގެމް. އެ ކަހަލަ ފަރާތް ތައް ރަނގަޅުވާނީ ވަޒީފާ އަކަށް ނުކުތުން ވިޔަފަރި ކުރަން ނޫޅެ.