މާލޭގެ މަގެއްގައި ގިނަ އަދަދެއްގެ ކުނި ބަހައްޓާފައި: ރޯދަ މަހާ ގޭތެރެ ސާފުކުރުމަށްފަހު ނެރޭ ކުނިތައް މަގުމަތީގައި ބަހައްޓާތީ އީޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/މިހާރު
05 ފެބުރުއަރީ 2025 - 13:14
ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން ތަންތަން ސާފު ކުރުމަށްފަހު ނެރޭ ކުނިތައް މަގުމަތީގައި ބަހައްޓާ މައްސަލަ ބޮޑުވެ، އެކަން އެގޮތަށް ނުކުރަން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ތަންތަން ސާފު ކުރުމަށްފަހު ނެރޭ ގިނަ އަދަދެއްގެ ކުނިތައް މަގުތަކާއި ދުވާރު މަތީގައި ބަހައްޓާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ފިހާރަތަކުންނާއި ގޭބިސީތަކުން މަގުމަތީގައި ކުނި ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ބަލިތައް ފެތުރި އަދި މަގުތައް ސާފުތާހިރުކަން ގެއްލުމާއެކު، ހިނގާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެ އެވެ. އަދި އެކަމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުނި އުކާލުމުގެ އިންތިޒާމްތައް ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓް މެނޭޖަންޓް ކޯޕަރޭޝަނާއި ގުޅިގެން ހަމަޖެއްސުމަށް އެ ބަޔާނުގައި އީޕީއޭއިން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންރަހާ
05 February 2025
40 އަށް ގޮޑަށް ދިޔަ ޕިކަޕު 750 އަށް ތަރައްގީ ވީމާ މަގުމަތީގައި ކުނިބުނި ނުބަހައްޓާ ހަދާނީ ކިހިނެއްތޯ؟ ސަރަހައްދީ ބައެއް ގައުމުތަކުގާ އަމަލު ކުރާ ގޮތައް ކަންކަންމަތީ ކުނި އަންދަންވީތޯ؟
ދެރަކަމެއް
05 February 2025
އެ އަގަށް ކުނި އުކެންނެތިއްޔާ ކުދިކުދި ކޮށްގެން މަދުމަދުންވިޔަސް އުކާނީ. އެހެނެކޭ ކިޔާަފަ ހަމަ މަގުމައްޗަށް އަޅާކަށްނުޖެހޭ. ހަމަ ގޮތެއްފޮތެެއްނެތީ. ފަރުނީޗަރު ގަނެވެންޔާ އުކެންވެސް ޖެހޭނެ. ރާއްޖެތެރޭ އެހެން ރަށްރަށު ބޭފުޅުން މީގަ ގިނަވާނީ.
ރޯދައިގެނަމުގައި އިޝްރާފު
05 February 2025
ދީނީ މީހުން މިކަމާ އެއްޗެކޭ ބުނެބަލަ. ރޯދައިގެ އަޅުކަމާ ގުޅުވައިގެން އިޝްރާފުވެރި ޚަރަދތައްކޮށްގެން ގޭގެ ފަރުނީޗަރ ބަދަލުކުރަންޖެހޭތަ. މިއީ ދީނީ ކަމެއްތަ. ރޯދައިގެ އަޅުކަމާ ގުޅުވައިގެން އެކއެކި ޕްރޮމޯޝަންތައްވެސް އެބަ ހިންގާ. ރޯދައިގެ އަޅުކަމަމާ އައު ސައިކަލަކާ އައު ފަރުނީޗަރާ އޮތީ ކޮން ގުޅުމެއް؟
852369412585265985698569
05 February 2025
މިހާރު އީ.ޕީ.އޭގެ މެންޑޭޓް ވެސް ބަލަންޖެހޭ އެބަ