ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް ހަމީދު. --
05 ފެބުރުއަރީ 2025 - 13:25
ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ކުރިން ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދު (ޗީފް ހަމީދު) އެ ދާއިރާގައި ދުރުގައި އެތައް އަހަރެއް ހޭދަކުރެއްވުމަށް ފަހު، ހާރިޖީ ދާއިރާއަށް އެނބުރި ވަޑައިގެންފި އެވެ.
އެނގިފައިވާ ގޮތުގައި، އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ޗީފް ހަމީދު މި ފަހުން އައްޔަން ކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
ހަމީދު އެންމެ ފަހުން ހާރިޖީ ދާއިރާއަށް ހިދުމަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ޔާމީންގެ ވެރިކަމުގައި 2015 އަހަރުން ފެށިގެން އެ ވެރިކަން 2018 ގައި ނިމުމާ ހަމައަށް ހަމީދު ހުންނެވީ ސައުދީ އަރަބިއްޔާގައި ހުންނެވި ރާއްޖޭގެ ސަފީރުގެ މަގާމުގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަމީދު ވަނީ 1991 ވަނަ އަހަރުން ފެށިގެން 15 އަހަރު ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު އަދާކުރައްވައިފަ އެވެ.
އޭގެ ފަހުން 2006 އާއި 2008 ވަނަ އަހަރާ ދެމެދު ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފޮރިން މިނިސްޓްރީގައި ފުރުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 February 2025
މި ޗީޕް ހަމީދު މީކޮންބޭފުޅެއްތޯ، ކިހާވަރަކަށް ޗީޕްވެގެންތޯ މީނަޔަށް ޗީޕް މިިކިޔަނީ؟.
ސިޕްރިޔާގްރޫޕް
05 February 2025
ސަރުކާރު ބޭނުންކޮއްގެން އަމިއްލަ މަސްލަހަތު އިސްކުރާބައެއް.
ކިމް
05 February 2025
ކޮންމެސް ސަފީރެއްގެ މަގާމު ދޭންދޯ
އޮނަރަބްލް އަފީފު ދީދީ
05 February 2025
އަމްބަރީ އަބުދުއް ސައްތާރު އާއި ވަވަތި އާދަން ޒާހިރު، ފާމްދޭރިގޭ މުޙައްމަދު ޖަލީލު ފަދަ މީސް މީހުންވެސް ގެނެސް އެމީހުން ކުރިން ތިބި އޮފީސް ތަކަށް ލާފައި އެމީސް މީހުނަށް ވެސް ކާރާއި އިނާޔަތާއި ބޮޑު މުސާރަ ލިބޭގޮތް ހެދުން ހަމަ ރަނގަޅު.
ނޫނޭ.
05 February 2025
ހަހަ އަފީފް މެން ވެސް އަލުން ވަކިން ..ޕާސްޕޯޓު ހެދުމާއި މަތިގެ ސެނެޓު ހަދާން ވެސް ވީ
ޏަނާ
06 February 2025
ނޫނޭ، ފޯޅަވައްސަކީ ޔޫއެސްއާރުގެ ބައެއް!