ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ. -- ފޮޓޯ | މަޖިލިސް
06 ފެބުރުއަރީ 2025 - 10:39
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދުގެ ތެރޭގައި ހިމެނޭ، ހައުސިން ލޯން އަންނަ ޖުލައި މަހުން ފެށިގެން ދޫކުރަން ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
މި އަހަރުގެ ބަޖެޓުން ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ މަޝްރޫއުތަކުގެ ގޮތުގައި ހިމަނާފައި ވަނީ ވެސް ހައުސިން މަޝްރޫއުތަކެވެ. ގެދޮރު އަޅަން 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުއިއްޒު މިއަދު ވަނީ، ހައުސިން ލޯނުގެ ތަފްސީލް އާއްމުކުރައްވައިފަ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުއިއްޒު މިއަދު މަޖިިލިހުގެ އިދާރާ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުބާ ދަންނަނަވަނީ.---ފޮޓޯ: މަޖިލިސް
ރައީސް ވިދާޅުވީ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަންނަ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މާތްﷲގެ ވާގިފުޅާ އެކު މި އަހަރު ނިމިގެންދާއިރު އެއް ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށްޓަކައި، އާންމު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
"މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެ ރައްޔިތެއްގެ ފުރަތަމަ ގެއަށް ހަރަދުކުރުމަށް ހުޅުވާލެނޭ ވަރަށް ބޮޑު ފުރުސަތެއް."
- މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ (ބެހެނިވެރިން އެކުވެގެން ނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ)
ދެމެހެއްޓެނިވި އާބާދީއާ ތަރައްގީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާ ހަމައަށް ނެގޭނެ
- އެހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާއަށް ރައީސް މުއިއްޒު މިއަދު މަޖިިލިހުގެ އިދާރާ އަށް ވަޑައިގަތުމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މަނިކުފާނާ ސަލާމް ކުރައްވަނީ.---ފޮޓޯ: މަޖިލިސް
ރައީސް ވިދާޅުވީ މުޅިން އަލަށް ގެއެއް އިމާރާތް ކުރުމާއި ހަދަން ފަށާފައި ނުނިމި ހުރި ގެތައް ނިންމުމާއި ގެތައް މަރާމާތު ކުރަން ވެސް ހައުސިން ލޯން ބޭނުން ކުރެވޭނެ ކަަމަށެވެ.
ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ގޮތަށް ފަސް ޕަސެންޓު އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން އެއް ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މި އަހަރަށް ފާސްކޮށްފައި ވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 February 2025
ވަކިރަށެއްގެ ބޮޑުންނަށް ދައުލަތުގެމުދަލާއި މުއްސަނދިކަމާއި ވަސީލަތްތައް "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން ބަހާ ހުސްކުރުމަކީ" ރަނގަޅުގޮތެއްނޫން. ތިއީ ދައުލަތްދަރަނިވެރިކޮށް އެތައްހާސް މިލިޔަންޑޮލަރުގެ ދަރަނިނަގައިގެން "ރައްޔިތުންގެބޯހިޔާވަހިކަން ހޯދާދިނުމަށްޓަކާ" ކުރިމަސައްކަތެއް ކަމަށްވާނަމަ، ތިޔަފުލެޓްތައް ދޫކުރާންވާނީ މިދެންނެވި މަޤުސަދު ޙާސިލްވާގޮތަށް ސީދާއެކަންކަމަށް އިސްކަންދީގެންކަމަށް ޤަބޫލުކުރާނަމަ، އެގޮތަށް ސިޔާސަތު ކަޑައަޅުއްވާ.
އޮނަރަބްލް އަފީފު ދީދީ
06 February 2025
އަދުލުވެރިކަމާއިއެކު ދައުލަތު ހައުސިންގ ސްކީމް ފުލެޓް ދޫކުރަން ފުލެޓް ދޫކުރުމުގެ ކުރިން ފުލެޓް ލިބޭ މީހާގެ ނަމާއި އެޑްރެސް އަދި ފޮޓޯ ހިމެނޭގޮތަށް ގެޒަޓް ކުރުމަށްފަހު އުސޫލު ތަކާއި ޙިލާފަށް އެއްވެސް ފަރާތެއްގެ ނަން ފުލެޓް ލިބޭ ލިސްޓްގައި ހިމެނިފައިވާތޯ ބެލުމަށް ލިސްޓް އާންމު ކުރާގޮތަށް ކަޑައެޅުން ވަރަށް މުހިންމު. ދައުލަތުން 50 ހަކަށް ހާސް ރުފިޔާ ޙަރަދުކޮށްގެން ޙައްޖަށް ފޮނުވާމީހާގެ ވަނަވަރު އާންމުކޮށްފަ 6 މިލިޔަން ރުފިޔާގެ ފުލެޓް ދޭމީހާ ސިއްރު.؟!
އޮނަރަބްލް އަފީފު ދީދީ
06 February 2025
މާލޭމީހުންގެ ކަށީގައި ހިފާފައިވާ ފުލެޓާއި ގޯތިން ވައްކަން ކުރުން ހުއްޓުވުމަށާއި، ގޯތި ގެދޮރު ނަހަމަގޮތުގައި ބޭނުން ނުކުރެވޭގޮތް ހެދުމަށްޓަކާ ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފްރީކޮށް އޭނާ މިލްކް ކުރާ ދެވަނަ ފުލެޓާއި ބިމުން %50 އިތުރަށް މިލކު ކުރާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ކަޑައަޅާ، ސޯޝަލް ހައުސިންގް ސްކީމް ޕްރޮޖެކްޓް ތަކަށް ދޮގު މައުލޫމާތުދީ އެފަދަ ކަމަކަށް އެހީތެރިވެ ދިނުމަކީ ޖިނާޢީ ކުށެއް ކަމަށް ޤާނޫނުގައި ކަޑައަޅާ ޤާނޫނު އިސްލާޙް ކުރޭ.
މުރިނގު
06 February 2025
މަށް ތި ލޯނު ލިބި ގެވެސް މި ނިމެނީ. ރައީސް ޗާ އުޅުއްވަނީ މާ ފަހަތުގޭ
ދިއްދޫމީހާ
06 February 2025
އެހެން ވިއްޔާ މިއަަހަރުގެ ކަލަންޑަރުގައި ޖުލައި މަހެއް ނީންނާނެ ތިޔަހެން ކިތައް ލޯނު ދޫކޮއްފި؟ޔަގީނުންވެސް އަދި ދިވެހި ރައްޔިތަކަށް ނުލިބޭ
ހޮޓްކިންގ
06 February 2025
ވަކިބަޔަކަށް ހިކިފަސްތަނުން ކާންދީފައި ގިރާވަރާއި ގުޅީފަޅުން ގޯތި ހަވާލު ނުކޮށް ވަކިބަޔަކަށް ފުރުސަތުދީ ލޯނަށްވެސް ތިހުޅުވާލީ ތީތަ އިންސާފަކީ؟
ނާޑުވާ
06 February 2025
ކޮބާހޭ މަށަށް ގުޅިފަޅުން ލިބުނު ގޯތި. ތިޔަ ލޯނެއްގެ ބޭނުން ހިފޭނީ ބިންކޮޅު ހަވާލުކޮށްގެން ދޯ. ދެން ސަރުކާރު ބޮޓުންކޮޅު މަ ކާލާ.