ރައީސް މި އަހަރު ހއ. މޮޅަދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
06 ފެބުރުއަރީ 2025 - 12:56
ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހާއި އަންނަ މަހު އަލުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ އެ މަނިިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ގިނަ މަޝްރޫއުތަކެއް ހުރީ ހުއްޓިފައި ކަމަށެވެ. އޭގެ ތެރޭގައި، 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެއްވެސް ބަޖެޓެއް، ޕްލޭނެއް ނެތި ކޮންޓްރެކްޓުކޮށް އެއްގޮތަކަށް ވެސް މަސައްކަތް ނުފެށި ހުރި މަޝްރޫއުތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ.
އެހެންވެ، މިހާރު ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުމާ އެކު، މަސައްކަތް ފަށައި ކުރިއަށް ނުގޮސް ހުރި މަޝްރޫއުތައް ވެސް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްތަކުގައި ކުރިއަށް ނުގެންދެވި ހުއްޓިފައިވާ، ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ސްކޫލް އިންފްރާސްޓަރަކްޗާގެ މަޝްރޫއުތަކާއި ހެލްތު ސެންޓަރު އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި މަހާއި އަންނަ މަހުގެ ތެރޭގައި އަލުން ފަށާނެ އެވެ.
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
"ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫއުތައް ފެށުމާއި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި އަލަށް ފަށާ މަޝްރޫއުތަކާ އެކު ޖުމްލަ 1،043 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
• ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުތައް 57 ރަށެއްގައި ކުރިއަށް ގެންދިއުން.
• ސަޕްލައި ފެނުގެ ހިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ހިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން.
• 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް އެބަދޭ، އަދި މި އަހަރު އިތުރުން 10 ރަށެއްގައި ބަނދަރުގެ މަޝްރޫއު ފަށާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިޝަމު
06 February 2025
ރައްޔިތުންގެ ރައީސް
ޖައިލަމު
06 February 2025
އިދިކޮޅުން ލޫޓްވާލި ދައުލަތުގެ ފައިސާ، ރައީސް މުއިޒް ނަގާ ކޮޅައް މި ޖަހައިދެނީ ރައްޔިތުންގެ ލާބައާ، މަންފާއާ ކުރިމަގާ. ރައީސް ވަރައެއް ނެތް ހަމަ.
ނުނން
06 February 2025
އަންނަނީ...ފެށެނީ...ކުރަނީ....ކުރަންރާވަނީ...ނިމެނީ...ނިމިއްޖެ...މިހެންގޮސް ކިޔާނެކަމެއް ނެތް ؟
އަމަތﷲ
06 February 2025
ފަހުގެ ތާރީހެއްގައި މިގައުމަށް އެއްމެ ތަރައްގީ ގެންނާނެ ވެރިޔަކަށް ރައީސް މުއިޒް ވާނެ.
ހަމަދު ސަލީމް
06 February 2025
އަހަރެން ކުރީދުވަހުވެސް ސުވާލުކުރިން، ހުއްޓިފަ ހުރި މަޝްރޫޢުތޯ، ނޫނީ މި ސަރުކާރުން ހުއްޓާލި މަޝްރޫޢު ތައްތޯ. އެއްވެސް މީހަކު ޖަވާބެއްނުދިން.
ހާބަރޭ
06 February 2025
މިގައުމަށް ލިބޭ ފައިސާގެ ދެބައިކުޅަ އެއްބައި ބަނދަރުހަދަން އަބަދުވެސް ބަނދަރު ބަނދަރު ތިކަން އެކީ އެކައްޗަކަށް ހުއްޓާލަންވީ އޭރުން ލަފާފުރުން އުނދަނގޫވިޔަސް ޑުބާއީއަށްވުރެ މިތަނުގަ ދެންހުރި ހިދުމަތް ރަނގަޅުކުރެވޭވަރަށް ފައިސާ ސޭވްކުރެވޭނެ
ރާވެރިބެ
06 February 2025
އަބަދު ކިޔާނެ ފަށަނީ ފަށަނީ! އަޅެ ބުނަންވީނުން ފަށަން އުޅޭ މަޟްޜޫތަކާ ކޮންކޮން ރަށެއްގަތޯ؟ އެވަރު ބުނެވެން ޖެހޭނެ ނުން މިމަހުގަ ފައްޓާންޏާ! ނުބުނާނެ! އިބިލީހުގެ ކައިވެނި!
ޢަލިުުޔ
06 February 2025
ޢަލިފުށީ އެއަރޕޯޓް ކޮބާހޭ؟ ބެރިޔަންފަރު އެއަރޕޯޓް ކޮބާހޭ؟ ޜަސްމާލެ ޓަނަލް ކޮބާހޭ؟